Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓު

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،000 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައެއް ނުވޭ: އޮޑިޓް އޮފީސް

30 އޯގަސްޓު 2026 | އާދީއްތަ 08:04

މާލެ އަތޮޅު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 49،800 ރުފިޔާ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މީގެ އިތުރުން، ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައި ނުވުމާއި ހަރުމުދާ ބެލެހެއްޓުމާއި މާލީ ރެކޯޑުތައް ލިޔެބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން އޮޑިޓް އޮފީހުން ފާހަގަކުރޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 އޯގަސްޓު 2026 | އާދީއްތަ 08:04
މާލެ އަތޮޅު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 49،800 ރުފިޔާ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި

މާލެ އަތޮޅު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނު 49،800 ރުފިޔާ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި | އަވަސް

މާލެ އަތޮޅު ކައުންސިލްގެ އިދާރާ އަށް ލިބިފައިވާ 49،800 ރުފިޔާ ދައުލަތުގެ އާމްދަނީ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ. 

އެ އޮފީހުން އާންމުކޮށްފައިވާ މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނީ، ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާއަކީ ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.27 ވަނަ މާއްދާގެ (ހ) ގައި އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. 

Advertisement - newsAdvertisement

ނަމަވެސް މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ 49،800 ރުފިޔާ، 38 ނޮވެމްބަރު 2024 ގެ ނިޔަލަށް ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކޮށްފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އެގޮތުން، ޑްރައިވިންގ ޓެސްޓު ފީގެ ގޮތުގައި ލިބުނު 49،600 ރުފިޔާ އަދި ޓެލެކޮމް ލައިސެންސް ފީގެ ގޮތުގައި 200 ރުފިޔާ ލިބިފައިވާ ކަމަށް ލިޔެފައިވީ ނަމަވެސް، މި އަދަދު ޖަމާކޮށްފައި ނުވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެހެން ކަމުން މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް އާމްދަނީގެ ގޮތުގައި ދައުލަތުގެ އޮފީސްތަކަށް ލިބޭ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮންނަ ޕަބްލިކް ބޭންކު އެކައުންޓަށް ޖަމާކުރުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ. 

މިކަންކަމުގެ އިތުރުން ލިބެންޖެހޭ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައި ނުވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކައުންޓަށް ޖަމާވާ ފައިސާ ވިޔަ މޮޑިއުލްގައި ގަވާއިދުން ރެކޯޑު ކުރަމުން ގޮސްފައި ނުވާ ކަމަށާއި އެންމެ އެކަށޭނެ ބަޖެޓު ކޯޑުތައް ނޫން އެހެން ކޯޑުތަކުގައި އާމްދަނީގެ ފައިސާ ރެކޯޑްކޮށްފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން، ހަރުމުދަލުގެ ރަޖިސްޓްރީއާއި ހަރުމުދާ ބެލެހެއްޓުމުގައި ފާހަގަ ކުރެވުނު މައްސަލަތައް ވެސް ވަނީ އެ ރިޕޯޓުގައި ބަޔާންކޮށްފަ އެވެ. އަދި މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި ކައުންސިލްގެ އިދާރާގެ ރިކޯޑުތަކާ ތަފާތުކަން ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

އޮޑިޓް އޮފީސްމޯލްޑިވްސް މަނިޓަރީ އޮތޯރިޓީމާލެ އަތޮޅު އަތޮޅު ކައުންސިލް

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

26 އޯގަސްޓު 2026

އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު

26 އޯގަސްޓު 2026
އެމްއެމްއޭގެ މިނިވަންކަން ގެއްލިއްޖެ، ރައީސް އޮފީހުގައި ގަވަރުނަރު ޕްރެސް ދެއްވުމަކީ މީގެ ކުރިން ކުރި ކަމެއް ނޫން: އަމީރު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
24 އޯގަސްޓު 2026

ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު

24 އޯގަސްޓު 2026
ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި: ގަވަރުނަރު މުނައްވަރު
24 އޯގަސްޓު 2026

ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ

24 އޯގަސްޓު 2026
ކަޅުބާޒާރުން ސަރުކާރުގެ ކުންފުނިތަކުން ޑޮލަރު ގަންނަމުންދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި ވަނިކޮށް، އެއީ މަނީލޯންޑަރިންގ ކަމަށް ހޯމް މިނިސްޓަރު އިހުސާން ވިދާޅުވެއްޖެ
21 އޯގަސްޓު 2026

ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށްފި

21 އޯގަސްޓު 2026
ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށްފި
20 އޯގަސްޓު 2026

ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު

20 އޯގަސްޓު 2026
ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
19 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!

19 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް!
19 އޯގަސްޓު 2026

ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެދެފި

19 އޯގަސްޓު 2026
ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އެދެފި
16 އޯގަސްޓު 2026

އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ

16 އޯގަސްޓު 2026
އަހަރެއްގެ ތެރޭގައި ރަސްމީ ރިޒާވުން 136 މިލިއަން ޑޮލަރު އުނިވެއްޖެ
16 އޯގަސްޓު 2026

އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި

16 އޯގަސްޓު 2026
އިގްތިސާދީ ހާލަތު ބޮއްސުންލާފައިވާތީ މާލިއްޔަތު ކޮމިޓީ އިން އެމްއެމްއޭއާ އެކު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް