Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:03

އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން ބަންދުކުރި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާނީ، ޖޫން މަހުގެ އެއްބަސްވުމާ އެއްގޮތަށް އެމެރިކާއިން ވައުދުތައް ފުއްދުމުން ކަމަށް އެ ގައުމުން ބުނެފި. ދެ ގައުމުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު ކުރިން ވެވުނު އެއްބަސްވުން ރޫޅިފައިވާއިރު، އީރާނުން ބުނަނީ އެ ގައުމުގެ ޝަރުތުތައް ފުރިހަމަނުވަނީސް މަޝްވަރާތަކަށް އެނބުރި ނުދާނެ ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:03
މުދާ ބަރުކޮށްފައިވާ އާގުބޯޓެއް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނީ

މުދާ ބަރުކޮށްފައިވާ އާގުބޯޓެއް ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަނީ | އަނަދޮލޫ

ޖޫން މަހު ވެވުނު އެއްބަސްވުމުގެ ދަށުން އެމެރިކާއިން ވެފައިވާ ވައުދުތައް ފުއްދައި، ތެހެރާނުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް އީރާނުގެ ގާނޫހަދާ މަޖިލީހުގެ ރައީސް އާދީއްތަ ދުވަހު ވިދާޅުވެއްޖެ އެވެ. މެދުވެރިން މެދުވެރިކޮށް އީރާނުން "ދުޝްމަނުންނަށް އަޅުގަނޑުމެންގެ ޝަރުތުތައް ސާފުކޮށް ބަޔާންކޮށްދީފައިވާ" ކަމަށް، ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެއްގައި އެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވެފައިވާ ކަމަށް އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައިއާރްއައިބީއިން ރިޕޯޓުކުރެ އެވެ.

"އޮޅުވާލުމާއި އެއް ފަރާތަކުން ކަންކަން މަޖުބޫރުކުރުމުގެ މަގު ބަންދުވެފައިވާ ކަން ދުޝްމަނުންނަށް ވަރަށް ރަނގަޅަށް އެނގޭ. މި ޝަރުތުތައް ފުރިހަމަވެ، އީރާނުގެ ރައްޔިތުންގެ ގާނޫނީ ހައްގުތައް ބަލައިގަނެވި، އެމެރިކާއިން ވެފައިވާ ވައުދުތައް ފުއްދުމާ ހަމައަށް، ކުރިން އޮތް މަޝްވަރާތަކަށް އެނބުރި ދިއުމަކަށް އަދި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ،" ޤާލީބާފް ވިދާޅުވި އެވެ.

Advertisement - worldAdvertisement

މެދުއިރުމަތީގެ މަސްރަހުގައި ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ ފެބުރުވަރީ 28 ގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. މިއާއެކު، އެމެރިކާގެ އަސްކަރީ ވަސީލަތްތައް ގާއިމުކޮށްފައިވާ އެ ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށް ތެހެރާނުން ވަނީ ވަރުގަދަ ރައްދު ހަމަލާތަކެއް ދީފަ އެވެ. ހަމަމިއާއެކު، ތެލާއި ގޭސް އުފުލުމުގައި ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅި ވެސް އީރާނުން ވަނީ ބަންދުކޮށްފަ އެވެ.

އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށާއި، ހުރްމުޒް ކަނޑުއޮޅިން ކަނޑު ދަތުރުފަތުރު ކުރުމަށް އަލުން ހުޅުވާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ޖޫން މަހު އެއްބަސްވުމަކަށް ވާސިލުވެވުނެވެ. ނަމަވެސް، މި އިސްތިރާޖީ ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމާއި ސަލާމަތީ އިންތިޒާމުތަކާ މެދު ދެފަރާތުގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން، ފަހުން އެ އެއްބަސްވުން ވަނީ ރޫޅިފަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިމުހައްމަދު ބާގިރު ޣާލިބާފްއީރާން-އިސްރާއީލުތެހެރާންވޮޝިންޓަން

އެންމެ ހިނގާ

1

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
18 ސެޕްޓެމްބަރު 2026

އީރާނުގައި ހަނގުރާމައިގެ ކުށްތައް ހިންގާފައިވާކަމަށް އެމެރިކާއަށް ކުރެވުނު ތުހުމަތާއެކު ހިއުމަން ރައިޓްސް ކައުންސިލުން އެމެރިކާ ވަކިވެއްޖެ

18 ސެޕްޓެމްބަރު 2026
އީރާނުގައި ހަނގުރާމައިގެ ކުށްތައް ހިންގާފައިވާކަމަށް އެމެރިކާއަށް ކުރެވުނު ތުހުމަތާއެކު ހިއުމަން ރައިޓްސް ކައުންސިލުން އެމެރިކާ ވަކިވެއްޖެ
18 ސެޕްޓެމްބަރު 2026

އީރާނުގައި ހުންނަ ސްވިޑެންގެ ޑިޕްލޮމެޓެއް ފައިބަން ތެހްރާނުން އަމުރުކޮށްފި

18 ސެޕްޓެމްބަރު 2026
އީރާނުގައި ހުންނަ ސްވިޑެންގެ ޑިޕްލޮމެޓެއް ފައިބަން ތެހްރާނުން އަމުރުކޮށްފި
18 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

18 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
18 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި
17 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި
17 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން

17 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން
17 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަކަށް ނޫން، އެ މަގު އޮތީ ދަތުރުފަތުރަށް ހުޅުވާލާފައި: ސެންޓްކޮމް

17 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަކަށް ނޫން، އެ މަގު އޮތީ ދަތުރުފަތުރަށް ހުޅުވާލާފައި: ސެންޓްކޮމް
17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް