Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ ޤައުމީ ޓީމު

އާޖެންޓީނާ އިން ސްކަލޯނީ އަށް އައު އެއްބަސްވުމެއް ހުށަހަޅައިފި

23 ސެޕްޓެމްބަރު 2026 | ބުދަ 04:01

ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އާޖެންޓީނާ އިން މިހާރު ސްކަލޯނީ އަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ނިޔަލަށް. އަދި މި އެއްބަސްވުމުގެ ދަށުން، 2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ވެސް ސްކަލޯނީ އާޖެންޓީނާ ޓީމުގައި ހުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ސެޕްޓެމްބަރު 2026 | ބުދަ 04:01
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ | ރޮއިޓާސް

އާޖެންޓީނާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީގެ އެއްބަސްވުން އައުކުރުމަށްޓަކައި، އިތުރު ދެ އަހަރު ދުވަހުގެ އައު އެއްބަސްވުމެއް އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން އޭނާ އަށް ހުށަހަޅައިފި އެވެ.

މި ހުށަހެޅުމުގައިވާ ގޮތުން، ފުރަތަމަ ދެ އަހަރަށް ފަހު އިތުރު ދެ އަހަރަށް އެއްބަސްވުން އިތުރުކުރުމުގެ ފުރުސަތު ވެސް ސްކަލޯނީ އަށް ލިބިގެންދާނެ އެވެ.

ބައިނަލްއަޤުވާމީ މީޑިއާތަކުގައި ބުނެފައިވާ ގޮތުން އާޖެންޓީނާ އިން މިހާރު ސްކަލޯނީ އަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން، 2030 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ވެސް ސްކަލޯނީ އާޖެންޓީނާ ޓީމުގައި ހުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ބުނެފައިވެ އެވެ.

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އާއެކު މިހާރު ސްކަލޯނީ ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މީގެ ކުރިން ސްކަލޯނީ ވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އޭނާ ކޯޗުގެ މަޤާމުން ވަކިވާނެކަމުގެ އިޝާރާތެއް ދީފަ އެވެ. އެހެން ނަމަވެސް، މުސްތަޤުބަލާ މެދު މިހާތަނަށް ސްކަލޯނީ ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ. 

އައު އެއްބަސްވުމާ ގުޅޭ ގޮތުން ސްކަލޯނީ ވަކި ޖަވާބެއް ދީފައި ނުވި ނަމަވެސް، އޭނާގެ މަންދޫބުންނާއި އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންއާ ދެމެދު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. މި މަޝްވަރާތައް ކުރިއަށްދާ ގޮތުން، ސްކަލޯނީ ޓީމުގައި މަޑުކުރާނެ ކަމުގެ ބޮޑު އުންމީދެއް އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އޮތް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. 

ސްކަލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ އިން ވަނީ ފަހަކަށް އައިސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. އޭގެ ތެރޭގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމާއި، ކޮޕާ އެމެރިކާގެ ތަށި އުފުލާލުން ހިމެނެ އެވެ. އެހެންކަމުން، އޭނާ ޓީމުގައި ބެހެއްޓުމަކީ އާޖެންޓީނާގެ ފުޓުބޯޅަ ކުރިއަށް ގެންދިޔުމަށް އެ ޤައުމުން ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުއާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)ލިއޮނަލް ސްކަލޯނީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

5

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

އާޖެންޓީނާގެ ވަދާއީ މެޗުގައި މެސީ ބޭނުންކުރާ ޚާއްސަ ޖާޒީ ދައްކާލައިފި

23 ސެޕްޓެމްބަރު 2026
އާޖެންޓީނާގެ ވަދާއީ މެޗުގައި މެސީ ބޭނުންކުރާ ޚާއްސަ ޖާޒީ ދައްކާލައިފި
16 ސެޕްޓެމްބަރު 2026

ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި

16 ސެޕްޓެމްބަރު 2026
ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި
31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
25 އޯގަސްޓު 2026

މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި

25 އޯގަސްޓު 2026
މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި
22 އޯގަސްޓު 2026

ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް

22 އޯގަސްޓު 2026
ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް
09 އޯގަސްޓު 2026

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

09 އޯގަސްޓު 2026
ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ
08 އޯގަސްޓު 2026

ކުޅުން ހުއްޓާލާނެ ވަގުތެއް ނިންމާނީ މެސީ އަމިއްލަ އަށް: ޓަޕިއާ

08 އޯގަސްޓު 2026
ކުޅުން ހުއްޓާލާނެ ވަގުތެއް ނިންމާނީ މެސީ އަމިއްލަ އަށް: ޓަޕިއާ
08 އޯގަސްޓު 2026

އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާ އާއި މެކްސިކޯ އިން ވެސް ބުނެފި

08 އޯގަސްޓު 2026
އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާ އާއި މެކްސިކޯ އިން ވެސް ބުނެފި
06 އޯގަސްޓު 2026

ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި

06 އޯގަސްޓު 2026
ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި
27 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ

27 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް