Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައޫދީ އަރަބިއްޔާ-ހޫޘީންގެ ކުރިމަތިލުން

ހޫޘީން ސައުދީއަށާއި ކަނޑު އުޅަނދުފަހަރަށް ދޭ ހަމަލާތައް އދގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:48

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާއަށާއި ރަތް ކަނޑުގެ އުޅަނދުފަހަރަށް ދޭ ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށް، އެ ގައުމުގެ އިންސާނީ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފި. މި މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ގޮވާލައި، ހައްޔަރުކޮށްފައިވާ އދ. ގެ މުވައްޒަފުން މިނިވަންކުރުމަށާއި ހޫޘީންނަށް ހަތިޔާރު ލިބޭ މަގުތައް ބަންދުކުރުމަށް ވެސް އެ މަޖިލީހުން ވަނީ ބާރުއަޅާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 04:48

ޔަމަނުގެ ހޫޘީން ދިންކަމަށް ބުނާ ހަމަލާއެއްގައި އިމާރާތެއްގައި ރޯވި އަލިފާންގަނޑު ނިއްވައިލަން އަލިފާން ނިއްވާ ޓީމުތަކުން މަސައްކަތް ކުރަނީ | އެކްސް

ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ސައުދީ އަރަބިއްޔާގެ އާންމުންނަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް، އދ. ގެ ސަލާމަތީ މަޖިލީހުން ކުށްވެރިކޮށްފަ އެވެ. އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އާންމުންގެ އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް އެ މަޖިލީހުން ވަނީ ގޮވާލާފަ އެވެ.

މިދިޔަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު ނެރުނު ބަޔާނުގައި ވެސް ހޫޘީން ސައުދީ އަރަބިއްޔާއަށް ދޭ މިސައިލް ހަމަލާތަކާއި ވިޔަފާރި އުޅަނދުފަހަރަށް ދޭ ހަމަލާތައް ކުށްވެރިކޮށްފައިވާނެ ކަން މެންބަރުން ފާހަގަކުރެއްވި އެވެ. އަދި ރަތް ކަނޑާއި ބާބު އަލް-މަންދަބު ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދޭ ހަމަލާތަކާއި ކުރިމަތިކުރާ ބިރުދެއްކުންތައް ތަކުރާރުކޮށް ކުށްވެރިކުރައްވަމުން، އުޅަނދުފަހަރާއި އޭގެ ފަޅުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މެންބަރުން ބާރުއެޅުއްވި އެވެ.

Advertisement - worldAdvertisement

ހޫޘީން ކުރިއަށްގެންދާ "އަސްކަރީ ހަރަކާތްތައް ވަގުތުން ހުއްޓާލުމަށާއި" އާންމުންނަށާއި އާންމު ތަންތަނަށް ގެއްލުންވާ ގޮތަށް ދޭ ހަމަލާތައް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ގޮވާލި އެވެ. ހަމަމިއާއެކު، މަޖިލީހުގެ މެންބަރުން ވަނީ ސައުދީ އަރަބިއްޔާއާއެކު ސާބިތުކަމާއެކު ތިބިކަން ހާމަކުރައްވައި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އަމިއްލަ ނަފްސުގެ ދިފާއުގައި ފިޔަވަޅު އެޅުމުގެ ހައްގު އެ ގައުމަށް ލިބިގެންވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

އދ. ގެ އޮފީސް ފޯ ދި ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒްއާ (އޯސީއެޗްއޭ) ހަވާލާދީ މަޖިލީހުގެ މެންބަރުން ވިދާޅުވީ، ސެޕްޓެންބަރު މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގެ 125،000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށެވެ. އަދި، އާންމުން މަރުވެ އަނިޔާވަމުންދާ ރިޕޯޓްތަކާ މެދު ކަންބޮޑުވާކަން ހާމަކުރައްވައި، ހަމަލާތައް އިތުރަށް ވަރުގަދަވެއްޖެ ނަމަ އެ ގައުމުގެ އިންސާނީ ހާލަތު މިހާރަށްވުރެ ބޮޑަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު މެންބަރުން ދެއްވި އެވެ.

އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން

އދގެ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ބައްދަލުވުމެއްގެ ތެރެއިން | އަނަދޮލޫ

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނެތި، ރައްކާތެރިކަމާއެކު އަވަހަށް އެހީ ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް މެންބަރުން ގޮވާލެއްވި އެވެ. މީގެ އިތުރުން، ހައްޔަރުކޮށްފައިވާ އދ. ގެ 73 މުވައްޒަފުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ މުވައްޒަފުން އެއްވެސް ޝަރުތަކާ ނުލައި މިނިވަންކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ. އަދި، ހޫޘީންނަށް ހަތިޔާރާއި، ފަންނީ އެހީތެރިކަމާއި، ތަމްރީނާއި އަސްކަރީ ހަރަކާތްތަކަށް ބޭނުންވާ ފައިސާ ލިބުން ހުއްޓުވުމަށް ޓަކައި ޔަމަނުގެ ސަރުކާރާއެކު އަމަލީ ގޮތުން އެއްބާރުލުން ދިނުމަށް ސަލާމަތީ މަޖިލީހުން ގޮވާލުމުގެ އިތުރުން، ހަތިޔާރު އެތެރެކުރުން މަނާކޮށްފައިވާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުރިހާ މެންބަރު ގައުމުތަކަށް ވަނީ ހަނދާންކޮށްދީފަ އެވެ.

ޔަމަނުގެ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، އިސްތިގުލާލު ދެމެހެއްޓުމަށް މަޖިލީހުން ކުރާ ތާއީދު އާކުރައްވަމުން، ދެމެހެއްޓެނިވި ސުލްހައަކީ "ބާރުގެ ބޭނުންކޮށްގެން ނުވަތަ ބިރުދައްކައިގެން ހާސިލްކުރެވޭނެ އެއްޗެއް ނޫން" ކަމަށް މެންބަރުން ވިދާޅުވި އެވެ. އަދި، ޔަމަނުގެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް އދ. ގެ ހާއްސަ މަންދޫބު ހާންސް ގްރުންޑްބާގް ކުރައްވާ މަސައްކަތްތަކަށް ތާއީދުކުރައްވައި، ހުރިހާ ފަރާތްތަކުން ވެސް އދ. ގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް މެންބަރުން އިލްތިމާސްކުރެއްވި އެވެ.

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ފާއިތުވި ދުވަސްތަކުގައި ހޫޘީން ވަނީ ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. އަދި، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގެ ސަރުކާރު ފައުޖުތަކާއި ހޫޘީންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ. މި ކުރިމަތިލުންތައް އަލުން ފެށިފައި މި ވަނީ، އޭޕްރިލް 2022 ގައި އދ. މެދުވެރިވެގެން ގާއިމުކުރި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ގައުމަށް ލިބިފައިވާ އަމާން ދުވަސްތަކަކަށް ފަހުގަ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޔަމަންހޫޡީންއެމެރިކާ-ސައުދީ އަރަބިއްޔާސައިބަރ ސެކިއުރިޓީ ކައުންސިލްބާބުލް މަންދަބުހޭންސް ގްރަންޑްބާގް

އެންމެ ހިނގާ

1

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

2

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

3

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ސިވިލް ސަރވިސްގެ 20 އަހަރުވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމުމަށްފަހު ތިން ގަޑިއިރު ތެރޭގައި އެ ނިންމުން ބަދަލުކޮށްފި

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި

18 ސެޕްޓެމްބަރު 2026
މައްކާއާއި މަދީނާއަށް ހަމަލާ ނުދޭ ކަމަށް ހޫޘީން ބުނެފައިވަނިކޮށް، ހޫޘީން ހަމަލާދިން ކަމަށް ރާއްޖެ އިން ނިންމައި ޚުތުބާގައި އެވާހަކަ ހިމަނައިފި
18 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި
18 ސެޕްޓެމްބަރު 2026

އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ

18 ސެޕްޓެމްބަރު 2026
އީޔޫގެ މިޝަނަށް އިންތިޒާރު ނުކޮށް އިޓަލީވިލާތުން ބާބުލް މަންދަބަށް މަނަވަރުތައް ފޮނުވަނީ
17 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި
17 ސެޕްޓެމްބަރު 2026

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026
ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
16 ސެޕްޓެމްބަރު 2026

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
15 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟

15 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް