Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާ އާއި މެކްސިކޯ އިން ވެސް ބުނެފި

8 އޯގަސްޓު 2026 | ހޮނިހިރު 03:25

މިއަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރި އެއް ޤައުމަކީ މެކްސިކޯ ކަމަށްވާއިރު، މެކްސިކޯ ހިމެނޭ ކޮންކާކަފް އިން ވަނީ އިންފަންޓީނޯގެ މައްސަލަ ތަޙުގީގު ކުރުމަށް ގޮވާލާފައި. ނަމަވެސް، އެ ކޮންފެޑެރޭޝަންގެ ނިންމުމާ ޚިލާފަށް، މެކްސިކޯ އިން ވަނީ އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް ހާމަ ކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2026 | ހޮނިހިރު 03:25
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި އާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑިއޯ ޓަޕިއާ | ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް ހިމެނޭހެން، ފީފާގެ މުބާރާތްތަކުގެ ވިޔަފާރީގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ގެންގުޅުއްވި ޕްލޭންއާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އޭނާ އަށް ތާއީދު އޮތް ކަމަށް އާޖެންޓީނާާ އާއި މެކްސިކޯގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުން ބުނެފި އެވެ. 

މިއަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރި އެއް ޤައުމަކީ މެކްސިކޯ ކަމަށްވާއިރު، މެކްސިކޯ ހިމެނޭ ކޮންކާކަފް އިން ވަނީ އިންފަންޓީނޯގެ މައްސަލަ ތަޙުގީގު ކުރުމަށް ގޮވާލައިފަ އެވެ. ނަމަވެސް، އެ ކޮންފެޑެރޭޝަންގެ ނިންމުމާ ޚިލާފަށް، މެކްސިކޯ އިން ވަނީ އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށް ހާމަކޮށްފައި އެވެ. 

ބުރާސްފަތި ދުވަހު އެފްރިކާގެ ފުޓުބޯޅަ ކޮންފެޑެރޭޝަން (ކާފް) އިން ވެސް ވަނީ އިންފަންޓީނޯ އަށް ތާއީދު ކުރަން ނިންމައިފަ އެވެ. ނަމަވެސް، ޔޫރަޕުގެ ޤައުމުތައް ހިމެނޭ ޔުއެފާ އިން ބުނަމުން އަންނަނީ، އެ މީހުން އަދިވެސް އޮތީ ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ވިސްނުމުގައި ކަމަށެވެ. 

ދެކުނު އެމެރިކާގެ ކޮންމެބޯލް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފީފާގެ ހުރިހާ މެންބަރު ޖަމިއްޔާތަކުގެ ވޯޓަކާ ނުލައި އިންފަންޓީނޯ މަޤާމުން ވަކި ކުރުމުގެ އެއްވެސް މަސައްކަތެއް ޤަބޫލު ނުކުރާނެ ކަމަށެވެ. މެކްސިކޯ އިން ވެސް ވަނީ އެކަމަށް ތާއީދު ކޮށްފައިފަ އެވެ. މެކްސިކޯ އިން ބުނެފައި ވަނީ، ހުރިހާ އިދާރާތަކެއް ހަމަ ނުވާ ގޮތަށް ކުރިއަށްގެންދާ އެއްވެސް ކަމެއް ޤަބޫލު ނުކުރާނެ ކަމަށާއި، ފީފާގެ ޖަމިއްޔާތަކަށް ފައިދާ ކުރާ ގޮތަށް ފުޓުބޯޅަ ތަރައްޤީ ކުރުމަށް އިންފަންޓީނޯ ކުރައްވާ މަސައްކަތަށް ތާއީދު ކުރާ ކަމަށެވެ. 

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ފީފާގެ ރައީސް ކަމުގައި ހުންނަވައި ފާއިތުވި 10 އަހަރުގެ ތެރޭގައި އިންފަންޓީނޯ ކުރައްވާފައިވާ މަސައްކަތަށް ތާއީދު ކުރާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ވަރުގަދަ ކުރުމާ އެކު، ފުޓުބޯޅައިގެ ފޯރި އިތުރު ކުރުމަށް ކުރި މަސައްކަތްތަކެއް ކަމަށް ވެސް އާޖެންޓީނާ އިން ވަނީ ބުނެފައި އެވެ. 

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ގެންްގުޅުއްވި ރޭވުން ހޫނުވެ، އެންމެ ފަހުން އިންފަންޓީނޯ ވަނީ އެކަން ހުއްޓާލައްވައިފަ އެވެ. އަދި މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ފީފާގެ ކުއްލި ބައްދަލުވުމެއްގައި އިންފަންޓީނޯ ވަނީ އެކަމަށް މައާފަށް ވެސް އެދިވަޑައިގެންފައި އެވެ. އަންނަ އަހަރުގެ މާޗު މަހު އޮންނަ ފީފާާގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ އިންފަންޓީނޯ އެކަންޏެވެ. ނަމަވެސް، އޭނާއާ ދެކޮޅަށް ކެންޑިޑޭޓަކު ނެރުމުށް ޔުއެފާ ހިމެނޭހެން، ގިނަ އިދާރާތަކަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ފީފާއާޖެންޓީނާ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެފްއޭ)ޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2026

އިންފަންޓީނޯގެ ސިއްރު ލޯބިވެރިޔާ އަށް ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފި

08 އޯގަސްޓު 2026
އިންފަންޓީނޯގެ ސިއްރު ލޯބިވެރިޔާ އަށް ޔުއެފާ އިން ފައިސާ ދިން ކަމަށް ތުހުމަތުކޮށްފި
07 އޯގަސްޓު 2026

ސިޔާސީވެރިންނާއި، އަމިއްލަ ޖެޓުތަކާއި، ބާރުވެރިކަން - ފީފާގެ ރައީސްގެ ދިރިއުޅުއްވުން

07 އޯގަސްޓު 2026
ސިޔާސީވެރިންނާއި، އަމިއްލަ ޖެޓުތަކާއި، ބާރުވެރިކަން - ފީފާގެ ރައީސްގެ ދިރިއުޅުއްވުން
06 އޯގަސްޓު 2026

8 މަސް ދުވަސް ފަހުން ފައިސާގެ އިނާމު ދިން ނަމަވެސް، އިންފަންޓީނޯ އަށް ތާާއީދުނުކުރައްވާނެ ކަމަށް އުރުދުންގެ އެފްއޭގެ ރައީސް ވިދާޅުވެއްޖެ

06 އޯގަސްޓު 2026
8 މަސް ދުވަސް ފަހުން ފައިސާގެ އިނާމު ދިން ނަމަވެސް، އިންފަންޓީނޯ އަށް ތާާއީދުނުކުރައްވާނެ ކަމަށް އުރުދުންގެ އެފްއޭގެ ރައީސް ވިދާޅުވެއްޖެ
06 އޯގަސްޓު 2026

ޔުއެފާ އިން އަދިވެސް އޮތީ ވޯލްޑް ކަޕް ބޮއިކޮޓްކުރުމުގެ ވިސްނުމުގައި!

06 އޯގަސްޓު 2026
ޔުއެފާ އިން އަދިވެސް އޮތީ ވޯލްޑް ކަޕް ބޮއިކޮޓްކުރުމުގެ ވިސްނުމުގައި!
06 އޯގަސްޓު 2026

އިންފަންޓީނޯ އަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެ: ކެނެޑާގެ ބޮޑު ވަޒީރު ކާނީ

06 އޯގަސްޓު 2026
އިންފަންޓީނޯ އަށް އޮތް އިތުބާރު މުޅިން ގެއްލިއްޖެ: ކެނެޑާގެ ބޮޑު ވަޒީރު ކާނީ
06 އޯގަސްޓު 2026

ހެދުނު ގޯސްތަކަށް "އިޚްލާސްތެރިކަމާއެކު މާފަށް އެދެން": އިންފަންޓީނޯ

06 އޯގަސްޓު 2026
ހެދުނު ގޯސްތަކަށް "އިޚްލާސްތެރިކަމާއެކު މާފަށް އެދެން": އިންފަންޓީނޯ
05 އޯގަސްޓު 2026

ފީފާގެ އިސްވެރިންގެ ކުއްލި ބައްދަލުވުމަކަށް އިންފަންޓީނޯ ގޮވާލައްވައިފި

05 އޯގަސްޓު 2026
ފީފާގެ އިސްވެރިންގެ ކުއްލި ބައްދަލުވުމަކަށް އިންފަންޓީނޯ ގޮވާލައްވައިފި
05 އޯގަސްޓު 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު މަޝްރޫއު ހުއްޓާލަން ޖެހުމަކީ، އެކަމާ ސުވާލު ވެސް އުފައްދަން ޖެހޭ ކަމެއް ނޫން: ވެންގާ

05 އޯގަސްޓު 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލަން އުޅުނު މަޝްރޫއު ހުއްޓާލަން ޖެހުމަކީ، އެކަމާ ސުވާލު ވެސް އުފައްދަން ޖެހޭ ކަމެއް ނޫން: ވެންގާ
05 އޯގަސްޓު 2026

ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް

05 އޯގަސްޓު 2026
ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭންއަކީ ބަލައިގަނެވޭނެ ކަމެއް ނޫން: ފީފާގެ ސެކްރެޓަރީ ޖެނަރަލް
04 އޯގަސްޓު 2026

ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި

04 އޯގަސްޓު 2026
ވޯލްޑްކަޕް ބަޔަކަށް ވިއްކާލަން އުޅުނު މައްސަލައިގައި ޔޫއެފާއިން ފީފާއަށް ލިޔެކިޔުން ރައްކާކުރުމަށް ރަސްމީ ގާނޫނީ ނޯޓިސް ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް