Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ދެކުނު ކޮރެއާ

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

8 ސެޕްޓެމްބަރު 2026 | އަންގާރަ 15:35

ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކަށް އެހީތެރިވުމާ މެދު ދެކުނު ކޮރެއާއިން ވިސްނަމުންދާތީ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފި. ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި މުހިންމު މި ކަނޑުއޮޅީގެ ބޮޑު ބައެއް އީރާނުގެ ކޮންޓްރޯލްގެ ދަށުގައި އޮތްއިރު، އެ ސަރަހައްދަށް ބޭރުގެ އަސްކަރީ ބާރުތައް ވެއްދުމަކީ އުދުވާނަކަށް އެހީތެރިވުން ކަމަށް އެ ގައުމުން ދެކޭ

ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2026 | އަންގާރަ 15:35
އަރަބި ކަނޑުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު ބުޝް (ސީވީއެން 77) މަނަވަރުން ރޭގަނޑުގެ ވަގުތެއްގައި އީ/އޭ-18ޖީ މަރުކާގެ މަތިންދާބޯޓެއް އުދުއްސާލަނީ

އަރަބި ކަނޑުގައި އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ބްލޮކޭޑް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޔޫއެސްއެސް ޖޯޖް އެޗް.ޑަބްލިއު ބުޝް (ސީވީއެން 77) މަނަވަރުން ރޭގަނޑުގެ ވަގުތެއްގައި އީ/އޭ-18ޖީ މަރުކާގެ މަތިންދާބޯޓެއް އުދުއްސާލަނީ | ސެންޓްކޮމް

ހުރްމުޒް ކަނޑުއޮޅީގައި އެމެރިކާއިން ހިންގާ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުމާ ނުވަތަ އެ ސަރަހައްދަށް ސިފައިން ފޮނުވުމާ ދެކޮޅަށް، އީރާނުގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ދެކުނު ކޮރެއާއަށް އިންޒާރު ދީފި އެވެ. އީރާނުން ބުނެފައިވަނީ އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.

ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް "އެހީތެރިކަން" ފޯރުކޮށްދިނުމާ މެދު ވިސްނަމުންދާ ކަމަށް ސޯލްއިން މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފަ އެވެ. ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ފެށުނީއްސުރެ، މި ކަނޑުއޮޅީގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދަނީ ތެހެރާނުންނެވެ.

ދެކުނު ކޮރެއާއިން ބުނެފައިވަނީ، އެ ގައުމުގެ އަސްކަރީ ތައްޔާރީތަކަށް ބުރޫނާރާނެ ނަމަ އެމެރިކާއަށް އެހީތެރިވުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަމަށްވެސް އެ ގައުމުން ބުނެފައިވެ އެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ހޯމަ ދުވަހު ވަނީ، އެމެރިކާގެ "ބިރުދެއްކުމާއި ނުފޫޒަށް" ދެކުނު ކޮރެއާއިން ލެނބިގެން ނުދިއުމަށް އިންޒާރު ދެއްވާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަޣާއީ ވިދާޅުވީ، އަރަބި ގަލްފް ނުވަތަ ހުރްމުޒް ކަނޑުއޮޅީގައި އެހެން ގައުމުތަކުން އަސްކަރީ ބާރުތައް ރުކުރުވާލުމަކީ ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ، އުދުވާން ހިންގާ ފަރާތަށް ދެވޭ ސީދާ އެހީތެރިކަމެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދު ހުރްމުޒްކަނޑުއޮޅި ސަރަހައްދުގައި އަދިވެސް ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ އެކްސްޕޯޓްގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް ދެ ގައުމުން ކުރަމުންދާ މަސައްކަތްތަކާ ހެދި، ދެ ފަރާތުގެ މެދުގައި ކުރިއަށްދާ މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ހަނގުރާމަ ފެށުނީއްސުރެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މި މުހިންމު ކަނޑުގެ ސަރަހައްދުން ދަތުރުފަތުރު ކުރުން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.

ހަނގުރާމައިގެ ކުރިން އޮތް އުސޫލަށް، އެއްވެސް ހުރަހެއް ނެތި ދަތުރުފަތުރު ކުރުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށް ބުނެ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އީރާނުގެ ހުއްދަ ހޯދުމަށް އެ ގައުމުން ވަނީ މަޖުބޫރުކޮށްފަ އެވެ. ނަމަވެސް ވޮޝިންޓަނާއި ސަރަހައްދީ ބައެއް ގައުމުތަކުން ދަނީ އީރާނުގެ މި ނިންމުމާ ދެކޮޅު ހަދަމުންނެވެ.

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާދެކުނު ކޮރެއާ

އެންމެ ހިނގާ

1

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

5

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

އިތުރަށް ކިޔާލަން

08 ސެޕްޓެމްބަރު 2026

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

08 ސެޕްޓެމްބަރު 2026
އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި
07 ސެޕްޓެމްބަރު 2026

ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް

07 ސެޕްޓެމްބަރު 2026
ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް
07 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

07 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި
07 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ

07 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ބޭރުގައި އައު "މަނާ ސަރަހައްދެއް" އީރާނުން ކަނޑައަޅަނީ
06 ސެޕްޓެމްބަރު 2026

އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި

06 ސެޕްޓެމްބަރު 2026
އެމެރިކާއަށް ކުރިއަށްވުރެ ވަރުގަދަ އަދި ތަދު އިހުސާސްވާނެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި

06 ސެޕްޓެމްބަރު 2026
އެމެރިކާގެ ޖާސޫސީ ބެލޫންއެއް އައި.އާރް.ޖީ.ސީން ވައްޓާލައިފި
06 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި

06 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ދުރުން ކޮންޓްރޯލުކުރާ އުޅަނދަކަށް ހަމަލާދީފި
06 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!

06 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައާ ގުޅިގެން އެމެރިކާގައި ޑީސަލްގެ އަގު ރެކޯޑު މިންވަރަކަށް!
06 ސެޕްޓެމްބަރު 2026

އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި

06 ސެޕްޓެމްބަރު 2026
އުޅަނދުތަކަށް ދޭކަމަށް ބުނާ "އެމެރިކާގެ ހިމާޔަތަކީ ބޮޑު ދޮގޮއް": ގަވާއިދާ ޚިލާފުވި އުޅަނދުތަކަށް އީރާނުން ހަމަލާދޭ މަންޒަރުތައް އައިއާރުޖީސީން އާންމުކޮށްފި
06 ސެޕްޓެމްބަރު 2026

އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ

06 ސެޕްޓެމްބަރު 2026
އެމެރިކާގެ މަނަވަރުތަކަށް މިސައިލް ހަމަލާތައް އަރައި ގެއްލުންވި: އައިއާރްޖީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް