Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-އުތުރު ކޮރެއާ ގުޅުން

ރަޝިއާއާއި އުތުރު ކޮރެއާ ބުރިޖަކުން ގުޅާލައިފި، ވިޔަފާރީގެ ގުޅުންތައް އިތުރަށް ފުޅާވާނެ!

8 ސެޕްޓެމްބަރު 2026 | އަންގާރަ 08:40

ރަޝިއާއާއި އުތުރު ކޮރެއާގެ ގުޅުން ބަދަހިވަމުންދާ ދަނޑިވަޅެއްގައި ހުޅުވި މި ބްރިޖަކީ ދެ ގައުމުގެ އަސްކަރީ އަދި އިގްތިސާދީ މުއާމަލާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް. މި މަޝްރޫއުގެ ސަބަބުން ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި ސިފައިން އުފުލުމަށް މަގުފަހިވާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ތުހުމަތުކުރޭ. މިއީ، ދެ ގައުމުގެ ދެމެދުގައި އެއްގަގަމު މަގުން ގާއިމުކުރި ފުރަތަމަ ބްރިޖު

ނިއުސް ޓީމް
ނިއުސް ޓީމް | 8 ސެޕްޓެމްބަރު 2026 | އަންގާރަ 08:40

ދެ ގައުމުގެ ދެމެދުގައި އަލަށް ބިނާކޮށް ހުޅުވި ފުރަތަމަ ބްރިޖު މެދުވެރިކޮށް، އުތުރު ކޮރެއާއިން ރަޝިޔާއަށް މުދާ އުފުލާ ލޮރީތަކެއް ދަތުރު ކުރަނީ | އާރުޓީ

ރަޝިއާއާއި އުތުރު ކޮރެއާ އެއްގަމު މަގުން ގުޅުވައިދޭ ފުރަތަމަ ބްރިޖް ރަސްމީކޮށް ހުޅުވައިފި އެވެ. ޓުމެން ކޯރު ހުރަސްކޮށް ބިނާކޮށްފައިވާ މި ބްރިޖުގެ ސަބަބުން ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް މުދަލާއި ފަސިންޖަރުން އުފުލުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. މިއީ، އެއްގަމު ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމު ގުޅުވައިދިން އެންމެ ފުރަތަމަ މަގު ބްރިޖެވެ. އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނީ، މި ބްރިޖް މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ ތިން ކަމަކަށް ކަމަށެވެ. އެއީ، ދެ ގައުމުގެ ދެމެދުގައި މީހުން ދަތުރުފަތުރު ކުރުމަށާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށެވެ. ރަޝިއާގެ ދައުލަތުގެ ނޫސް އޭޖެންސީ 'ޓާސް' އިން ވެސް ވަނީ މި ބްރިޖާ ބެހޭ ތަފާސްހިސާބުތައް ހާމަކޮށްފަ އެވެ. އެ އޭޖެންސީން ރިޕޯޓްކުރާ ގޮތުގައި، މި ބްރިޖުން ކޮންމެ ދުވަހަކު 300 އުޅަނދަށް ދަތުރުކުރެވޭނެ އެވެ. އަދި، ކޮންމެ ދުވަހަކު 2،323 މީހުންނަށް ދަތުރުކުރެވޭނެ ކަމަށް ވެސް އެ އޭޖެންސީން ރިޕޯޓްކުރެ އެވެ.

މި އަހަރުގެ މޭ މަހު ބީބީސީން ވަނީ މި ބްރިޖު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ސަރަހައްދުގެ ސެޓެލައިޓް ފޮޓޯތަކެއް އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި، އެއް ކިލޯމީޓަރުގެ ދިގު މި ބްރިޖާއެކު އާ މަގުތަކެއް ވަނީ ހަދާފަ އެވެ. އަދި ބޯޑަރު ޗެކްޕޮއިންޓަކާއި، ސަޕޯޓް އިންފްރާސްޓްރަކްޗާގެ އިތުރުން ޕާކިން ފެސިލިޓީތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ. ރޮއިޓާސްއިން ރިޕޯޓްކުރާ ގޮތުގައި، މީގެ ކުރިން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރެވެނީ ވައިގެ މަގުންނާއި ރޭލު މަގުންނެވެ. އެ ދުވަސްވަރު އެއްގަމު މަގުން ދަތުރުކުރަން އޮތް ހަމައެކަނި ގޮތަކީ ރޭލު ބްރިޖްގެ މަތީގައި ލަކުޑި ފިލާ އަޅައިގެން ވަގުތީ ގޮތުން ކާރު ދުއްވުމެވެ.

ރަޝިއާ ސަރުކާރުން ބުނީ، މި ބްރިޖް ފުރަތަމަ ބޭނުންކުރާނީ މުދާ އުފުލަން ކަމަށެވެ. އަދި، މި އަހަރުގެ ފަހުކޮޅު ފަސިންޖަރުންނަށް ވެސް ބްރިޖް ހުޅުވާލާނެ ކަމަށް ރަޝިއާ ސަރުކާރުން ބުނެފައިވެ އެވެ. މި ބްރިޖް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2025 ވަނަ އަހަރު އެވެ. މިއީ، 2024 ވަނަ އަހަރު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އުތުރު ކޮރެއާއަށް ކުރެއްވި ދަތުރުފުޅުގައި ވެވުނު އެއްބަސްވުމުގެ ދަށުން ހިންގި މަޝްރޫއެކެވެ. ބައެއް ލަސްތަކަކަށްފަހު، މި ބްރިޖްގެ މަސައްކަތް ނިންމާލެވުނީ 495 ދުވަހުން އެވެ.

މި ބްރިޖް ހުޅުވާފައި ވަނީ ޔޫކްރެއިން ހަނގުރާމަ ފެށުނު ފަހުން ރަޝިއާއާއި އުތުރު ކޮރެއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ދަނޑިވަޅެއްގަ އެވެ. ރަޝިއާގެ ރައީސް ޕުޓިންއާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މީގެ ކުރިން މުހިންމު ކަމަކަށް އެއްބަސްވެވަޑައިގެންފަ އެވެ. އެއީ، ދެ ގައުމުން ކުރެ ގައުމަކަށް ބޭރުގެ އުދުވާނެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވުމަށެވެ.

ވީޑިއޯ ލިންކް މެދުވެރިކޮށް ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރަޝިއާގެ ބޮޑުވަޒީރު މިޚައިލް މިޝުސްޓިން މި ބްރިޖް ސިފަކުރެއްވީ އެކުވެރިކަމުގެ "އާ ރަމްޒެއް" ގެ ގޮތުގަ އެވެ. އަދި، އުތުރު ކޮރެއާގެ ބޮޑުވަޒީރު ޕަކް ތައޭ ސޮންގް ބުނީ، މިއީ "ތާރީޚީ ހަރަކާތެއް" ކަމަށެވެ. ބޮޑުވަޒީރު މިޝުސްޓިން ވިދާޅުވީ، ދެ ގައުމުގެ ގުޅުން މިހާރު އޮތީ "މީގެ ކުރިން ދުވަހަކު ވެސް ބަދަހިނުވާ ފަދަ މަތީ ދަރަޖައެއްގައި" ކަމަށެވެ. އަދި، ވިޔަފާރިއާއި، އިގްތިސާދާއި، ސައިންސާއި، ޓެކްނޮލޮޖީގެ އިތުރުން ސަގާފީ ގުޅުންތައް ބަދަހިކުރުމަށް މި ބްރިޖުގެ ސަބަބުން "ވަރުގަދަ ބާރެއް" ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ދެމެދުގައި އަލަށް ބިނާކޮށް ހުޅުވި ފުރަތަމަ ބްރިޖު މެދުވެރިކޮށް، އުތުރު ކޮރެއާއިން ރަޝިޔާއަށް މުދާ އުފުލާ ލޮރީތަކެއް ދަތުރު ކުރަނީ | އެކްސް/އާރްޓީ

މި ބްރިޖުގެ ސަބަބުން އެންމެ އަވަހަށް ފެނިގެންދާނެ ނަތީޖާއަކީ ރަޝިއާއަށް ހަތިޔާރު އެކްސްޕޯޓްކުރާ މިންވަރު އިތުރުވުން ކަމަށް ހުޅަނގާއި ޔޫކްރެއިންގައި ތިބި ރަޝިއާއާ ދެކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ޔޫކްރެއިންގެ ތަހުގީގީ އިދާރާއެއް ކަމަށްވާ 'ޓްރުތު ހައުންޑްސް' އިން ބުނީ، މި ބްރިޖް އެޅުމުގެ މައިގަނޑު މަގްސަދަކީ ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް އެހީތެރިވުން ކަމަށެވެ. އެއީ، އެ ކަމަށް ޓަކައި ސިއްރު އަސްކަރީ ލޮޖިސްޓިކްސް ކޮރިޑޯއެއް ގާއިމުކުރުން ކަމުގައި އެ ޖަމުއިއްޔާއިން ތުހުމަތު ކުރެ އެވެ.

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާގެ ދާރިސުން އަންދާޒާކުރާ ގޮތުގައި، އުތުރު ކޮރެއާއިން މިހާތަނަށް ވަނީ ކަނޑުމަގުން ގިނަ އަދަދެއްގެ ހަތިޔާރު ރަޝިއާއަށް ފޮނުވާފަ އެވެ. އެ ތަކެތީގެ އަގު 7 ބިލިއަނާއި 14 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އެ ފަރާތުން ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި ރޮކެޓާއި، މިސައިލާއި، އާޓިލަރީ ވަޒަން ހިމެނެ އެވެ. އަދި، އުތުރު ކޮރެއާގެ ގާތްގަނޑަކަށް 11،000 ސިފައިން ރަޝިއާގައި ތިބެ ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ކަމަށް ވެސް ދެކުނު ކޮރެއާއާއި ޔޫކްރެއިންގެ އިތުރުން ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެ އެވެ. ޓްރުތު ހައުންޑްސްއިން ބުނީ، 2024 ވަނަ އަހަރުގެ އިސްތިރާޖީ ގުޅުންތަކުގެ އެއްބަސްވުމުގެ ދަށުން، ސިފައިންނާއި މަސައްކަތްތެރިން އަދި އިސް އޮފިޝަލުން މި ބްރިޖުން ސީދާ ރަޝިއާއަށް ދަތުރުކުރާނެ ކަމަށެވެ. އަދި، ރަޝިއާގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް އުތުރު ކޮރެއާއަށް ފޮނުވުމަށް ވެސް މަގުފަހިވާނެ ކަމަށެވެ.

އަނެއްކޮޅުން 2024 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ފަތުރުވެރިން ވަނީ އުތުރު ކޮރެއާއަށް ޒިޔާރަތްކުރަން ފަށާފަ އެވެ. އެހެން ގައުމުތަކަށް ބަންދުކޮށްފައި އޮތް ނަމަވެސް، ރަޝިއާގެ ފަތުރުވެރިންނަށް ޕިއޮންގޔަންގަށާއި ވޮންސަން-ކަލްމާ ބީޗް ރިސޯޓްތަކަށް ދިއުމުގެ ހުއްދަ އޮތީ ދީފަ އެވެ. އަދި، މި ބްރިޖްގެ ސަބަބުން އުތުރު ކޮރެއާގެ މަސައްކަތްތެރިން ރަޝިއާއަށް ފޮނުވުމަށް ވެސް މަގުފަހިވާނެ އެވެ.

ދެކުނު ކޮރެއާގެ އަންދާޒާތަކުން ދައްކާ ގޮތުގައި، އދ. އިން މަނާކޮށްފައި އޮތް ނަމަވެސް، ސްޓޫޑަންޓް ވިސާގައި އެތެރެވާ ގާތްގަނޑަކަށް 10،000 މީހުން ރަޝިއާގެ އިމާރާތްކުރުމާއި ގަސް ކެނޑުމާއި ލަކުޑީގެ ސިނާއަތުގައި މަސައްކަތް ކުރެ އެވެ. ސެންޓާ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ދާރިސެއް ކަމަށްވާ ވިކްޓާ ޗާ ވިދާޅުވީ، މި ބްރިޖް އަވަހަށް ނިންމާލުމުން ދޭހަވަނީ ދެ ގައުމުގެ ވިޔަފާރި އިތުރުވެފައިވާ މިންވަރު ކަމަށެވެ. މިއީ، ޔޫކްރެއިން ހަނގުރާމައަށް ބޭނުންވާ ސިފައިންނާއި ހަތިޔާރު އަދި މަސައްކަތްތެރިން އުތުރު ކޮރެއާއިން ރަޝިއާއަށް ފޯރުކޮށްދޭތީ އައި ބަދަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އެންމެ ހަރަކާތްތެރިކަން ކުޑަ އެއް ސަރަހައްދު ކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

މަސްދަރު: ބީބީސީ

ރަޝިއާ-އުތުރު ކޮރެއާވްލަޑިމިއަރ ޕުޓިންކިމް ޖޮންގ އަންޔޫކްރެއިން ހަނގުރާމަމިޚައިލް މިޝުސްޓިން

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

4

ޕީއެންސީއަށް ސޮއިކުރަން މަޖުބޫރުކުރާ މައްސަލަ ފަޅާއެރިތަނާ، ލައިވް ޕްރޮގްރާމްތަކުގައި ކުރާ ކޯލްތަކާ ގުޅޭގޮތުން ކޮމިޝަނުގެ އިންޒާރެއް!

5

ގަތަރަށް ބޮން އެޅުމަކީ ފަޚުރުވެރިވާ ކަމެއްކަން ނަތަންޔާހޫ ހާމަކޮށްފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

ޔޫކްރެއިނަށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް، މަދުވެގެން ހަ މީހުން ޒަޚަމްވި

08 ސެޕްޓެމްބަރު 2026
ޔޫކްރެއިނަށް ރަޝިއާގެ ވަރުގަދަ ހަމަލާތަކެއް، މަދުވެގެން ހަ މީހުން ޒަޚަމްވި
07 ސެޕްޓެމްބަރު 2026

ރަޝިއާއާއި ޔޫކްރެއިނުން އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާއިން ބާރުއަޅަނީ

07 ސެޕްޓެމްބަރު 2026
ރަޝިއާއާއި ޔޫކްރެއިނުން އަލުން ސުލްހައިގެ މަޝްވަރާތައް ފަށަން އެމެރިކާއިން ބާރުއަޅަނީ
07 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

07 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި
07 ސެޕްޓެމްބަރު 2026

ޒެލެންސްކީ: ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ

07 ސެޕްޓެމްބަރު 2026
ޒެލެންސްކީ: ހަނގުރާމަ ފިނިމޫސުމާ ހަމައަށް ދެމިގެންދާނެ
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަންދޫބުންނާއި ބައްދަލުކުރައްވައި ޕުޓިން "ބިނާކުރަނިވި" މަޝްވަރާތަކެއް ކުރައްވައިފި
05 ސެޕްޓެމްބަރު 2026

ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ

05 ސެޕްޓެމްބަރު 2026
ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް އަލުން ފަށަން ޓްރަމްޕްގެ މަންދޫބުން އެ ދެ ގައުމަށް ވަޑައިގަންނަވަނީ
04 ސެޕްޓެމްބަރު 2026

ރަޝިޔާގެ ޑްރޯންއަކުން ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް ގެ މައި މަރުކަޒަށް ސީދާ ހަމަލާއެއް ދީފި

04 ސެޕްޓެމްބަރު 2026
ރަޝިޔާގެ ޑްރޯންއަކުން ޔޫކްރެއިންގެ ސެކިއުރިޓީ ސާވިސް ގެ މައި މަރުކަޒަށް ސީދާ ހަމަލާއެއް ދީފި
03 ސެޕްޓެމްބަރު 2026

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

03 ސެޕްޓެމްބަރު 2026
ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު
02 ސެޕްޓެމްބަރު 2026

ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން

02 ސެޕްޓެމްބަރު 2026
ޕުޓިން: ޔޫކްރެއިންގެ ސަރުކާރާ މަޝްވަރާކުރުމަކީ ކުރެވޭނެކަމެއް ނޫން
02 ސެޕްޓެމްބަރު 2026

އުރުދުޣާނާއި ޕުޓިންގެ ބައްދަލުވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ

02 ސެޕްޓެމްބަރު 2026
އުރުދުޣާނާއި ޕުޓިންގެ ބައްދަލުވުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް