Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާންގެ އުމުރުން ދުވަސްވީ އާބާދީ

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ އާބާދީ ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް

15 ސެޕްޓެމްބަރު 2026 | އަންގާރަ 08:38

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް އަރައި އާ ރެކޯޑެއް ގާއިމުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުން. ދިގު އުމުރުގެ މީހުން ގިނަވުމަކީ އެ ގައުމުގެ ސިއްހީ ނިޒާމާއި ކާނާގެ ފެންވަރު ރަނގަޅުވުމުގެ ނަތީޖާ ނަމަވެސް، މަސައްކަތްކުރާ އުމުރުގެ މީހުން މަދުވެ އިގްތިސާދީ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 15 ސެޕްޓެމްބަރު 2026 | އަންގާރަ 08:38
ޖަޕާނުގެ އޮސާކާގައި އުމުރުން ދުވަސްވީ ބަޔަކު ގިނަ އަދަދެއްގެ ފިހާރަތަކެއް ހުރި މަގެއްގައި ވިޔަފާރި ކުރަނީ

ޖަޕާނުގެ އޮސާކާގައި އުމުރުން ދުވަސްވީ ބަޔަކު ގިނަ އަދަދެއްގެ ފިހާރަތަކެއް ހުރި މަގެއްގައި ވިޔަފާރި ކުރަނީ | ގެޓީ އިމޭޖަސް

ފާއިތުވި އަހަރުތަކުގެ ތެރޭގައި ޖަޕާނުގެ އާބާދީ ދަށަށް ދިއުމުގެ މައްސަލަ ބޮޑުވެފައިވީ ނަމަވެސް، އެ ގައުމުގެ ވަކި އުމުރުފުރައެއްގެ މީހުންގެ އަދަދު އަންނަނީ ރެކޯޑް މިންވަރަކަށް އިތުރުވަމުންނެވެ. މި ގޮތުން، ދިގު އުމުރުގެ މީހުން ގިނަ ގައުމެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޖަޕާނުގައި، އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް 100,000 އަށްވުރެ މައްޗަށް އަރައި، މިހާރު ވަނީ އާ ރެކޯޑެއް ގާއިމުވެފަ އެވެ.

ސެޕްޓެންބަރު މަހުގެ ނިޔަލަށް އެ ގައުމުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު 107,677 އަށް އަރާފައިވާ ކަމަށް، ޖަޕާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ، ޖެހިޖެހިގެން މި އަދަދު އިތުރުވި 56 ވަނަ އަހަރު ކަމަށްވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެއް ކަމަށް އެ ވުޒާރާއިން ބުނެ އެވެ. މީގެ އިތުރުން، މި އުމުރުފުރައިގެ ބޮޑު ބަޔަކީ އަންހެނުން ކަމަށާއި، ޖުމްލަ އާބާދީގެ 88 އިންސައްތަ ނުވަތަ 94,298 މީހުންނަކީ އަންހެނުން ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

Advertisement - worldAdvertisement

މިހާ ގިނަ އަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ދުޅަހެޔޮކަމާއި ހަރަކާތްތެރިކަންމަތީ ތިބުމަކީ އުފާކުރައްވާ ކަމެއް ކަމަށް، މި ތަފާސްހިސާބުތަކާ ގުޅިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ސިއްހަތާ ބެހޭ ވަޒީރު ކެނިޗީރޯ އުއެނޯ ވިދާޅުވި އެވެ. ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ޖަޕާނު މީހުންގެ އެވްރެޖް އުމުރަކީ 84 އަހަރެވެ. މިއާއެކު، ދުނިޔޭގައި އެންމެ އުމުރު ދިގު މީހުން އުޅޭ ގައުމުތަކުގެ ތެރޭގައި ޖަޕާނު ހިމެނިފައިވާއިރު، އެމެރިކާގައި މީހުންގެ އެވްރެޖް އުމުރަކީ 79 އަހަރު ކަމަށް އެ ހިސާބުތަކުން ފާހަގަކުރެ އެވެ.

ޖަޕާނުގެ ރައްޔިތުންގެ އުމުރު ދިގުވުމުގެ ސިއްރަކީ އެ ގައުމުގެ ސިއްހީ ނިޒާމުގެ ފެންވަރު ރަނގަޅުވުމާއި، ބޭނުންކުރާ ކާނާގެ ބާވަތްތައް ދުޅަހެޔޮވުން ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި، ޖަޕާނުގެ ސިޓީތަކުގައި މަސައްކަތުގެ ވަގުތު އިންތިހާއަށް ގިނަ ނަމަވެސް، ދިރިއުޅުމުގައި އުފާވެރިކަމާއި މާނައެއް ހޯދުމަށް ބާރުއަޅާ 'އިކިގާއީ' ފަލްސަފާއަށް ބައެއް މީހުން އަމަލުކުރެ އެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ ދުވަސްވީ ބައެއް މީހުން މިހާރު ދިރިއުޅެނީ ވެސް ޖަޕާނުގަ އެވެ. ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އޭގެ ތެރޭގައި ކިޔޯޓޯއަށް ނިސްބަތްވާ އުމުރުން 114 އަހަރުގެ ފުޔޯ ކިޝިމޮޓޯއާއި، ކުމޮމޮޓޯއަށް ނިސްބަތްވާ އުމުރުން 112 އަހަރުގެ ހިކިރޫ ކާޓޯ ހިމެނެ އެވެ.

އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުގެ ސަބަބުން، ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޖަޕާނަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ވެސް ކުރިމަތިވެފަ އެވެ. މި ގޮތުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ހަރަދު ބޮޑުވުމާއި، މަސައްކަތްކުރާ އުމުރުގެ މީހުންގެ އަދަދު މަދުވުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި، މީހުން ދިރިއުޅޭ އުމުރު ދިގުވި ނަމަވެސް، ކުދިން އުފަންވާ މިންވަރު ރެކޯޑް މިންވަރަކަށް ދަށަށް ދިއުމުގެ ސަބަބުން، ޖަޕާނުގެ 123 މިލިއަން މީހުންގެ އާބާދީ ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ފާއިތުވި އަހަރުތަކުގައި ޖަޕާނުން ވަނީ ބޭރުގެ ހުނަރުވެރި މަސައްކަތްތެރިންނަށް އެ ގައުމަށް ހިޖުރަކުރުމުގެ ފުރުސަތުތައް ހުޅުވާލާފަ އެވެ. ނަމަވެސް، ބޭރު މީހުންނާ މެދު އާންމުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ، ސަރުކާރުން މިހާރު ވަނީ ވިސާ ދޫކުރުމުގެ އުސޫލުތައް ކުރިއަށްވުރެ ހަރުކަށިކޮށްފަ އެވެ.

މަސްދަރު: ސީއެންއެން

ޖަޕާންކިޔޯޓޯ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

4

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

5

"ސުޕަރޖަމްބޯ" ގެ ނަމުން މަޝްހޫރުވެފައިވާ ބިޔަ އޭ380 މަތިންދާބޯޓުތަކުގެ ޒަމާން ނިމުމަކަށް އަންނަނީބާ؟

އިތުރަށް ކިޔާލަން

04 ސެޕްޓެމްބަރު 2026

ޖަޕާނުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ، އޭނާ ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރުތައް ހިއްސާކޮށްފައި

04 ސެޕްޓެމްބަރު 2026
ޖަޕާނުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ، އޭނާ ވަނީ އޭނާގެ ދިގު އުމުރުގެ ސިއްރުތައް ހިއްސާކޮށްފައި
26 އޯގަސްޓު 2026

ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ

26 އޯގަސްޓު 2026
ރަސްމީ ގެކޮޅުގައި އުޅޭ ކުރަތްޕެއް ނައްތާލުމުން އެކަނިވެރިކަން އިހުސާސްވިކަމަށް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވެއްޖެ
21 އޯގަސްޓު 2026

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި

21 އޯގަސްޓު 2026
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
13 އޯގަސްޓު 2026

މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި

13 އޯގަސްޓު 2026
މެކްސިކޯގެ ފިރިހެނަކު އިސްޓާކީނުގައި ފޮރުވައިގެން 200 ބޮނޑު ޖަޕާނަށް ވަގަށް އެތެރެކުރަން އުޅެފި
28 ޖުލައި 2026

ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި

28 ޖުލައި 2026
ޖަޕާނުގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ބަޔަކު މަރުވެ، މޯލް އެއް ގޮވައިފި
28 ޖުލައި 2026

ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި

28 ޖުލައި 2026
ޖަޕާނުގެ ކިއުޝޫއަށް 7.1 ގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
27 ޖުލައި 2026

އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި

27 ޖުލައި 2026
އުމުރުން 59 އަހަރުގައި ވެސް ޖަޕާންގެ މިއުރާ ލަނޑު ޖެހުމުގައި
22 ޖުލައި 2026

ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި

22 ޖުލައި 2026
ފިރިހެނުން ސޯޓުލައިގެން ވަޒީފާ އަށް އަންނަން ޓޯކިޔޯ ގައި ހުއްދަ ދީފި
15 ޖުލައި 2026

ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި

15 ޖުލައި 2026
ފްލައިޓް އެޓެންޑެންޓަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި، ޖަޕާނުގެ އެއާލައިން ޕައިލެޓަކު 20 މަސްދުވަހަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފި
11 ޖުލައި 2026

ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި

11 ޖުލައި 2026
 ތޫފާން "ބާވީ"ގެ ނުރައްކަލުގެ ސަބަބުން ޗައިނާއިން 600،000 މީހުން ރައްކާތެރި ތަންތަނަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް