Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެޔާގެ މިސައިލް ޕްރޮގްރާމް

އުތުރު ކޮރެޔާއިން އާ ވައްތަރެއްގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

22 ސެޕްޓެމްބަރު 2026 | އަންގާރަ 07:04

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުންގެ ހާޒިރުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އާ ވައްތަރެއްގެ ހަތިޔާރެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާކަން އެ ގައުމުން ހާމަކޮށްފި. މި ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަދި ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ދެކުނު ކޮރެޔާ އާއި ޖަޕާނުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި. ނަމަވެސް، އުތުރު ކޮރެޔާއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ދާއިމީކޮށް އޮންނާނެ ކަމަށާއި، އެ ނިންމުން ބަދަލުނުކުރެވޭނެ ކަމަށް އެ ގައުމުގެ ލީޑަޝިޕުން ތަކުރާރުކޮށް ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 07:04
އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އޭނާގެ އަންހެން ދަރިފުޅާއެކު ބެލިސްޓިކް މިސަލެއް ޓެސްޓުކުރާތަން ބަލައިލަނީ

އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން އޭނާގެ އަންހެން ދަރިފުޅާއެކު ބެލިސްޓިކް މިސަލެއް ޓެސްޓުކުރާތަން ބަލައިލަނީ | ރޮއިޓާސް

އުތުރު ކޮރެޔާގެ އަސްކަރީ ޓެކްނޮލޮޖީ ކުރިއަރަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައި، "އާ ވައްތަރެއްގެ ހަތިޔާރު" ނިޒާމެއްގެ ޓެސްޓް އެ ގައުމުގެ ލީޑަރު ކިމް ޖޮންގ އުން ބަލާލާފައިވާ ކަމަށް، ދައުލަތުގެ މީޑިއާއިން އަންގާރަ ދުވަހު ރިޕޯޓްކޮށްފި އެވެ. މި އިއުލާން އައިސްފައި މި ވަނީ، ޕިޔޮންގޔަންގއިން އެ ގައުމުގެ އިރުމަތީ އައްސޭރިފަށުގެ ކަނޑުގެ ސަރަހައްދަށް ކުރު-ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެޔާ އަދި ޖަޕާނުން ހާމަކުރިތާ ދެ ދުވަސް ފަހުންނެވެ. މި މިސައިލް ޓެސްޓުތަކަކީ ސަރަހައްދީ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ އެ ދެ ގައުމުން ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ. އުތުރު ކޮރެޔާއިން ވަނީ އެ ގައުމަކީ ނިއުކްލިއާ ހަތިޔާރު އޮތް ބާރެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅާފަ އެވެ. އަދި، އެ ގައުމުގެ އެޓޮމިކް ހަތިޔާރުގެ ޚަޒާނާއަކީ ދާއިމީ އަދި ބަދަލުނުކުރެވޭނެ އެއްޗެއް ކަމަށް އެ ގައުމުގެ ލީޑަޝިޕުން ތަކުރާރުކޮށް ވަނީ ހާމަކޮށްފަ އެވެ.

ނިއުކްލިއާ ބާރެއްގެ ގޮތުގައި ދައުވާކުރާ އުތުރު ކޮރެޔާގެ މިސައިލް ބިއުރޯއިން، އާދީއްތަ ދުވަހު ލީޑަރު ކިމް ޖޮންގ އުންގެ ހާޒިރުގައި "އާ ވައްތަރެއްގެ ހަތިޔާރެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފައިވާ" ކަމަށް ޕިޔޮންގޔަންގގެ ރަސްމީ ކޮރިއަން ސެންޓްރަލް ނޫސް އޭޖެންސީއިން (ކޭސީއެންއޭ) ވަނީ ބުނެފަ އެވެ. މި ހަތިޔާރުގެ ނިޒާމާ ބެހޭ އެއްވެސް ތަފުސީލެއް ޕިޔޮންގޔަންގއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، މި މިސައިލަކީ "ޝައްކެއްވެސްނެތް ގޮތުގައި އެންމެ ޒަމާނީ ދިފާއީ ޓެކްނޮލޮޖީގެ ފުރިހަމަ ދެއްކުމެއް" ކަމަށް ބުނެ ކިމް މި ކަމަށް ތައުރީފު ކޮށްފައިވާ ކަމަށް ކޭސީއެންއޭން ރިޕޯޓުކުރެ އެވެ. މި ކުރިއެރުންތަކުގެ ސަބަބުން ދުޝްމަނުންނަށް "ފަސޭހަނުވާނެ ބޮލު ރިހުމަކާއި ވަރަށް އަނިޔާވެރި އަދި ސަލާމަތްނުވެވޭނެ ހަމަލާއެއް" ލިބިގެންދާނެ ކަމަށް އުތުރު ކޮރެޔާގެ ލީޑަރު ވަނީ އިންޒާރުދީފަ އެވެ.

Advertisement - worldAdvertisement

އާދީއްތަ ދުވަހުގެ މިސައިލް ޓެސްޓުކޮށްފައި ވަނީ، އިރުމަތީ ކަނޑަށް އަމާޒުކޮށް ކުރު-ރާސްތާގެ  ބެލިސްޓިކް މިސައިލްތަކެއް އުތުރު ކޮރެޔާއިން ފޮނުވާލިތާ އަށް ދުވަސް ފަހުންނެވެ. ފަހުން އެ ގައުމުން ބުނީ، އެއީ ގުޅިފައިވާ ބާރުގެ އަސްކަރީ ތަމްރީނެއްގެ ބައެއް ކަމަށެވެ. ދުރު-ރާސްތާގެ ބަޑިއާއި މިސައިލް ހިމެނޭ އެ ތަމްރީނުތަކުގައި، ހަތިޔާރުތައް "ސައްތައިން ސައްތަ ޔަގީންކަމާއެކު އަމާޒަށް ވާސިލުވެފައިވާ" ކަމަށް ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަންގާރަ ދުވަހުގެ ކޭސީއެންއޭ ރިޕޯޓުގައި ކިމް ވަނީ އާދީއްތަ ދުވަހުގެ ޓެސްޓަކީ ގައުމުގެ އަސްކަރީ ތައްޔާރީތަކާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށްފަ އެވެ. މި ގޮތުން، "މި ފަދަ ޓެކްނޮލޮޖީއެއް ހާސިލުކުރުމަކީ ދައުލަތުގެ ހަނގުރާމައިގެ ތައްޔާރީތަކަށާއި ސިފައިންގެ މުސްތަގުބަލުގެ ތަރައްގީއަށް ނުހަނު މުހިންމު ކަމެއް" ކަމަށް ކިމް ބުންޏެވެ.

މި މިސައިލް ޓެސްޓުތަކަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ބުނެ ސޯލްއިން ވަނީ މި ކަން ކުށްވެރިކޮށްފަ އެވެ. އަދި، ބެލިސްޓިކް މިސައިލާ ގުޅޭ އެންމެހައި ހަރަކާތްތައް ވަގުތުން ހުއްޓާލުމަށް ޕިޔޮންގޔަންގއަށް ގޮވާލާފަ އެވެ. ހަމަމިއާއެކު، މި ޓެސްޓުތަކާ ގުޅިގެން ޖަޕާނުން ވަނީ އުތުރު ކޮރެޔާއަށް ފާޑުކިޔާފަ އެވެ. އަދި، އެއީ ސަރަހައްދީ ސުލްހައާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ޖަޕާނުން ވަނީ ސިފަކޮށްފަ އެވެ.

އުތުރު ކޮރެޔާގެ ނިއުކްލިއާ ހަރަކާތްތައް ހުއްޓާލުމަށް ގޮވާލައި އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީއިން (އައިއޭއީއޭ) ފާސްކުރި ގަރާރަށް، މިދިޔަ ހަފުތާގައި ޕިޔޮންގޔަންގއިން ވަނީ އިންކާރުކޮށްފަ އެވެ. ނިއުކްލިއާ ހަތިޔާރުގެ ހައިސިއްޔަތަކީ ގައުމުގެ ގާނޫނުތަކުން "ބަދަލުނުކުރެވޭނެހެން އަދި ދާއިމީ ގޮތެއްގައި ކަނޑައެޅިފައިވާ" ކަމެއް ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އައިއޭއީއޭގެ ގަރާރަކީ "ނިއުކްލިއާ ހަތިޔާރު އޮތް ދައުލަތެއްގެ ގޮތުގައި ޑީޕީއާރްކޭގެ މަގާމަށް އެއްވެސް އަސަރެއް ނުކުރާނެ" އެއްޗެއް ކަމަށް އުތުރު ކޮރެޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވެސް ބުންޏެވެ. މީގެއިތުރުން، އެ ގައުމުގެ ނިއުކްލިއާ ދަރަޖައަކީ "މުތުލަގު" އެއްޗެއް ކަމަށް، އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުންގެ ނުފޫޒުގަދަ ކޮއްކޮ ކިމް ޔޯ ޖޮންގ ދާދިފަހުން ވަނީ ބުނެފަ އެވެ. އަދި، އެ ގައުމު ނިއުކްލިއާ ހަތިޔާރުން އެއްކިބާވާނެ ކަމަށް އުންމީދުކުރާ ފަރާތްތަކަކީ "މޮޔައިން" ގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ.

މަސްދަރު: ސީއެންއޭ

އުތުރު ކޮރެއާކިމް ޖޮންގ އަންދެކުނު ކޮރެއާޖަޕާންބެލިސްޓިކް މިސައިލްނިއުކްލިއަރ ހަތިޔާރު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން

22 ސެޕްޓެމްބަރު 2026
ދެކުނު ކޮރެޔާގެ ރައީސް ގޮވާލެއްވީ އުތުރު ކޮރެޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށްދޭން
22 ސެޕްޓެމްބަރު 2026

ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް

22 ސެޕްޓެމްބަރު 2026
ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި 2 މީހުން މަރުވެ، 1.6 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް
20 ސެޕްޓެމްބަރު 2026

އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!

20 ސެޕްޓެމްބަރު 2026
އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ފޮނުވާލުމާއެކު ދެކުނު ކޮރެޔާއާއި ޖަޕާން އެލާޓަށް!
19 ސެޕްޓެމްބަރު 2026

ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން

19 ސެޕްޓެމްބަރު 2026
ޔޫކްރެއިނުން ދަނީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސްއަޅައި އިންތިޚާބަށް ނުފޫޒު ފޯރުވަމުން: ޕުޓިން
16 ސެޕްޓެމްބަރު 2026

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައިފި

16 ސެޕްޓެމްބަރު 2026
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައިފި
15 ސެޕްޓެމްބަރު 2026

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ އާބާދީ ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް

15 ސެޕްޓެމްބަރު 2026
ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ އާބާދީ ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް
12 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!

12 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!
10 ސެޕްޓެމްބަރު 2026

ޔުރޭނިއަމް މުއްސަނދިކުރަން އުތުރު ކޮރެއާއިން އާ މަރުކަޒުތަކެއް ބިނާކޮށްފި

10 ސެޕްޓެމްބަރު 2026
ޔުރޭނިއަމް މުއްސަނދިކުރަން އުތުރު ކޮރެއާއިން އާ މަރުކަޒުތަކެއް ބިނާކޮށްފި
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

ރަޝިއާއާއި އުތުރު ކޮރެއާ ބުރިޖަކުން ގުޅާލައިފި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާވާނެ!

08 ސެޕްޓެމްބަރު 2026
ރަޝިއާއާއި އުތުރު ކޮރެއާ ބުރިޖަކުން ގުޅާލައިފި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާވާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް