Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ކަޕް

މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 49 ވަނަ ތަށި

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:09

މިއީ މެސީގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި 49 ވަނަ ތަށި. މެސީ އަކީ ފުޓުބޯޅައިގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:09
މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބު ކުރުމަށް ފަހު މެސީ ތަށި އުފުލާލަނީ

މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބު ކުރުމަށް ފަހު މެސީ ތަށި އުފުލާލަނީ | ރޮއިޓާސް

އެމެރިކާގެ އިންޓަރ މިއާމީ އާއެކު ޗެމްޕިއަންސް ކަޕް ކާމިޔާބުކޮށް، ލިއޮނަލް މެސީގެ ކެރިއަރުގައި 49 ވަނަ ތަށި ކާމިޔާބުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ކުޅުނު މެޗުގައި މިއާމީ އިން ވަނީ 2-0 އިން ކްރޫޒް އަޒުލް ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މިއާމީ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާާފުގަ އެވެ.

މެޗު ފަށައިގެން 24 ވަނަ މިނެޓުގައި މިއާމީ އަށް ލީޑު ނަގައިދިނީ މެސީ އެވެ. މިއީ 2023 ވަނަ އަހަރު މިއާމީ އަށް ބަދަލުވި މެސީ އެ ކުލަބަށް ޖަހައިދިން 100 ވަނަ ލަނޑެވެ. މެސީ ވަނީ މިހާތަނަށް މިއާމީގައި 115 މެޗު ކުޅެފައި އެވެ. މެޗުގައި މިއާމީގެ ދެ ވަނަ ލަނޑު 81 ވަނަ މިނެޓުގައި ޖެހީ ކަސެމީރޯ އެވެ.

މެޗުން މޮޅުވެ މިއާމީ އިން ޗެމްޕިއަންސް ކަޕް ކާާމިޔާބުކުރިއިރު، މިއީ މެސީ މިއާމީ އާއެކު ކާމިޔާބު ކުރި ފަސް ވަނަ ތައްޓެވެ. މީގެ ކުރިން މެސީ ވަނީ މިއާމީ އާއެކު މޭޖާ ލީގު ސޮކާ ކަޕް އާއި ލީގްސް ކަޕް، އީސްޓާން ކޮންފަރެންސް އަދި ސަޕޯޓާސް ޝީލްޑު ވެސް ކާމިޔާބުކޮށްފަ އެވެ. 

އަނެއްކޮޅުން މިއީ މެސީގެ ކެރިއަރުގައި އޭނާ ކާމިޔާބު ކުރި 49 ވަނަ ތައްޓެވެ. މެސީ އަކީ ފުޓުބޯޅައިގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. މެސީ ވަނީ ބާސެލޯނާ އާއެކު 35 ތަށި، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ތިން ތަށި، އިންޓަރ މިއާމީ އާއެކު ފަސް ތަށި އަދި އާޖެންޓީނާ އާއެކު ހަ ތަށި ކާމިޔާބުކޮށްފަ އެވެ. 

އިންޓަ މިއާމީލިއޮނެލް މެސީ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި

16 ސެޕްޓެމްބަރު 2026
ވަދާއީ މެޗެއް ކުޅުމަށް އާޖެންޓީނާ ޤައުމީ ޓީމުން މެސީ އަށް ފުރުސަތު ދީފި
10 ސެޕްޓެމްބަރު 2026

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026
ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން
09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
30 އޯގަސްޓު 2026

މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް

30 އޯގަސްޓު 2026
މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2026

ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް

23 އޯގަސްޓު 2026
ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
13 އޯގަސްޓު 2026

ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން

13 އޯގަސްޓު 2026
ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން
13 އޯގަސްޓު 2026

ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!

13 އޯގަސްޓު 2026
ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
12 އޯގަސްޓު 2026

ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި

12 އޯގަސްޓު 2026
ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި
10 އޯގަސްޓު 2026

މޮންޓެރޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް އެ ލަނޑު ޚާއްސަ ކުރީ ބައްޕަ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި ހުރި މެސީ އަށް

10 އޯގަސްޓު 2026
މޮންޓެރޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް އެ ލަނޑު ޚާއްސަ ކުރީ ބައްޕަ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި ހުރި މެސީ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް