Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ-ހޫޘީ ކުރިމަތިލުން

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:11

ޔަމަނުގެ ސަރުކާރު ފައުޖުތަކާއި ހޫޘީންގެ މެދުގައި ކުރިމަތިލުންތައް ވަރުގަދަވެ، ކުޑަކުދިން ހިމެނޭހެން ގިނަ ބަޔަކު މަރުވަމުންދާތީ ރަތް ކަނޑުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފި. މި ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ވިޔަފާރި މަގުތަކަށް ނުރައްކާވެދާނެތީ، އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ދަނީ މަސްރަހު ފިނިކޮށް ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:11
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވެރިރަށް ސަންޢާގައި ބޭއްވި ހިނގާލުމެއްގައި އެ ޖަމާއަތުގެ ވެރިޔާގެ ފޮޓޯޖެހި ޕޯސްޓަރެއް ހިފައިގެން

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ވެރިރަށް ސަންޢާގައި ބޭއްވި ހިނގާލުމެއްގައި އެ ޖަމާއަތުގެ ވެރިޔާގެ ފޮޓޯޖެހި ޕޯސްޓަރެއް ހިފައިގެން | އޭއެފްޕީ

ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އިތުރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުގެ 26 ސަރަހައްދަކަށް ސައުދީ އަރަބިއްޔާއިން ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ބުނެފި އެވެ. ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހޫޘީންގެ ކޮންޓްރޯލް އޮންނަ އެކި ސަރަހައްދުތަކުގައި ހުރި އެ ޖަމާއަތުގެ މަގާމުތަކަށް އަމާޒުކޮށް، ހަމައެކަނި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވެސް ސައުދީ އަރަބިއްޔާއިން 300 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުން ހުކުރު ދުވަހު ބުނެފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކުރެ އެވެ.

މި ހަފުތާގެ ތެރޭގައި ހަނގުރާމަ ވަރުގަދަވި އެތައް ފްރަންޓެއްގެ ތެރެއިން އެއް ސަރަހައްދު ކަމަށްވާ ތާއިޒް ޕްރޮވިންސްގެ އަލް-ވަޒީއިއްޔާ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި، ހޫޘީންގެ 30 ހަނގުރާމަވެރިން މަރާލައި، 60 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރުން ހުކުރު ދުވަހު ވަނީ ހާމަކޮށްފަ އެވެ. ދެ ފަރާތުގެ މެދުގައި މި ގޮތަށް ހަމަލާތައް ބަދަލުކުރަން ފަށާފައި މި ވަނީ، ޔަމަނުގެ ސަރުކާރުގެ އަސްކަރިއްޔާއާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ކުރިއަށްދާ ހަނގުރާމަ މުޅި ގައުމަށް ފެތުރި، މަސްރަހު ގޯސްވެފައި ވަނިކޮށެވެ. މީގެ އިތުރުން، މި ހަފުތާގެ ކުރީކޮޅު ސަރުކާރާއި ހޫޘީންނާ ދެމެދު ބަދަލުކުރި ވަރުގަދަ ހަމަލާތަކުގައި، ތިން ކުޑަކުދިން ހިމެނޭހެން މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް ދެ ފަރާތުގެ ރިޕޯޓްތަކުން ކަށަވަރުކޮށްދެ އެވެ.

Advertisement - worldAdvertisement

ހޫޘީން ފޮނުވާލި ޑްރޯންއެއް ވައްޓާލުމުގެ ތެރޭގައި ތާއިފް ގަވަރުނަރޭޓުން އެކަކު މަރުވެފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ވަނީ ބުނެ އެވެ. ހަމަމިއާއެކު، ސައުދީ އަރަބިއްޔާއިން ތާއިޒް އަދި އަބްސް އަވަށަށް ދިން ހަމަލާތަކުގައި ބަޔަކު މަރުވެފައިވާ ކަމަށް ހޫޘީންނާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އިސްތިރާޖީ ގޮތުން މުހިންމު ބާބު އަލް-މަންދަބް ކަނޑުއޮޅި ހިމެނޭހެން، ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއް ހޫޘީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައި، އީރާނުގެ މަދަދު ލިބޭ އެ ޖަމާއަތަށް ތާއީދުކޮށް އަދި ސައުދީ އަރަބިއްޔާއާ ދެކޮޅަށް އަޑުއުފުލުމަށް ހުކުރު ދުވަހު ވެރިރަށް ސަންޢާގެ މަގުތަކަށް އެތައް ހާސް ބަޔަކު ވަނީ ނުކުމެ އެވެ.

މި ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ބޭނުން ނުވި ނަމަވެސް އެމެރިކާއަށް ވެސް ވަނީ މި މައްސަލައިގެ ތެރެއަށް ވަންނަން މަޖުބޫރުވެފަ އެވެ. ހޫޘީން ހޯދަމުންދާ އަވަސް ކުރިއެރުންތަކާއެކު، ދުނިޔޭގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ބާބު އަލް-މަންދަބް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާވެދާނެތީ، އެމެރިކާގެ އޮފިޝަލުން ވަނީ އޮމާންގެ ވެރިރަށް މަސްގަތުގައި ހުންނަ އެމެރިކާ އެމްބަސީގައި ހޫޘީންގެ މަންދޫބުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށްފަ އެވެ. މި ބައްދަލުވުމުގައި، ސައުދީ އަރަބިއްޔާއާ ގުޅުމެއް ނެތް އުޅަނދުތަކަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ހޫޘީން އެމެރިކާއަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޫޘީންނަށް ސީދާ ހަމަލާ ދިނުމަށް ސައުދީ އަރަބިއްޔާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުން އެދެމުންދިޔަ ނަމަވެސް، އީރާނާއެކު ބޮޑު ހޭދައެއް ހިނގާ ހަނގުރާމައެއް ކުރަމުންދާ މި ދަނޑިވަޅުގައި އިތުރު ފްރަންޓެއް ހުޅުވަން ބޭނުން ނުވާތީ، ވައިޓް ހައުސްއިން މިހާތަނަށް ވަނީ އެ ކަމަށް ފަސްޖެހިފަ އެވެ.

މި ދަނޑިވަޅުގައި، ރަތް ކަނޑުގެ މަސްރަހު ގޯސްވަމުންދާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ވިލާތުގެ އިއްތިހާދުގެ (އީޔޫ) ކަނޑުގެ ސިފައިންގެ މިޝަން "އޮޕަރޭޝަން 'އޭސްޕީޑީސް' ގެ އެލާޓް ލެވެލް ނުވަތަ ތައްޔާރީ ހާލަތު މަތިކޮށްފައިވާ ކަމަށް އެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ ވެރިޔާ ކާޔާ ކައްލާސް ހުކުރު ދުވަހު ވިދާޅުވި އެވެ. "ސައުދީ އަރަބިއްޔާއަށް ހޫޘީން ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން، އަދި، މިއީ ދުނިޔޭގެ އިގްތިސާދަށް ދޭ ގެއްލުމެއް،" ކައްލާސް ވިދާޅުވި އެވެ.

މީގެ އިތުރުން، ޔަމަނުގެ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ސިޔާސީ މަސައްކަތްތަކާ ބެހޭގޮތުންނާއި، ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން އަލުން ގާއިމުކުރުމާ ގުޅޭގޮތުން ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އަލް ސައޫދާ ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ވެސް ކައްލާސް ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

ޔަމަންއެމެރިކާ-ސައުދީ އަރަބިއްޔާހޫޡީންބާބުލް މަންދަބުއީރާންޑޮނަލްޑް ޓްރަމްޕް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
18 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި

18 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި
18 ސެޕްޓެމްބަރު 2026

ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ

18 ސެޕްޓެމްބަރު 2026
ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ
18 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

18 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
18 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި
17 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި
17 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން

17 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން
17 ސެޕްޓެމްބަރު 2026

އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް