Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ބެލެންޑިއޯ ލިބުން ހައްގީ މެސީ އަށް، އަޅާ ކިޔޭނެ ދެ ވަނަ ކުޅުންތެރިޔަކު ނެތް: ބެކަމް

22 ސެޕްޓެމްބަރު 2026 | އަންގާރަ 06:44

ބެކަމް ބުނި ގޮތުގައި މެސީ ފަދަ ކުޅުންތެރިޔަކު ދުނިޔޭގެ ތަށި ހޯދުމަށް ކުރި މަސައްކަތާއި އެ އުމުރުގައި ދައްކަމުންދާ ހުނަރަށް ބަލާއިރު، އޭނާއާ އަޅާ ކިޔޭނެ ދެވަނަ ކުޅުންތެރިއަކު މިހާރު ނެތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2026 | އަންގާރަ 06:44
އިންޓަރ މިއާމީގެ ކޯ އޯނަރު ބެކަމް އާއި އެ ޓީމުގެ ކެޕްޓަން މެސީ

އިންޓަރ މިއާމީގެ ކޯ އޯނަރު ބެކަމް އާއި އެ ޓީމުގެ ކެޕްޓަން މެސީ | ރޮއިޓާސް

މި އަހަރުގެ ބެލެންޑިއޯ އެވޯޑު ކާމިޔާބުކުރަން އެންމެ ހައްގު ކުޅުންތެރިޔަކީ އިންޓަރ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ކަމަށް، އެ ޓީމުގެ ކޯ އޯނަރު އަދި އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފި އެވެ.

ބެކަމް މިހެން ބުނީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި މެސީ ދެއްކި މޮޅު ކުޅުމާއި، އުމުރުން 39 އަހަރުގައި ވެސް އޭނާ ދަމަހައްޓަމުން އަންނަ މަތީ ފެންވަރުގެ ކުޅުމަށް ރިއާޔަތްކޮށްފަ އެވެ.

ބެކަމް ބުނި ގޮތުގައި މެސީ ފަދަ ކުޅުންތެރިޔަކު ދުނިޔޭގެ ތަށި ހޯދުމަށް ކުރި މަސައްކަތާއި، އެ އުމުރުގައި ދައްކަމުންދާ ހުނަރަށް ބަލާއިރު، އޭނާއާ އަޅާ ކިޔޭނެ ދެވަނަ ކުޅުންތެރިޔަކު މިހާރު ނެތެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު، މެސީ ވަނީ އެ މުބާރާތުގައި އަށް ލަނޑު ޖަހައި ހަތަރު އެސިސްޓު ހަދާފައި އެވެ.

މިއާއެކު ވޯލްޑް ކަޕް ތާރީޚުގައި މެސީ ހެދި އެސިސްޓުގެ އަދަދު 12 އަށް އަރާފައިވާއިރު، މީގެ ތެރެއިން 10 އެސިސްޓަކީ ނޮކައުޓް ބުރުތަކުގައި ހަދާފައިވާ އެސިސްޓުތަކެވެ. މިއީ ރެކޯޑު ކުރެވިފައިވާ ތާރީޚެއްގައި އެހެން އެއްވެސް ކުޅުންތެރިޔަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. މީގެ އިތުރުން މެސީ އަކީ 21 ލަނޑާއެކު ވޯލްޑް ކަޕްގެ ތާރީޚުގައި ދެވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެއް ވަނައިގައި އޮތީ 22 ލަނޑު ޖަހާފައިވާ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ.

މި އަހަރުގެ ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓުވި 30 ކުޅުންތެރިންގެ ލިސްޓުގައި އިންގްލެންޑުގެ ތިން ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި އެވޯޑު ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ހެރީ ކޭންގެ އިތުރުން، ޖޫޑް ބެލިންހަމް އަދި ޑެކްލަން ރައިސް ހިމެނެ އެވެ. އަދި ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމުގެ ހަ ކުޅުންތެރިޔަކު މި ލިސްޓުގައި ހިމެނޭއިރު، އޭގެ ތެރޭގައި ޒުވާން ތަރި ލަމީން ޔަމާލް އާއި ފައިނަލްގައި މޮޅުވި ލަނޑު ޖަހައިދިން ފެރާން ޓޮރޭސް ހިމެނެ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ދެ ފަހަރު ކާމިޔާބުކުރި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ނުވަ ކުޅުންތެރިޔަކު މި ލިސްޓުގައި ހިމެނޭއިރު، އޭގެ ތެރޭގައި މިދިޔަ އަހަރުގެ އެވޯޑު ހޯދި އޮސްމާން ޑެމްބެލޭ ވެސް ހިމެނެ އެވެ.

ކުލަބު ފުޓްބޯޅައިގައި މެސީ ދަނީ އިންޓަރ މިއާމީގައި ވެސް އައު ރެކޯޑުތަކެއް ގާއިމުކުރަމުންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ކުޅުނު ޗެމްޕިއަންސް ކަޕް މެޗުގައި ލުއިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން މެސީ ވަނީ ލަނޑު ޖަހައި، އެ ޓީމަށް ކުރި ހޯދައި ދީފައި އެވެ. އަދި މެޗުގެ 81 ވަނަ މިނެޓުގައި މެސީ ނަގައިދިން ކޯނަރަކުން ކަސެމީރޯ ބޮލުން ޖެހި ލަނޑާއެކު، އިންޓަރ މިއާމީ އިން ވަނީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށްފަ އެވެ.

މެސީގެ މި ކާމިޔާބީތައް އައިސްފައިވަނީ ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔާކުރިކަން އިއުލާން ކުރުމަށް ފަހު، އަދި އޭނާގެ ބައްޕަ ޖޯޖް މެސީ މަރުވުމާ ގުޅިގެން ފުޓުބޯޅައިގެ މުސްތަޤުބަލާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ.

މެސީއާ އެކު މިއާމީ އަށް ކުޅެމުން އަންނަ ކަސެމީރޯ ބުނީ، މެސީ ފުޓުބޯޅަ އަށް ކޮށްދެމުންދާ ޚިދުމަތަކީ އާދަޔާ ޚިލާފު ކަމެއް ކަމަށާއި، އޭނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަން ވޯލްޑް ކަޕާއި، އެމެރިކާ ލީގުގައި ސާބިތުކޮށްދެމުންދާ ކަމަށެވެ.

ފްރާންސް ފުޓުބޯޅަ އިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަށް މިއަހަރު 70 އަހަރު ފުރޭއިރު، އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަންގަ އެވެ.

ބެލެންޑިއޯ އެވޯޑުލިއޮނެލް މެސީޑޭވިޑް ބޭކަމް

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

4

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

5

އިންޑިއާ ކުންފުންޏަކަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން އާރުޑީސީގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 49 ވަނަ ތަށި

17 ސެޕްޓެމްބަރު 2026
މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 49 ވަނަ ތަށި
16 ސެޕްޓެމްބަރު 2026

ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި

16 ސެޕްޓެމްބަރު 2026
ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި
10 ސެޕްޓެމްބަރު 2026

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026
ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން
09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
30 އޯގަސްޓު 2026

މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް

30 އޯގަސްޓު 2026
މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2026

ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް

23 އޯގަސްޓު 2026
ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
13 އޯގަސްޓު 2026

ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން

13 އޯގަސްޓު 2026
ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން
13 އޯގަސްޓު 2026

ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!

13 އޯގަސްޓު 2026
ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް