Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި

16 ސެޕްޓެމްބަރު 2026 | ބުދަ 05:08

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓަޕިއާ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެނިގެންދާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2026 | ބުދަ 05:08
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ | ރޮއިޓާސް

ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން ރިޓަޔާކުރުމަށްފަހު، ލިއޮނަލް މެސީގެ ވަދާއީ މެޗުގައި ކުޅުމަށް އާޖެންޓީނާގެ ޤައުމީ ސްކޮޑުން އޭނާ އަށް ފުރުސަތު ދީފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އުމުރުން 39 އަހަރުގެ މެސީ ބައިނަލްއަޤުވާމީ ފުޓުބޯޅަ އިން ރިޓަޔާކުރިކަން އިއުލާންކުރީ މިއަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވިތާ ދެ މަސް ފަހުންނެވެ.

ނަމަވެސް، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓަޕިއާ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި ހާމަކުރެއްވި ގޮތުގައި، އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހު ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެނިގެންދާނެ އެވެ.

ޓަޕިއާ ވިދާޅުވީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އާޖެންޓީނާގެ ކެޕްޓަން މެސީ އަށް ހައްގުވާ ފަދަ ވަދާއީ މެޗެއް އަމިއްލަ ޤައުމުގައި ދިނުމަށްޓަކައި އެ މެޗުގައި ކުޅުމަށް އޭނާ އަށް ދައުވަތު ދީފައިވާ ކަމަށެވެ. ބުއެނޯސް އައިރިސްގެ އެސްޓާޑިއޯ މޮނިއުމެންޓަލް ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ މެސީ ޤައުމީ ޖާޒީގައި ފެންނާނެ ފަހު ފަހަރެވެ.

ވޯލްޑް ކަޕް ފައިނަލަށް ފަހު އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކޯޑޯބާގެ މާރިއޯ ކެމްޕެސް ސްޓޭޑިއަމްގައި ބޮލީވިއާއާ ދެކޮޅަށެވެ. އޭގެ ފަހުން އޮކްޓޫބަރު ތިން ވަނަ ދުވަހު ބުއެނޯސް އައިރިސްގައި ބުރުކީނާ ފާސޯއާ ދެކޮޅަށް އެ ޤައުމުން މެޗެއް ކުޅޭނެ އެވެ.

ބޮލީވިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ސްޓޭޑިއަމްގެ ޖާގަ 50 އިންސައްތަ އަށް މަދުކުރުމަށް ފީފާ އިން ވަނީ އަންގާފަ އެވެ. އެއީ މިއަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ހިނގައި ދިޔަ ބައެއް ހާދިސާތަކާ ގުޅިގެން ފީފާ އިން ދީފައިވާ އަދަބެކެވެ.

މެސީ ވަނީ އާޖެންޓީނާގެ ޤައުމީ ޓީމާ އެކު 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އިތުރުން، 2014 އަދި 2026 ގެ ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ. ވޯލްޑް ކަޕްގެ އިތުރުން މެސީ ވަނީ އާޖެންޓީނާ އެކު ކޮޕާ އެމެރިކާ ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ.

އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުލިއޮނެލް މެސީ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2026

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026
ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން
09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
30 އޯގަސްޓު 2026

މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް

30 އޯގަސްޓު 2026
މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
25 އޯގަސްޓު 2026

މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި

25 އޯގަސްޓު 2026
މަރަޑޯނާގެ "ހޭންޑް އޮފް ގޯޑް" ބޯޅަ 2.5 މިލިއަން ޕައުންޑަށް ވިއްކާލައިފި
23 އޯގަސްޓު 2026

ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް

23 އޯގަސްޓު 2026
ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
22 އޯގަސްޓު 2026

ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް

22 އޯގަސްޓު 2026
ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް
13 އޯގަސްޓު 2026

ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން

13 އޯގަސްޓު 2026
ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން
13 އޯގަސްޓު 2026

ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!

13 އޯގަސްޓު 2026
ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
12 އޯގަސްޓު 2026

ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި

12 އޯގަސްޓު 2026
ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް