Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި

25 އޯގަސްޓު 2026 | އަންގާރަ 03:29

އެމެރިކާގެ ހެރިޓޭޖް އޯކްޝަންސްގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނީލަމުގައި މި ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިކުނު ނަމަވެސް، ނީލަން ފެށުމުގެ ކުރިން ބެލެވިފައި އޮތީ މި ބޯޅަ ގާތްގަނޑަކަށް 7.3 މިލިއަން ޕައުންޑަށް، ނުވަތަ 10 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އޯގަސްޓު 2026 | އަންގާރަ 03:29
2022 ވަނަ އަހަރުގެ ތެރޭގައި، ފުޓުބޯޅައިގެ ތާރީޚުގައި މަޝްހޫރު "ހޭންޑް އޮފް ގޯޑް"ގެ ނަމުން ނަން ދެވިފައިވާ ފުޓުބޯޅަ ވަނީ ވިއްކާލާފައި

2022 ވަނަ އަހަރުގެ ތެރޭގައި، ފުޓުބޯޅައިގެ ތާރީޚުގައި މަޝްހޫރު "ހޭންޑް އޮފް ގޯޑް"ގެ ނަމުން ނަން ދެވިފައިވާ ފުޓުބޯޅަ ވަނީ ވިއްކާލާފައި | ބީބީސީ

ފުޓުބޯޅައިގެ ތާރީޚުގައި އާޖެންޓީނާގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާ ޖެހި މަޝްހޫރު "ހޭންޑް އޮފް ގޯޑް" ލަނޑު ޖެހުމަށް ބޭނުންކުރި ބޯޅަ، ނީލަމެއްގައި 2.5 މިލިއަން ޕައުންޑަށް ނުވަތަ 3.3 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފި އެވެ.

މި ބޯޅަ އަކީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑްއާ ދެކޮޅަށް ކުޅުނު މެޗުގައި މަރަޑޯނާ އަތުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ އެވެ. އެ މެޗުން އާޖެންޓީނާ 2-1 އިން މޮޅުވިއިރު، މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރަޑޯނާ ބުނެފައި ވަނީ އެ ލަނޑަކީ ކޮންމެ ވެސް ވަރަކަށް މަރަޑޯނާގެ ބޮލާއި، އަދި ކޮންމެ ވެސް ވަރަކަށް "ހޭންޑް އޮފް ގޯޑް" އިން ޖެހި ލަނޑެއް ކަމަށެވެ.

އެމެރިކާގެ ހެރިޓޭޖް އޮކްޝަންސްގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނީލަމުގައި މި ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިކުނު ނަމަވެސް، ނީލަން ފެށުމުގެ ކުރިން ބެލެވިފައި އޮތީ މި ބޯޅަ ގާތްގަނޑަކަށް 7.3 މިލިއަން ޕައުންޑަށް، ނުވަތަ 10 މިލިއަން ޑޮލަރަށް ވިކޭނެ ކަމަށެވެ. ހެރިޓޭޖް އޯކްޝަންސްގެ އެކްސްޕާޓެއް ކަމަށްވާ މައިކް ޕްރޮވެންޒޭލް ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނީ، މިއީ ދުނިޔޭގައި އޮތް ފުޓުބޯޅައާ ގުޅުންހުރި އެންމެ މުހިންމު އެއް ތާރީޚީ ތަކެތީގެ ތެރެއިން އެކަތި ކަމަށެވެ.

މި ބޯޅަ އަކީ 1986 ވަނަ އަހަރުގެ އެ މެޗު ރެފްރީކަން ކުރި ޓިއުނީޝިއާގެ އަލީ ބިން ނާސިރު، މެޗު ނިމުމުން އޭނާގެ ބެލުމުގެ ދަށަށް ގެންގޮސް، ވޭތުވެ ދިޔަ 30 އަށް ވުރެ ގިނަ އަހަރު އޭނާގެ އަތުގައި ރައްކާ ކޮށްފައި އޮތް "އެޑިޑާސް އަޒްޓެކާ" މާކުގެ ބޯޅަ އެކެވެ. މިއީ އެ މެޗުގައި ބޭނުންކުރި ހަމައެކަނި ބޯޅަ ކަމަށް ބުނެ، 2023 ވަނަ އަހަރު އޭނާ ވަނީ ލިޔުމެއްގައި ސޮއި ވެސް ކޮށްފައި އެވެ. އަދި މިކަން މިނިވަން ތަހުގީގުތަކުން ވެސް ވަނީ ކަށަވަރު ކޮށްދީފައި އެވެ.

އަލީ ބިން ނާސިރު މި ބޯޅަ އެންމެ ފުރަތަމަ ވިއްކާލީ، 2022 ވަނަ އަހަރު 1.74 މިލިއަން ޕައުންޑަށެވެ. އޭގެ ފަހުން ބޯޅަ ގަތް ފަރާތުން 2023 ވަނަ އަހަރު އަލުން ނީލަމަށް ހުށަހެޅި ނަމަވެސް، އެ ފަހަރު ކަނޑައެޅި އެންމެ ކުޑަ އަގަށް ވުރެ ދަށުން ބިޑުތައް ހުރުމުގެ ސަބަބުން ބޯޅަ ވިކިފައިނުވެ އެވެ.

މަރަޑޯނާ އެ މެޗުގައި ޖެހި ދެވަނަ ލަނޑަކީ އިންގްލެންޑުގެ ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޖެހި، "ގޯލް އޮފް ދަ ސެންޗަރީ" ގެ ގޮތުގައި މަޝްހޫރުވި ލަނޑެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި، އެ މެޗުގައި މަރަޑޯނާ ލައިގެން ކުޅުނު ޖާޒީ 2022 ވަނަ އަހަރު ބޭއްވި ނީލަމެއްގައި ވަނީ 7.1 މިލިއަން ޕައުންޑަށް ވިއްކާލާފައި އެވެ.

އާޖެންޓީނާއާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުޑިއެގޯ މަރަޑޯނާ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް

22 އޯގަސްޓު 2026
ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް
19 އޯގަސްޓު 2026

މަރަޑޯނާގެ މަރުގެ ޝަރީއަތް: ކިޑްނީ ފެއިލްވަމުންދިޔަކަމުގެ ނިޝާންތަކަށް ޑޮކްޓަރުން ވަނީ އިހުމާލުވެފައި

19 އޯގަސްޓު 2026
މަރަޑޯނާގެ މަރުގެ ޝަރީއަތް: ކިޑްނީ ފެއިލްވަމުންދިޔަކަމުގެ ނިޝާންތަކަށް ޑޮކްޓަރުން ވަނީ އިހުމާލުވެފައި
09 އޯގަސްޓު 2026

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

09 އޯގަސްޓު 2026
ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ
08 އޯގަސްޓު 2026

މެސީގެ ބައްޕަ މަރުވެއްޖެ

08 އޯގަސްޓު 2026
މެސީގެ ބައްޕަ މަރުވެއްޖެ
07 އޯގަސްޓު 2026

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

07 އޯގަސްޓު 2026
މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި
06 އޯގަސްޓު 2026

ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި

06 އޯގަސްޓު 2026
ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި
27 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ

27 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލްއިން ބަލިވުމަކީ، މެސީ ރިޓަޔަރކުރަން ޖެހޭ ސަބަބެއް ނޫން: ޑި މާާރިއާ
27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
26 ޖުލައި 2026

ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ

26 ޖުލައި 2026
ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް