Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުސްލިމުންނަށް ފުރައްސާރަކުރުން

އިޓަލީވިލާތުގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު މަނާކޮށް، ބޭރު ދަރިވަރުންގެ އަދަދު މަދުކުރަނީ

21 ސެޕްޓެމްބަރު 2026 | ހޯމަ 05:11

އިޓަލީގެ މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު އެޅުން މަނާކޮށް، ކްލާސްތަކުގައި ބޭރު ދަރިވަރުން ތިބެވޭނެ ވަކި އަދަދެއް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ތައްޔާރުވަމުން. މީގެ އިތުރުން، އިޓަލީ ބަހަށް ނުފަރިތަ ދަރިވަރުންގެ ބެލެނިވެރިން އެ ބަސް ދަސްކުރުން ލާޒިމުކުރުމަށް ނިންމާފައިވާއިރު، މިއީ ގައުމީ ވަންތަކަން ދެމެހެއްޓުމަށް އަޅާ ފިޔަވަޅެއް ކަމަށް ބޮޑުވަޒީރު މެލޯނީ ވިދާޅުވި

ނިއުސް ޓީމް
ނިއުސް ޓީމް | 21 ސެޕްޓެމްބަރު 2026 | ހޯމަ 05:11
ވިލާތުގެ ގައުމެއްގެ މަގެއްގެ މަތިން ބުރުގާ އަޅައިގެން ތިބި ދެ އަންހެނަކު ހިނގާފައި ދަނީ

ވިލާތުގެ ގައުމެއްގެ މަގެއްގެ މަތިން ބުރުގާ އަޅައިގެން ތިބި ދެ އަންހެނަކު ހިނގާފައި ދަނީ | ރޮއިޓާސް

އިޓަލީވިލާތުގެ މަދަރުސާތަކުގައި ތައުލީމު ހާސިލުކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަދަދަށް ގާނޫނީ ލިމިޓެއް ކަނޑައެޅުމަށާއި، އެ ތަންތަނުގައި ބުރުގާއާއި ހިޖާބު އެޅުން މަނާކުރުމަށް ފިޔަވަޅުތަކެއް އެކުލަވައިލަމުން ގެންދާ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ޖޯޖިޔާ މެލޯނީ ހާމަކުރައްވައިފި އެވެ.

މެލޯނީ ނިސްބަތްވެވަޑައިގަންނަވާ 'ބްރަދާސް އޮފް އިޓަލީ' (އެފްޑީއައި) ޕާޓީގެ ޒުވާނުންގެ ގޮފިން އިންތިޒާމުކުރި ގައުމީ ފެސްޓިވަލް، 'ފީނިކްސް' ގައި ވާހަކަފުޅު ދައްކަވަމުން މެލޯނީ ވިދާޅުވީ، "ކްލާސްރޫމްތަކުގައި ތިބޭ އިޓަލީގެ ދަރިވަރުންނަށް އެ ކުދިންނަކީ މައިނޯރިޓީއޭ ހިތަށް އެރުމުގެ ފުރުސަތު އޮވެގެން ނުވާނެ" ކަމަށެވެ. އަދި، "އިޓަލީގެ ކްލާސްރޫމެއްގައި، އިޓަލީގެ ކުދިން އެއީ މައިނޯރިޓީއަށްވެ، އެ ކުދިން ދަށްކޮށްލެވުމަކީ އެއްވެސް ހާލެއްގައި ހިތަށް ގެނެވޭނެ މަންޒަރެއް ނޫން. އެކަމެއް ނުކުރެވޭނެ،" މެލޯނީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

މަދަރުސާތަކުގައި ބުރުގާއާއި ހިޖާބު އެޅުން ސަރުކާރުން މަނާކުރާނެ ކަމަށް މެލޯނީ ވަނީ ވިދާޅުވެފަ އެވެ. އަދި، މަދަރުސާގެ ނިޒާމުގެ ތެރެއަށް ހޭނުމުގައި ދަތިތައް ކުރިމަތިވާ ބޭރުގެ ދަރިވަރުންގެ ބެލެނިވެރިން، އިޓަލީވިލާތުގެ ބަސް ދަސްކުރުން ލާޒިމުކުރެވޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. މި ފިޔަވަޅުތައް ވަރަށް އަވަހަށް ވަޒީރުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ވެސް މެލޯނީ ވިދާޅުވި އެވެ.

އާންމު ތަންތަނުގައި މޫނު ނިވާވާ ގޮތަށް ބުރުގާއެޅުން  މަނާކުރުމަށް، އިޓަލީ ވިލާތުގެ ކަނާތުފިޔައިގެ ޕޮޕިއުލިސްޓް 'ލެގާ' ޕާޓީން ހުސްވި އަހަރު ވަނީ ހުށަހަޅައިފަ އެވެ.

މެންބަރު ގައުމުތަކުގެ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ބޮލުގައި އަޅާ ފޮތިގަނޑު (ހެޑްސްކާފް) ފަދަ ދީނީ ރަމްޒުތައް ބޭނުންކުރުން މަނާކުރުމުގެ އިހުތިޔާރު އެ އިދާރާތަކަށް ލިބިގެންވާ ކަމަށް، ވިލާތުގެ އިއްތިހާދުގެ (އީޔޫ) އެންމެ މަތީ ކޯޓުން 2023 ވަނަ އަހަރު ވަނީ ނިންމާފަ އެވެ. ކޯޓް އޮފް ޖަސްޓިސް އޮފް ދި ޔޫރަޕިއަން ޔޫނިއަންއިން (ސީޖޭއީޔޫ) ބުނީ، ވަކި ފަރާތަކަށް ނުޖެހޭ އިދާރީ މާހައުލެއް ގާއިމުކުރުމަށް އަމާޒުކޮށް ހިންގާ ހަރުދަނާ އުސޫލުތަކަކީ، ސައްހަ މަގުސަދެއްގެ މައްޗަށް ބިނާވެގެންވާ އަދި އިންސާފުވެރި ނިންމުމެއް ކަމުގައި ބެލެވިދާނެ ކަމަށެވެ.

މީގެ އިތުރުން، ދީނީ ގޮތުން ފާޅުވާ ރަމްޒުތައް ބޭނުންކުރުމުގެ ހުއްދަ، ވަކި ތަފާތުކުރުމެއް ނެތި އާންމު އުސޫލަކުން ދިނުމަށް ދައުލަތުގެ އެހެން އިދާރާއަކުން ނިންމި ނަމަވެސް، އެ ނިންމުމަކީ ވެސް އިންސާފުވެރި ނިންމުމެއް ކަމަށް އެ ކޯޓުން ވަނީ ބަޔާންކޮށްފަ އެވެ.

ދައުލަތުގެ ޚިދުމަތްތައް ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް ބައްޓަންކުރުމުގައި މެންބަރު ގައުމުތަކުގެ އިދާރާތަކަށް އިޚުތިޔާރީ ދާއިރާއެއް ލިބިގެންވާ ކަމަށް ކޯޓުން ފާހަގަކުރި އެވެ. ނަމަވެސް، މި އަމާޒަށް ވާސިލުވާންވާނީ އެއްގޮތް އަދި ނިޒާމީ އުސޫލަކުން ކަމަށާއި، އަޅާ ފިޔަވަޅުތައް ވާންވާނީ ކޮންމެހެން އަޅަންޖެހޭ މިންވަރަށް ހަނިކުރެވިފައިވާ ފިޔަވަޅުތަކަކަށް ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.

މަސްދަރު: ޓީއާރްޓީ ވަރލްޑް

އިޓަލީޖިއޯޖިއާ މެލޯނީހިޖާބުޔޫރަޕިއަން ޔޫނިއަން

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
01 ސެޕްޓެމްބަރު 2026

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި

01 ސެޕްޓެމްބަރު 2026
އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ގެތަކެއް ތަޅާލައިފި
30 އޯގަސްޓު 2026

އީޔޫއާ އަލުން ގުޅުމުގެ މަޝްވަރާތައް ފެށުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި އައިސްލެންޑުގެ ރައްޔިތުން ބުނީ "ނޫނެކޭ"

30 އޯގަސްޓު 2026
އީޔޫއާ އަލުން ގުޅުމުގެ މަޝްވަރާތައް ފެށުމާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި އައިސްލެންޑުގެ ރައްޔިތުން ބުނީ "ނޫނެކޭ"
28 އޯގަސްޓު 2026

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

28 އޯގަސްޓު 2026
ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟
22 އޯގަސްޓު 2026

އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި

22 އޯގަސްޓު 2026
އީރާންއާ ދެކޮޅަށް އީޔޫ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިނުވާން ޖޯޖިއާ އިން ނިންމައިފި
03 އޯގަސްޓު 2026

ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކުރައްވައިފި

03 އޯގަސްޓު 2026
ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް  ދިޔާނާ ޢައްޔަންކުރައްވައިފި
31 ޖުލައި 2026

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ

31 ޖުލައި 2026
އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ފްރެންކޯ ބަރޭސީ މަރުވެއްޖެ
29 ޖުލައި 2026

ބެލްޖިއަމް އާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި

29 ޖުލައި 2026
ބެލްޖިއަމް އާއި އީޔޫއަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ އައްޔަނުކުރަން މަޖިލީހުން ރުހުން ދީފި
24 ޖުލައި 2026

ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ

24 ޖުލައި 2026
ސެޓެލައިޓް މެދުވެރިކޮށް ނަގާ ގަލްފް ސަރަހައްދުގެ ފޮޓޯތައް އާންމުކުރުން ފަސްކޮށްދިނުމަށް އެމެރިކާއިން އެދިފައިވާ އެދުމަށް އީޔޫ އިން އެއްބަސްވެއްޖެ
21 ޖުލައި 2026

އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ

21 ޖުލައި 2026
އިޓަލީގެ ބޮލޯނިއާގައި ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މޮރޮކޯއަށް އުފަން މީހަކު މަރުވި މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ކުރި މުޒާހަރާ ހޫނުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް