Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026 | ބުދަ 08:13

ޔަމަނުގެ ވައިގެ ސަރަހައްދަށް ވަން ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކަކަށް ހޫޘީން ހުރަސްއަޅާފައިވާއިރު، ސައުދީ އިއްތިހާދުން ޔަމަނުގެ އެކި ޕްރޮވިންސްތަކަށް 450 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާކަމަށް އެ ޖަމާއަތުން ބުނެފި. މީގެ އިތުރުން، ޔަމަނުގެ ހިސާރުކުރުމާ ދެކޮޅަށް ސައުދީއާ ގުޅުންހުރި އުޅަނދުތަކަށް އަމާޒުކޮށް ކަނޑުގެ މަގުން ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަމުންދާކަންވެސް ހޫޘީން ވަނީ ހާމަކޮށްފައި

ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2026 | ބުދަ 08:13
ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖްގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއިން، "އޮޕަރޭޝަން ސަަަަދަން ވޮޗް" ގެ ތެރެއިން އެމެރިކާގެ އެފް-15 އީގަލް މަރުކާގެ ހަނގުރާމަމަތީ ބޯޓެއް 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އުދުއްސާލަނީ

ސައުދީ އަރަބިއްޔާގެ އަލް-ޚަރްޖްގައި ހުންނަ ޕްރިންސް ސުލްތާން އެއާ ބޭސްއިން، "އޮޕަރޭޝަން ސަަަަދަން ވޮޗް" ގެ ތެރެއިން އެމެރިކާގެ އެފް-15 އީގަލް މަރުކާގެ ހަނގުރާމަމަތީ ބޯޓެއް 2000 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އުދުއްސާލަނީ | ގެޓީ އިމޭޖަސް

ޔަމަނުގެ މަޣްރިބު ޕްރޮވިންސްގެ މަތިން ދުޝްމަނުންގެ އޮޕަރޭޝަންތަކެއް ހިންގަމުންދިޔަ ސައުދީ އަރަބިއްޔާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް، ޔަމަނުގައި އަމިއްލައަށް އުފައްދާފައިވާ "ސަރފޭސް-ޓޫ-އެއަރ" މިސައިލެއް ބޭނުންކޮށްގެން ވައްޓާލާފައިވާކަން އެ ގައުމުގެ ހޫޘީން ކަށަވަރުކޮށްދީފި އެވެ.

ހޫޘީންގެ ހަތިޔާރު އެޅި ބާރުތަކުގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރީޢު ބުދަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޣްރިބުގެ މަތިން "ދުޝްމަނުންގެ ހަރަކާތްތަކެއް" ހިންގަމުން ދަނިކޮށް، ސައުދީގެ އެފް-15 މަރުކާގެ ބޯޓު ވައްޓާލާފައިވަނީ ޔަމަނުން އަމިއްލައަށް އުފައްދާފައިވާ މިސައިލެއް ބޭނުންކޮށްގެން ކަމަށެވެ.

Advertisement - worldAdvertisement

އެ ބަޔާނުގައިވާ ގޮތުން، ސައުދީގެ މި ހަނގުރާމަމަތީ ބޯޓު އޮޕަރޭޓް ކުރަމުންދިޔައީ ސައުދީއާ ގުޅިފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

މީގެ އިތުރުން، މައުރިބުގެ މަތިން އުދުހެމުންދިޔަ ސައުދީގެ އެފް-15 އަދި ޓައިފޫން މަރުކާގެ އިތުރު ބޯޓުތަކަކަށް ޔަމަނުގެ ސިފައިން ހުރަސްއަޅައި، އެ ބޯޓުތައް އެ ސަރަހައްދުން ފަހާލާފައިވާ ކަމަށްވެސް އެ ބަޔާނުގައިވެ އެވެ. އެ ބޯޓުތަކުން މަސައްކަތް ކުރަމުންދިޔައީ ވައްޓާލި ބޯޓުގެ ބައިތައް ހޯދުމަށެވެ.

ހޫޘީންގެ އަސްކަރިއްޔާއިން އިތުރަށް ހާމަކުރި ގޮތުގައި، ސައުދީގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ ތާއިޒް، ލަހިޖް، އަލް-ޖައުފް، ހައްޖާ، މަޣްރިބު، ސާދާ އަދި އަލް-ބައިދާ ޕްރޮވިންސްތަކަށް 450 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފަ އެވެ. މި ހަމަލާތަކުގައި ގިނަ ބަޔަކު މަރުވެ، އަނިޔާވެފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

މައްކާއަށް ހޫޘީން ހަމަލާދޭން އުޅޭ ކަމަށް ބުނެ ސައުދީން ކުރާ ތުހުމަތުތަކަށް ރައްދު ދެމުން  ބުނީ، އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އިސްލާމީ މުގައްދަސް ބިނާތަކަށް ޔަމަނުގެ ފަރާތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.

"ޔަމަނުގެ ފަރާތުން މުގައްދަސް ބިނާތަކަށް އެއްވެސް ނުރައްކަލެއް ނެތް. އަހަރެމެންގެ އޮޕަރޭޝަންތައް އަމާޒުކުރަނީ ހަމައެކަނި އެމީހުންގެ ތެޔޮ ރައްކާކުރާ ތަންތަނަށާއި އަސްކަރީ މަރުކަޒުތަކަށް،" ބަޔާނުގައިވެ އެވެ.

ހޫޘީންގެ އަސްކަރިއްޔާއިން ބަޔާން ނިންމާލަމުން ބުނެފައިވަނީ، ގައުމުގެ ވައިގެ ސަރަހައްދާއި ސިޔާދަތަށް އަރައިގަންނަ ކޮންމެ ފަރާތަކާ ދެކޮޅަށް ދިފާއުގައި ތެދުވާނެ ކަމަށެވެ.

"ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އަހަރެމެންގެ ވައިގެ ސަރަހައްދާއި ސިޔާދަތު ދިފާއުކުރާނަން. އިރާދަކުރެއްވިއްޔާ ޔަމަނުގެ ވައިގެ ސަރަހައްދަށް އަރައިގަތުމުގެ ފުރުސަތެއް ނުދޭނަން،" ބަޔާނުގައި ބުނެފައިވެ އެވެ.

ޔަމަނުގެ ހޫޘީން ދާދިފަހުން ވަނީ އަރަބި ބަހުން މާޔޫން ޖަޒީރާގެ ނަމުން ނަންދެވިފައިވާ ޕެރިމް އައިލެންޑްގެ ކޮންޓްރޯލް ހޯދާފަ އެވެ. މިއާއެކު، ރަތް ކަނޑާއި އަދަން ކަނޑު ގުޅުވައިދޭ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގެ ފުރިހަމަ ބާރު ޔަމަނުގެ ހޫޘީން ވަނީ ލިބިފަ އެވެ.

ބާބުލް މަންދަބު ކަނޑުއޮޅީގެ މެދުގައި އޮންނަ، އަދި މުހިންމު އޮބްޒަވޭޝަން ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ޕެރިމް އައިލެންޑްގެ ކޮންޓްރޯލް ހޯދުމާއެކު، މުޅި ކަނޑުއޮޅީގެ ބާރު މިހާރު އޮތީ ސަންޢާގައި ހަރަކާތްތެރިވާ ހޫޘީންގެ ސަރުކާރުގެ ބާރުގެ ދަށުގަ އެވެ.

މި ހަރަކާތްތައް ހިނގަމުން މިދަނީ ޔަމަނުގެ ހުޅަނގު އައްސޭރިފަށުގައި މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ސަރަހައްދުގައި ހޫޘީންނާއި ސައުދީގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިން ދަނީ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކާއި ސްޓްރެޓީޖިކް ތަންތަނުގެ ކޮންޓްރޯލް ހޯދުމަށް ކުރިމަތިލުންތައް ހިންގަމުންނެވެ.

ފަހަކަށް އައިސް ޔަމަނުގެ ހޫޘީން ހޯދަމުންދާ ކުރިއެރުންތަކާއެކު ހުޅަނގު ފްރަންޓުގެ ބާރުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. މީގެ ސަބަބުން ސައުދީ އަރަބިއްޔާއިން ދަނީ  ހޫޘީން މަރުކަޒުތަކަށާއި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

ޔަމަނަށް ކުރިމަތިވެފައިވާ "ބޭއިންސާފު އަދި އަނިޔާވެރި" ހިސާރުކުރުމަށް ގާތްގަނޑަކަށް 12 އަހަރު ވެފައިވާތީ، އޭގެ ރައްދުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ފިޔަވަޅެއް އަޅާފައިވާކަން ސަންޢާގެ ހޫޘީންގެ ސަރުކާރުން ޖުލައި 20 ވަނަ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

މި އިއުލާނަށްފަހު، ރަތް ކަނޑުގައި ދަތުރުކުރާ ސައުދީ އަރަބިއްޔާއާ ގުޅުންހުރި އުޅަނދުތަކަށް އަމާޒުކޮށް ކާމިޔާބު ގިނަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށް ހޫޘީންގެ އަސްކަރިއްޔާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މާރިޗު 2015 ގައި ސައުދީ އަރަބިއްޔާއާއި އެ ގައުމުގެ އިއްތިހާދުން ޔަމަނު ހިސާރުކޮށް، ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭން ފެށި އެވެ. މި ހަމަލާތަކުގައި އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުން ސައުދީއަށް އަސްކަރީ، ސިޔާސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ޔަމަންހޫޡީބާބުލް މަންދަބުޔަމަން-ސައުދީ އަރަބިއްޔާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
15 ސެޕްޓެމްބަރު 2026

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 137،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމަށް ބޮޑެތި ހުރަސްތަކެއް

15 ސެޕްޓެމްބަރު 2026
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 137،000 އަށްވުރެ ގިނަ ކުދިންގެ ތައުލީމަށް ބޮޑެތި ހުރަސްތަކެއް
15 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ

15 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީ އަރަބިއްޔާގެ ތިން ރަށަކަށް ދިން ހަމަލާތަކެއްގައި 13 މީހަކު ޒަޚަމްވެއްޖެ
14 ސެޕްޓެމްބަރު 2026

ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟

14 ސެޕްޓެމްބަރު 2026
ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟
14 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި

14 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ ކިންގް ޚާލިދު އެއާބޭހަށް ހަމަލާދީފި
14 ސެޕްޓެމްބަރު 2026

ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ

14 ސެޕްޓެމްބަރު 2026
ޑްރޯން ހަމަލާއާ ގުޅިގެން ސައުދީގެ މުހިންމު ތެޔޮ ހޮޅިއަކަށް ލިބުނު ބޮޑެތި ގެއްލުންތައް ސެޓެލައިޓް ފޮޓޯއިން ހާމަވެއްޖެ
14 ސެޕްޓެމްބަރު 2026

ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް

14 ސެޕްޓެމްބަރު 2026
ޔަމަނު ހަނގުރާމަ ވަރުގަދަވެ 82،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށްފި, އެތައް ހާސް ބަޔަކު ޖިބޫޓީއަށް
13 ސެޕްޓެމްބަރު 2026

ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ: އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް