Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެދެ ކޮރެއާގެ ނުތަނަވަސްކަން

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!

12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:05

އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތަކާ ގުޅިގެން، އުތުރު ކޮރެއާއިން ވަނީ އެ ގައުމުގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައި. މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު، އެމެރިކާއިން ބުނީ މި އަމަލުގެ ސަބަބުން އެ ގައުމަށާއި ބައިވެރިންނަށް ސީދާ ނުރައްކަލެއް ނެތް ކަމަށް

ނިއުސް ޓީމް
ނިއުސް ޓީމް | 12 ސެޕްޓެމްބަރު 2026 | ހޮނިހިރު 07:05
އުތުރު ކޮރެއާއިން މިސައިލް ޓެސްޓުތަކެއް ހަދަމުންދާ މަންޒަރު ދެކުނު ކޮރެއާގެ ޓީވީތަކުން ދައްކަނީ

އުތުރު ކޮރެއާއިން މިސައިލް ޓެސްޓުތަކެއް ހަދަމުންދާ މަންޒަރު ދެކުނު ކޮރެއާގެ ޓީވީތަކުން ދައްކަނީ | އޭއެފްޕީ

އުތުރު ކޮރެއާގެ އަސްކަރިއްޔާއިން އެ ގައުމުގެ އިރުމަތީ އައްސޭރިފަށުން ކަނޑުގެ ސަރަހައްދަށް ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައިފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފި އެވެ. ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްއިން ބުނީ، ހޮނިހިރު ދުވަހުގެ ފަތިހު ކޮރެއާ ގަޑިން 5:20 ހާއިރު އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ވޮންސަންއިން ފޮނުވާލި މި މިސައިލްތައް ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރަށް ދަތުރުކޮށްފައިވާ ކަމަށެވެ. އަދި، މި މިސައިލްތައް ފޮނުވާލުމާ ގުޅޭ މައުލޫމާތު އެމެރިކާއާއި ޖަޕާނާ ގުޅިގެން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ އެ ގައުމުގެ ދިފާއީ ވުޒާރާއާއި އަސްކަރިއްޔާގެ ޖޮއިންޓް ޗީފްސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ އެކު ކުއްލި ސަލާމަތީ ބައްދަލުވުމެއް ބާއްވާފަ އެވެ.

Advertisement - worldAdvertisement

އެމެރިކާގެ ޕެސިފިކް ކޮމާންޑުން ބުނީ، އުތުރު ކޮރެއާއިން މިސައިލް ފޮނުވާލި ނަމަވެސް، މީގެ ސަބަބުން އެމެރިކާގެ ސަރަހައްދުތަކަށް ނުވަތަ އެމެރިކާގެ ބައިވެރިންނަށް ނުރައްކަލެއް އޮތް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި، ދެކުނު ކޮރެއާއާއި އެ ސަރަހައްދުގެ އެހެނިހެން ބައިވެރިން ދިފާއުކުރުމުގައި ވޮޝިންގޓަނުން ދެމިއޮންނާނެ ކަމަށް ވެސް އެ ކޮމާންޑުން ބުނެފައިވެ އެވެ.

މި މިސައިލްތައް ފޮނުވާލައިފައި ވަނީ އުތުރު ކޮރެއާއަށް އަމާޒުކޮށްގެން ދެކުނު ކޮރެއާ، އެމެރިކާ އަދި ޖަޕާން ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އަސްކަރީ ތަމްރީނުތައް ނަންމައިލިތާ އެއް ދުވަސް ފަހުންނެވެ. މިދިޔަ ހޯމަ ދުވަހު އެ ތަމްރީނުތައް ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އުތުރު ކޮރެއާގެ ދިފާއީ ވަޒީރު ކިމް ސޮންގް ގީ ވަނީ އެ ތަމްރީނުތަކަށް ފާޑުކިޔާފަ އެވެ. އަދި، ބާރުގެ ބޭނުންކޮށްގެން "ވަރުގަދަ އަދި ރައްދު ހަމަލާއެއް" ދިނުމުގެ ގާބިލުކަން އުތުރު ކޮރެއާއަށް ލިބިގެންވާ ކަމަށް ބުނެ އޭނާ ވަނީ އިންޒާރު ދީފަ އެވެ.

މީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅު ވެސް، ދެކުނު ކޮރެއާގެ ބޭރުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި 'ފްރީޑަމް އެޖް' ގެ ނަމުގައި ކުރިއަށްގެންދަން ރޭވި ތަމްރީނުތަކަކީ ޕިޔޮންގޔަންގް އަދި އެ ސަރަހައްދުގެ އެހެން ގައުމުތަކަށް އޮތް "ނުރައްކަލެއް" ކަމަށް ބުނެ އުތުރު ކޮރެއާއިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށް ގަސްދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށް، އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ވެސް އުތުރު ކޮރެއާއިން ވަނީ ކަނޑުގެ ސަރަހައްދަށް ގިނަ އަދަދެއްގެ މިސައިލްތަކެއް ފޮނުވާލާފަ އެވެ. ނިއުކްލިއާ ބާރެއް ކަމަށްވާ އުތުރު ކޮރެއާއިން އޮގަސްޓް މަހު މިސައިލްތައް ފޮނުވާލާފައި ވަނީ، އަހަރަކު އެއްފަހަރު ބާއްވާ 'އުލްޗީ ފްރީޑަމް ޝީލްޑް' އަސްކަރީ ތަމްރީނުތަކުގެ މުއްދަތު ކުރުކުރުމަށް ޓްރަމްޕް ނިންމެވުމާ ގުޅިގެންނެވެ. އެ އަސްކަރީ ތަމްރީނުތަކަކީ އުތުރު ކޮރެއާއާމެދު ބާއްވާ "ނުރަނގަޅު އަދި ދެކޮޅުވެރި" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ޓްރަމްޕް ދެއްވި އެ އަމުރާ ގުޅިގެން، އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ.

އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީނުތަކަކީ އުތުރު ކޮރެއާއަށް އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ހިންގާ ތަމްރީނުތަކެއްގެ ގޮތުގައި ޕިޔޮންގޔަންގުން އަބަދުވެސް ސިފަކުރެ އެވެ. އަދި، ގިނަ ފަހަރަށް މި ފަދަ ތަމްރީނުތައް ބާއްވާ ދުވަސްވަރު އުތުރު ކޮރެއާއިން މިސައިލްތައް ފޮނުވައިގެން ރައްދުދެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އުތުރު ކޮރެއާދެކުނު ކޮރެއާއެމެރިކާނިއުކްލިއަރ

އެންމެ ހިނގާ

1

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

2

އީރާނުން އެމެރިކާގެ ދެ މަނަވަރަކަށާއި 18 އުޅަނދަކަށް ހަމަލާދީފި

3

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

4

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

5

އިރާން: އެމެރިކާ މަނަވަރުތައް ހުރްމޫޒުން 400 ކިލޯމީޓަރު ފަހަތަށް ޖައްސާފައި

އިތުރަށް ކިޔާލަން

11 ސެޕްޓެމްބަރު 2026

ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"

11 ސެޕްޓެމްބަރު 2026
ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"
10 ސެޕްޓެމްބަރު 2026

ޔުރޭނިއަމް މުއްސަނދިކުރަން އުތުރު ކޮރެއާއިން އާ މަރުކަޒުތަކެއް ބިނާކޮށްފި

10 ސެޕްޓެމްބަރު 2026
ޔުރޭނިއަމް މުއްސަނދިކުރަން އުތުރު ކޮރެއާއިން އާ މަރުކަޒުތަކެއް ބިނާކޮށްފި
10 ސެޕްޓެމްބަރު 2026

ސެޕްޓެމްބަރު 11 އަށް 25 އަހަރު: އެމެރިކާއަށް އޮތް ބައިނަލްއަޤުވާމީ އިތުބާރު ގެއްލެނީ

10 ސެޕްޓެމްބަރު 2026
ސެޕްޓެމްބަރު 11 އަށް 25 އަހަރު: އެމެރިކާއަށް އޮތް ބައިނަލްއަޤުވާމީ އިތުބާރު ގެއްލެނީ
10 ސެޕްޓެމްބަރު 2026

ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން

10 ސެޕްޓެމްބަރު 2026
ޓްރަމްޕް: ކޮންގްރެސްގެ އަޣުލަބިއްޔަތު ހޯދިއްޖެނަމަ ކޮންމެ ބޮޑުމީހަކަށް 5,000 ޑޮލަރު ދޭނަން
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ

08 ސެޕްޓެމްބަރު 2026
މަޔާމީއަށް ވެއްޓުނު މަތިންދާބޯޓުގެ 'ކަޅު ފޮށި' ފެނިއްޖެ، މަރުވި މީހުންގެ ހަށިތައް ހޯދަނީ
07 ސެޕްޓެމްބަރު 2026

އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި

07 ސެޕްޓެމްބަރު 2026
އޮހާޔޯގެ ގަވަރުނަރު ކަމަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެނޑިޑޭޓަށް ހަމަލާދޭން އުޅެފި
07 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

07 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި
07 ސެޕްޓެމްބަރު 2026

އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި

07 ސެޕްޓެމްބަރު 2026
އެއްބަސްވުމާ ޚިލާފަށް ލުބުނާނަށް ހަމަލާދީ ހަތަރު މީހުން ޝަހީދުކޮށްލައިފި
06 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟

06 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާގެ ޚުދުމުހުތާރު ވެރިކަމުގެ ބިރުވެރިކަން "ރީތި، ލޯބި" ކަމަކަށް ހެދިދާނެ ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް