Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026 | ހޯމަ 07:25

އީރާނުގެ ސަރުކާރު މިހާރު އޮތީ ވަރަށް ބަލިކަށި ހާލަތެއްގައި ކަމަށް އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ވިދާޅުވި. އޭނާ ވިދާޅުވީ، އީރާނަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމުގެ ފުރުސަތު އޮތް ނަމަވެސް، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެ ގައުމުން ކުރާ ޝަރުތުތައް ގަބޫލުނުކުރެވޭނެ ކަމަށް. މީގެ އިތުރުން ޣައްޒާގެ މައްސަލަ ހައްލުކުރުމަށް އެމެރިކާއިން ގެންގުޅޭ 20 ނުކުތާގެ ޕްލޭން ތަންފީޒުކުރުމާ ގުޅޭގޮތުން އިސްރާއީލާއެކު މަޝްވަރާކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި

ނިއުސް ޓީމް
ނިއުސް ޓީމް | 21 ސެޕްޓެމްބަރު 2026 | ހޯމަ 07:25
އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

މެދުއިރުމަތީގައި އެމެރިކާއިން އިސްވެ ފެށި ޣައިރުގާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އަލުން މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި" ވާ ކަމަށް އދ. އަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކް ވޮލްޓްޒް އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި، ނިއު ޔޯކްގައި ބޭއްވި އޭއައި-މޮނިޓާ ލައިވް ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ވޮލްޓްޒް ވިދާޅުވީ، ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި ވަގުތު އޮތީ އެމެރިކާގެ ފަޅީގައި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ގަބޫލުކުރައްވާ ކަމަށެވެ. މި ހަމަނުޖެހުމުގައި ވަގުތު އޮތީ އެމެރިކާގެ ފަޅީގައި ކަމަށް ވޮޝިންގޓަން އިން ގަބޫލުކުރޭތޯ އޭއައި-މޮނިޓާގެ ސީނިއާ އެޑްވައިޒަރު އެންޑްރޫ ޕެރެސިލީޓީ ސުވާލު ދެންނެވުމުން، "އަޅުގަނޑު ގަބޫލުކުރަނީ ހަގީގަތަކީ އެއީ،" ކަމަށް ވޮލްޓްޒް ވިދާޅުވި އެވެ.

Advertisement - worldAdvertisement

މިއާއެކު، "މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް އީރާނަށް ދޮރު ހުޅުވިފައިވާ،" ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާތައް އަލުން ފެށުމުގެ ޝަރުތެއްގެ ގޮތުން އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ގެއްލުމުގެ ބަދަލު ދިނުމަށް ތެހެރާނުން ޑިމާންޑްކުރާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ "ޚިޔާލީ" ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

އިގްތިސާދީ ފިއްތުންތަކާއި އީރާނުގެ ފައިސާގެ އަގު ވެއްޓިފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން، "1979 ގެ ފަހުން އީރާނުގެ ސަރުކާރު އެންމެ ބަލިކަށި ހާލަތަކަށް ވެއްޓިފައިވަނީ މިހާރު، އަދި އެ ގައުމު ދަނީ އިތުރަށް ބަލިކަށިވަމުން" ކަމަށް ވޮލްޓްޒް ވިދާޅުވި އެވެ. އަދި، "އެ މީހުން [މަޝްވަރާތަކަށް] އެނބުރި އަންނާނެ ކަމަށާއި، އަޅުގަނޑު އުންމީދު ކުރަނީ ސުލްހަވެރި އަދި ޑިޕްލޮމެޓިކް ހަމަތަކުގެ ތެރެއިން ކަމަށް،" ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމު

ޣައްޒާގެ މައްސަލައާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވޮލްޓްޒް ވަނީ، އެމެރިކާ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ "އާ ބާވަތެއްގެ މަލްޓިލެޓަރަލިޒަމް" އެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި، ޓްރަމްޕްގެ 20 ނުކުތާގެ ޣައްޒާ ޕްލޭން ތަންފީޒުކުރުމާ ގުޅޭގޮތުން އިސްރާއީލްއާ އެކު ކުރިއަށްދާ މަޝްވަރާތައް، އޮކްޓޫބަރު 27 ގައި ބާއްވާ އިސްރާއީލްގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ނިމި "ހަމަޖެހުމަކަށް އައުމުން ކުރިއަށް ގެންދެވިދާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޕްލޭންގެ ދަށުން ފަލަސްތީނުގައި ޓެކްނޮކްރެޓިކް ސަރުކާރެއް އެކުލަވާލުމާއި، ޣައްޒާ އަލުން އާރާސްތުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ ހަމަޖެހުމަށް މަސައްކަތްކުރާ ބާރެއް (އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް) ގާއިމުކުރުން ހިމެނެ އެވެ. ނަމަވެސް، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމަށް މަޖުބޫރުކުރުވުމާއި، ޣައްޒާއަށް އަރައިގަނެފައިވާ އިސްރާއީލްގެ ސިފައިން ފޭބުމާ ގުޅޭ ގޮތުން ކުރެވޭ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ގޮތުން އިސްރާއީލާއެކު ގުޅުން ބަދަހިކޮށް އާންމު ހާލަތަކަށް ގެނައުމަށް އެކުލަވާލާފައިވާ އެބްރަހަމް އެކޯޑްސްއާ ގުޅުމަށް "ޝައުގުވެރިވާ މެންބަރުންތަކެއް" އެބަތިބި ކަމަށް ވޮލްޓްޒް ވިދާޅުވި ނަމަވެސް، އެއީ ކޮން ގައުމުތަކެއް ކަން އޭނާ ހާމައެއް ނުކުރައްވަ އެވެ. މީގެ އިތުރުން، މި މަހުގެ ކުރީކޮޅު އިސްރާއީލް އަދި މޮރޮކޯއިން ސަފީރުން ބަދަލުކުރުމަށް ނިންމި ނިންމުމަށް ވެސް އޭނާ މަރުހަބާ ވިދާޅުވި އެވެ.

އިރާގާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވޮލްޓްޒް ވަނީ، އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުގެ ބޮޑުވަޒީރު ޢަލީ އަލް-ޒައިދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތައުރީފު ކުރައްވާފަ އެވެ. އަދި، އީރާނުގެ "ބަލިކަށިވެފައިވާ ހާލަތުގެ" ސަބަބުން، އެ ޖަމާއަތްތަކުގެ ނުފޫޒު ކުޑަކުރުމަށް ރަނގަޅު ފުރުސަތެއް ތަނަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

އީރާން-އެމެރިކާމައިކް ވޯލްޓްޒްޑޮނަލްޑް ޓްރަމްޕްޣައްޒާއިސްރާއީލްއަބްރަހަމް އެކޯޑްސް

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން

21 ސެޕްޓެމްބަރު 2026
އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
21 ސެޕްޓެމްބަރު 2026

އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ

21 ސެޕްޓެމްބަރު 2026
އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި

20 ސެޕްޓެމްބަރު 2026
ހުޅަނގު އައްސޭރީގެ ދެ ޗެކްޕޮއިންޓެއް ބަންދުކޮށް، 100 އަށް ވުރެ ގިނަ މުދައްރިސުންނަށް ހުރަސްއަޅައިފި
20 ސެޕްޓެމްބަރު 2026

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026
އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި

20 ސެޕްޓެމްބަރު 2026
ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި ސިއްހީ ވުޒާރާގެ ވެރިޔާގެ ދަރިފުޅާއެކު ހަތަރު މީހަކު ޝަހީދުކޮށްލައިފި
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް

19 ސެޕްޓެމްބަރު 2026
ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް