Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އީރާން-އެމެރިކާ ސުލްހައިގެ މަޝްވަރާތައް އަލުން ފަށަށް ގަތަރުން މަސައްކަތް ކުރަނީ

21 ސެޕްޓެމްބަރު 2026 | ހޯމަ 02:53

ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ނުތަނަވަސްވެ އެމެރިކާއާއި އީރާނުން ހަމަލާތައް ބަދަލުކުރަމުންދާއިރު، ގަތަރާއި ޕާކިސްތާނުން ދަނީ ދެ ގައުމުގެ މެދުގައި ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން. ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރުތަކެއް ދެއްވައި، އެ ގައުމު ސުންނާފަތިކޮށްލުމުގެ އިހުތިޔާރު އެބައޮތް ކަމަށް ވިދާޅުވެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 21 ސެޕްޓެމްބަރު 2026 | ހޯމަ 02:53
ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އަނަދޮލު އޭޖެންސީ

ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ދެބަސްވުންތަކުގެ މަޝްވަރާތައް ހުއްޓުމަކަށް އައުމާ ގުޅިގެން، އެމެރިކާއިން އަނެއްކާ ވެސް ވަނީ އީރާނަށް ހަމަލާދޭން ފަށާފަ އެވެ. ދެ ފަރާތުގެ ދެމެދުގައި މިދިޔަ ޖޫން މަހުގެ މެދުތެރޭގައި ފަހުމުނާމާއެއްގައި ސޮއިކޮށްފައި ވީ ނަމަވެސް، އެމެރިކާއިން މި ހަމަލާތައް ދީފައި ވަނީ އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ކުރިއަށް ނުގޮސް އޮތް ދަނޑިވަޅެއްގަ އެވެ.

ހުރްމުޒް ކަނޑުއޮޅި ފަދަ ކަނޑުގެ ސަރަހައްދުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، ގަތަރުގެ އޮފިޝަލަކު ވަނީ މި ފަދަ މަގުތައް ބަންދުކުރުމާ ދެކޮޅަށް އިންޒާރު ދެއްވައިފަ އެވެ. "ކަނޑުގެ މަގުތައް އެއް ގައުމެއްގެ ސިޔާދަތީ ބާރުގެ ދަށަށް ގެނެސް، އެ ތަންތަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމަކީ އަޅުގަނޑުމެން އެންމެންނަށް ވެސް އޮތް ނުރައްކާތެރި ނުރަނގަޅު މިސާލަކަށް ވާނެ،" ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް-އަންސާރީ ވިދާޅުވި އެވެ.

Advertisement - worldAdvertisement

އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ފާއިތުވި ދެ ހަފުތާގެ ތެރޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް އަލް-އަންސާރީ ވިދާޅުވި އެވެ. "ފާއިތުވި ދެ ހަފުތާގެ ތެރޭގައި އަޅުގަނޑުމެން ވާނީ މަޝްވަރާތައް އަލުން ފެށުމާމެދު ތަފާތު ޚިޔާލުތައް ބަދަލުކޮށްފައި،" އަލް-އަންސާރީ ވިދާޅުވި އެވެ. މި މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާކުރަނީ ގަތަރާއި ޕާކިސްތާނުންނެވެ.

"މިހާރު ވެސް ވޮޝިންގޓަނާއި ތެހްރާންގައި ތިބި އަޅުގަނޑުމެންގެ މަންދޫބުންނާއެކު މަސައްކަތް ކުރަމުން މި ދަނީ ވާހަކަަތައް އަލުން ފެށޭތޯ، އަދި ދެ ގައުމުގެ ވެރިރަށުގެ މެދުގައި މެސެޖުތައް ބަދަލުކުރަން ދަތުރުތައް ކުރަމުން މި ދަނީ. މި ކަމުގައި ކުރިއެރުންތަކެއް އެބަ ލިބޭ،" އަލް-އަންސާރީ ވިދާޅުވި އެވެ. ވޮޝިންގޓަނާއި ތެހްރާނުން ވެސް އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމުގެ އިޝާރާތްތައް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ކޮންމެ ހަމަލާއަކަށް އީރާނުން ވަރުގަދަ ރައްދެއް

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން ވަނީ ސައޫދީ އަރަބިއްޔާ ހިމެނޭހެން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތަކަށް ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތަކުގައި އާންމުން މަރުވެ އަދި ޒަޚަމްވުމުގެ އިތުރުން، އާންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. މިކަމާ ގުޅިގެން، ހަމަލާތަކުގެ އަސަރު ފޯރި ގައުމުތަކުން ވަނީ އެ އަމަލުތައް ކުށްވެރިކޮށް، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން ފެބުރުވަރީ 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާއިރު، މި ހަނގުރާމައިގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ތެހެރާނުން ބުނެ އެވެ. އަދި، އީރާނުން ދިން ރައްދު ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލްގެ މީހުން މަރުވެފައިވާ ކަމަށް ވެސް އެ ގައުމުން ވަނީ ހާމަކޮށްފަ އެވެ.

ގަތަރުން މި މޭރުމުން ވާހަކަދައްކާފައި މި ވަނީ، މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވަމުންދާތީ އެމެރިކާގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ސަލާމަތީ އިންޒާރެއް ނެރެފައި ވަނިކޮށެވެ. "މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން، ސަލާމަތީ މާހައުލު އަދިވެސް އޮތީ އޮޅުންބޮޅުން ބޮޑު ހާލަތެއްގައި ކަމަށާއި، ލަފާނުކުރެވޭ ފަދަ ނުރައްކާތެރި ހާލަތަކަށް ކަންކަން ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތް،" ކަމަށް އެ ވުޒާރާގެ އިންޒާރުގައި ފާހަގަކޮށްފައިވެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުން ސަމާލުވުމަށާއި، ސަރަހައްދުން ބޭރުގައި ތިބި މީހުން އެ ސަރަހައްދަށް ނުވަތަ އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރުމާ މެދު އަލުން ވިސްނުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އިރާގު އަދި އުރުދުން ހިމެނޭހެން އެ ސަރަހައްދުގައި ހުންނަ އެމެރިކާގެ ބައެއް އެމްބަސީތަކުން ވެސް އާދީއްތަ ދުވަހު ވަނީ މި ފަދަ އިންޒާރުތައް ނެރެފަ އެވެ.

ޓްރަމްޕްގެ ކަަމަކީ އިންޒާރަކަށްފަހު އިންޒާރެއް ދެއްްވުން

އެ ދުވަހުގެ ކުރީކޮޅު، ހަނގުރާމައާ މެދު ގެންގުޅުއްވާ ވިސްނުންފުޅުގެ ތަފްސީލު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފޮކްސް ނިއުސް ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ހާމަކުރައްވައިފަ އެވެ. "އަހަރެންގެ ސުވާލަކީ މުޅި ގައުމު އެއްކޮށް ގޮއްވާލަންވީ ކޮން އިރަކު އަދި އެ ކަން އަހަރެން ކުރަންވީ ހެއްޔެވެ؟ އެ މީހުން އަހުލާގު ރަނގަޅުކުރިއްޔާ މާ ރަނގަޅުވާނެ،” ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

އީރާނާ މެދު މި ވަގުތު އޮތް އިހުތިޔާރުތަކަކީ އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލުން ނުވަތަ އިގްތިސާދީ ގޮތުން ގައުމު "ހަލާކުވެ ކުނިވުމަށް" ދޫކޮށްލުން، ނުވަތަ އެއްބަސްވުމަކަށް އައުމަށް މަޝްވަރާކުރުން ކަމަށް ޓްރަމްޕް ވަނީ ސިފަކުރައްވައިފަ އެވެ. މިއާއެކު، "މާ ދުރު ނޫން މުސްތަގުބަލެއްގައި ވަރަށް ބޮޑެތި ކަންތައްތަކެއް ހިނގާނެ،" ކަމަށް ވެސް ޓްރަމްޕް ވަނީ އިތުރަށް ވިދާޅުވެފަ އެވެ.

މަސްދަރު: އަނަދޮލު އޭޖެންސީ

ހުރްމުޒް ކަނޑުއޮޅިއީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްގަތަރުއިސްރާއީލްމާޖިދް އަލް-އަންސާރީ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

4

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2026

ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!

20 ސެޕްޓެމްބަރު 2026
ރިޔާޟަށް ދިން ހަމަލާއާއެކު ސައުދީއާއި ހޫޘީންގެ ހަނގުރާމަ ފުޅާވެގެންދާނެ ކަމުގެ އިންޒާރު!
20 ސެޕްޓެމްބަރު 2026

އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން

20 ސެޕްޓެމްބަރު 2026
އެމެރިކާއިން އެއްބަސްވުމަށް އަމަލުކޮށް ޝަރުތުތައް ފުރިހަމަކުރަންދެން ހުރްމުޒް ކަނޑުއޮޅި ބަންދުވާނެ: އީރާން
20 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި

20 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހަށް ފަލަސްތީނުގެ އޮފިޝަލުންނަށް ވިސާ ނުދިނުމަށް އެމެރިކާއިން ނިންމި ނިންމުމާމެދު އީޔޫއިން ހިތާމަފާޅުކޮށްފި
20 ސެޕްޓެމްބަރު 2026

ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި

20 ސެޕްޓެމްބަރު 2026
ސައުދީ ވެރިރަށް ރިޔާޟަށް ހޫޘީންގެ ނުރައްކާތެރި ހަމަލާއެއް އަރައިފި
19 ސެޕްޓެމްބަރު 2026

ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް

19 ސެޕްޓެމްބަރު 2026
ޗައިނާގެ ރައީސް ޝީ އެމެރިކާއަށް، އެއާޕޯޓުން މަރުހަބާ ދަންނަވާނީ ސީދާ ޓްރަމްޕް
19 ސެޕްޓެމްބަރު 2026

ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި

19 ސެޕްޓެމްބަރު 2026
ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރަން ޓްރަމްޕް ނިންމަވައިފި
19 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި

19 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކާ ގުޅިގެން ސައޫދީ އަރަބިއްޔާގެ ވެރިރަށުގައި އިންޒާރުގެ އެލާޓް ނެރެފި
19 ސެޕްޓެމްބަރު 2026

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ

19 ސެޕްޓެމްބަރު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސައުދީން ވިލާތަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑާލަނީ
19 ސެޕްޓެމްބަރު 2026

ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި

19 ސެޕްޓެމްބަރު 2026
ޔަމަނުގައި ހަނގުރާމަ ފުޅާވެ ސައުދީގެ ވަރުގަދަ ހަމަލާތަކެއް، 24 ގަޑިއިރުތެރޭ 26 ތަނަށް ބޮންއެޅި
18 ސެޕްޓެމްބަރު 2026

އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން

18 ސެޕްޓެމްބަރު 2026
އީރާނަށް ދިން ހަމަލާތަކުގައި އެމެރިކާއިން ހަނގުރާމައިގެ ކުށްތައް ހިންގި ކަމަށް ބެލެވޭ: އދ. ގެ މާހިރުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް