Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

22 ސެޕްޓެމްބަރު 2026 | އަންގާރަ 10:52

އެމެރިކާގެ އަސްކަރީ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް އީރާނުގެ ކޮންޓްރޯލްގެ ދަށަށް އައިސްފައިވާކަން ހާމަކުރައްވައި، އަތުލައިގަތް ކަނޑުއަޑީގެ ޑްރޯންގެ "ރިވާސް އިންޖިނިއަރިންގ" މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އައި.އާރް.ޖީ.ސީ އިން ވަނީ ބުނެފައި. ހުރްމުޒް ކަނޑުއޮޅިން އަތުލައިގަތް "Dive-LD" މަރުކާގެ މި އުޅަނދަކީ ޖާސޫސީ މައުލޫމާތު އެއްކުރުމަށް ބޭނުންކުރާ ކުރިއަރާފައިވާ ވަސީލަތެއް

ރާއްޖެ އެމްވީ | 22 ސެޕްޓެމްބަރު 2026 | އަންގާރަ 10:52
އިރާނުގެ ހުރްމުޒް ކަނޑުއޮޅި ކައިރިން، އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަތުލައިގަނެފައިވާ އެމެރިކާގެ ކަނޑުއަޑީގައި ދުއްވާ ޑްރޯނެއް ފެންނަ މި ފޮޓޯއަކީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އާންމުކުރި ފޮޓޯއެކެވެ. މި ޑްރޯން އަތުލައިގަނެފައިވަނީ އިރާނުގެ ސިއްރު ސަރަހައްދެއްގައި

އިރާނުގެ ހުރްމުޒް ކަނޑުއޮޅި ކައިރިން، އެ ގައުމުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އަތުލައިގަނެފައިވާ އެމެރިކާގެ ކަނޑުއަޑީގައި ދުއްވާ ޑްރޯނެއް ފެންނަ މި ފޮޓޯއަކީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އާންމުކުރި ފޮޓޯއެކެވެ. މި ޑްރޯން އަތުލައިގަނެފައިވަނީ އިރާނުގެ ސިއްރު ސަރަހައްދެއްގައި | ރޮއިޓާސް

އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ކަނޑުގެ ސިފައިން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ ނުވަތަ އެ އުފައްދާފައިވާ ގޮތް ބަލައި، އެފަދަ އާލާތްތައް އަމިއްލައަށް އުފެއްދުމުގެ މަސައްކަތް އީރާނުން ފަށާނެ ކަމަށް އެ ފައުޖުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ބްރިގޭޑިއަރ ޖެނެރަލް ހުސައިން މުހިއްބީ ވަނީ، ދާދިފަހުން އެމެރިކާ އާއި އިސްރާއީލުން ހިންގި އުދުވާނުތަކުގައި، އެމެރިކާގެ ކުރިއަރާފައިވާ އަސްކަރީ ވަސީލަތްތަކާ ދެކޮޅަށް އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުން ދެއްކި ހުނަރުވެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ.

Advertisement - worldAdvertisement

މުހިއްބީ ވިދާޅުވީ، އެމެރިކާގެ އަސްކަރީ އަދި ދިފާއީ ސިނާއަތުގައި ބޭނުންކުރާ އެންމެ ޒަމާނީ ޓެކްނޮލޮޖީތައް އީރާނުގެ ކޮންޓްރޯލްގެ ދަށަށް އައިސްފައިވާކަން މި ހަނގުރާމައިން ސާބިތުވެފައިވާ ކަމަށެވެ.

މީގެ މުހިންމު މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ އެމެރިކާގެ އެފް-35 މަރުކާގެ ފައިޓަރ ޖެޓެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބޯޓަކީ އޭގެ ބޮޑީ އެލޯއި ނުވަތަ ބޯޓު ހަދާފައިވާ މާއްދާތަކާއި، ރާޑަރުތަކަށް ނުފެނި ދަތުރުކުރުމުގެ ގާބިލުކަމާއި، އުދުހޭ އުސްމިނުގެ އިތުރުން ހަތިޔާރު އުފުލުމުގެ ގާބިލުކަމުގައި ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ބޯޓެކެވެ.

އައި.އާރް.ޖީ.ސީ ގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ އެފް-35 މަރުކާގެ ބޯޓަށް އަމާޒުކޮށް ހަމަލާދީފައިވަނީ އައި.އާރް.ޖީ.ސީ އެއަރޯސްޕޭސް ފޯސްގެ އާ އަދި ކުރިއަރާފައިވާ ވައިގެ ދިފާއީ ނިޒާމުތަކުންނެވެ.

މީގެ އިތުރުން، އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ އުޅަނދާ ބެހޭގޮތުން މުހިއްބީ ވިދާޅުވީ، އެ އުޅަނދުގައި ހުރި ކުރިއަރާފައިވާ ޓެކްނޮލޮޖީތައް މިހާރު އީރާނުގެ ސިފައިންގެ އަތްދަށަށް އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިންގެ އަތްދަށަށް އައި ކަނޑުއަޑީގެ އުޅަނދުގައި ހުރި މި ޒަމާނީ ޓެކްނޮލޮޖީތައް ދެނެގަތުމަށްޓަކައި "ރިވާސް އިންޖިނިއަރިންގ" ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އީރާނުގެ އަތުގައި ތަފާތު ވައްތަރުގެ މަތިންދާބޯޓުތަކާއި، ކަނޑުއަޑީގެ އުޅަނދުތަކާއި، އިންސާނަކާ ނުލައި ދުއްވާ އުޅަނދުތައް ހުރިކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، މިއަދު އީރާނުގެ އަތުގައި ހަނގުރާމަވެރި، އެހީތެރިކަން ފޯރުކޮށްދޭ، މުދާ އުފުލާ އަދި ޖާސޫސީ މައުލޫމާތު އެއްކުރާ ތަފާތު ގިނަ އުޅަނދުތަކެއް އެބަހުރި ކަމަށެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަތުލައިގަތް ކަނޑުއަޑީގެ ޑްރޯންގެ ސަބަބުން އީރާނަށް އަސްކަރީ ގޮތުން ބޮޑު ކުރިއެރުމެއް ލިބުމަކީ ދުރު ކަމެއް ކަމަށް މުހައްލިލުން ބުނެ އެވެ. ނަމަވެސް، މިއީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާކަން ދެއްކުމަށް ވޮޝިންގޓަނުން ކުރަމުންދާ މަސައްކަތަށް ކުރިމަތިވި ލަދުވެތި ހުރަހެއް ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން ވަނީ، ހުރްމުޒް ކަނޑުއޮޅިން އެމެރިކާގެ އިންސާނަކާ ނުލައި ދުއްވާ، ނުހަނު ކުރިއަރާފައިވާ ކަނޑުއަޑީގެ އުޅަނދެއް ކާމިޔާބުކަމާއެކު ހުއްޓުވައި އަތުލައިގަނެފައިވާކަން އިއުލާންކޮށްފަ އެވެ.

އައި.އާރް.ޖީ.ސީ ގެ ކަނޑުގެ ސިފައިން ބުނި ގޮތުގައި، މި އުޅަނދު އަތުލައިގަތީ ޖާސޫސީ އަދި އޮޕަރޭޝަނަލް ގޮތުން ހިންގި ވަރަށް ކޮމްޕްލެކްސް ނުވަތަ އުނދަގޫ ހަރަކާތްތަކަކަށް ފަހުގަ އެވެ.

އެ ފައުޖުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަނޑުއަޑީގެ ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ މި އުޅަނދަކީ 2025 ވަނަ އަހަރު އެމެރިކާގެ ޓެރަރިސްޓް އަސްކަރިއްޔާއާ ހަވާލުކުރި އުޅަނދެއް ކަމަށެވެ.

އަތުލައިގަތް އެމެރިކާގެ މި ވަސީލަތުގެ ފޮޓޯތަކާއި ތަފްސީލީ ވީޑިއޯ ކުރިއަށް އޮތް ގަޑިތަކުގެ ތެރޭގައި އާންމުކުރާނެ ކަމަށް އައި.އާރް.ޖީ.ސީ އިން ވަނީ ބުނެފަ އެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަތުލައިގަނެފައިވަނީ "ޑައިވް-އެލްޑީ" (Dive-LD) ނަމަކަށް ކިޔާ ސިސްޓަމެކެވެ. މިއީ އެމެރިކާގެ ޑިފެންސް ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ "އެންޑްރިލް އިންޑަސްޓްރީޒް" އިން އުފައްދައި، 2025 ވަނަ އަހަރު އެމެރިކާގެ ކަނޑުގެ ސިފައިންގެ "އަންމޭންޑް އަންޑަސީ ވެހިކަލް ގްރޫޕް 1" އާ ފުރަތަމަ ހަވާލުކުރި، އަމިއްލައަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ކަނޑުއަޑީގެ އުޅަނދެކެވެ.

މި އުޅަނދުގެ ދިގުމިނުގައި ގާތްގަނޑަކަށް 5.8 މީޓަރު ހުންނައިރު، ފުޅާމިނުގައި 1.2 މީޓަރު އަދި ބަރުދަނުގައި ގާތްގަނޑަކަށް 2.7 ޓަނު ހުރެ އެވެ.

މި އުޅަނދާ ބެހޭގޮތުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ކަނޑުއަޑީގައި މެދުނުކެނޑި 10 ދުވަސް ވަންދެން އޮތުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަށް ކަނޑުގެ 6،000 މީޓަރު އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިގެންވެ އެވެ.

މޮޑިއުލާ އަމިއްލަ ޕްލެޓްފޯމެއްގެ ގޮތުގައި ފަރުމާކޮށްފައިވާ "ޑައިވް-އެލްޑީ" އަކީ ޖާސޫސީ މައުލޫމާތު އެއްކުރުމާއި، ފާރަވެރިވުމާއި، ކަނޑުގެ އަޑީގެ ޗާޓު ކުރެހުމާއި، އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމުގެ އިތުރުން ކަނޑުއަޑީގެ މައިން ނައްތާލުމުގެ މަސައްކަތްތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ.

މި އުޅަނދު އަތުލައިގަނެފައިވަނީ ދުނިޔޭގެ އެންމެ އިސްތިރާޖީ މުހިންމު އެއް ސަރަހައްދު ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އީރާނުގެ ފައުޖުތަކުން ވަނީ އެމެރިކާގެ އަގުބޮޑު އެތައް ވަސީލަތްތަކެއް ވައްޓާލައި ނުވަތަ އަތުލައިގަނެފަ އެވެ. އޭގެ ތެރޭގައި އާރް.ކިއު-170 ސެންޓިނަލް ސްޓެލްތު ޑްރޯންއާއި، އެމް.ކިއު-9 ރީޕަރ ޑްރޯންތަކުގެ އިތުރުން، ފާރިސީ ކަނޑުއޮޅިން އަތުލައިގަތް ކަނޑުއަޑީގެ އެކި އުޅަނދުތަކާއި ކަނޑުމަތީގެ އުޅަނދުތައް ހިމެނެ އެވެ.

އަތުލައިގަނެވޭ މިފަދަ ޓެކްނޮލޮޖީތައް ބަލައިގެން އަމިއްލައަށް އުފެއްދުމުގެ މަސައްކަތަކީ، އީރާނުގެ އަމިއްލަ ޑްރޯން އަދި ކަނޑުއަޑީގެ އުޅަނދުތައް އުފެއްދުމުގެ ޕްރޮގްރާމްތައް ހަލުވިކުރުމުގައި ތާރީޚީ ގޮތުން ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމެކެވެ.

އީރާންބްރިގޭޑިއަރ ޖެނެރަލް މުހްސިން މުހިއްބީއީރާން ހަނގުރާމައީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

5

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟

22 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ: އެޖެންޑާއި އޮތް އެންމެ ބޮޑު މައްސަަލައަކީ ކޮބާ؟
21 ސެޕްޓެމްބަރު 2026

އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން

21 ސެޕްޓެމްބަރު 2026
އެމެރިކާއިން އަލުން ހަމަލާދޭން ތައްޔާރުވަމުންދާކަން އެނގިއްޖެ: އީރާން
21 ސެޕްޓެމްބަރު 2026

މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ

21 ސެޕްޓެމްބަރު 2026
މަޝްވަރާތަކަށް އެނބުރި އައުމުގެ "ދޮރު އީރާނަށް ހުޅުވިފައި": އެމެރިކާ
21 ސެޕްޓެމްބަރު 2026

އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި

21 ސެޕްޓެމްބަރު 2026
އިރާނުން އެމެރިކާގެ އެމް.ކިއު-1 މަރުކާގެ ޑްރޯންއެއް އަނެއްކާވެސް ވައްޓާލައިފި
21 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!

21 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދު ދޭނެ ސާފު ރޭވުމެއް ސައޫދީއާއި އެމެރިކާގެ ނެތް، ހާލަތު އިތުރަށް ގޯސްވެދާނެ!
21 ސެޕްޓެމްބަރު 2026

ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު

21 ސެޕްޓެމްބަރު 2026
ގަލްފުގެ ގައުމުތަކާއި އީރާން ގުޅުވައިދޭ ސަލާމަތީ އޮނިގަނޑެއް ގާއިމުކުރަން ޖެހޭ: ގަތަރުގެ ބޮޑުވަޒީރު
21 ސެޕްޓެމްބަރު 2026

އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން

21 ސެޕްޓެމްބަރު 2026
އިސްތިގުލާލަށް އަރައިގެންފި ނަމަ ޖެހިލުމެއް، ހުއްޓުމެއްނެތި ހަމަލާތައް ދޭނަން: އީރާން
20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026
އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން
20 ސެޕްޓެމްބަރު 2026

ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ

20 ސެޕްޓެމްބަރު 2026
ޔަމަނަކީ އީރާނުގެ މަސްލަހަތު ހިމާޔަތްކުރާ "ބާގެއިނިންގ ޗިޕެއް" ނޫން: އަލް-ޒޫބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް