Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026 | ހޯމަ 04:09

މޮރީނިއޯ ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މީހަކަށް ދެންޏާ ބެލެންޑިއޯ ދޭން ޖެހޭނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަށް ކަމަށް. އަދި ވޯލްޑް ކަޕް ކާމިޔާބު ކުރި މީހަކަށް ބެލެންޑިއޯ ދެންޏާ ދޭން ޖެހޭނީ، ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ އަށް ކަމަށް މޮރީނިއޯ ބުނި. އެކަން ފާހަގަކޮށް މޮރީނިއޯ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާނީ ވަކި ކަމެއް ފުރިހަމަ ވެގެން ކަމަށާއި، އެއީ ޕީއެސްޖީ ނުވަތަ ސްޕެއިންގެ ކުޅުންތެރިޔަކަށް ވާން ނުޖެހޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 އޯގަސްޓު 2026 | ހޯމަ 04:09
ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ

ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ | ގެޓީ އިމޭޖަސް

މިއަހަރުގެ ބެލެންޑިއޯ އެވޯޑު ލިބެން ޖެހޭނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް ކަމަށާއި، އެއީ ފީފާ ވޯލްޑް ކަޕް ނުވަތަ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ބަލައިގެން ދޭން ޖެހޭ އެވޯޑެއް ނޫން ކަމަށް ރެއާލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ. 

ސްޕެނިޝް ލީގުގައި ރެއާލް އިން މަލާގާއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޮރީނިއޯ ބުނެފައި ވަނީ، މިވަގުތު ދުނިޔޭގެ އެންމެ ރަނގަޅު ކުޅުންތެރިންގެ ތެރޭގައި ދެ ކުޅުންތެރިޔަކު، ތިން ކުޅުންތެރިޔަކު ނުވަތަ ހަތަރު ކުޅުންތެރިޔަކު ތިބި ކަމަށެވެ. އަދި އެއީ ކޮން ކުޅުންތެރިންނެއްކަން އެންމެނަށް ވެސް އެނގޭ ކަމަށް އޭނާ ބުންޏެވެ. 

މޮރީނިއޯ ބުނީ އޭނާގެ ނަޒަރުގައި އެންމެ މޮޅު ކުޅުންތެރިޔަކަށް ހުރީ އެކަކު ކަމަށެވެ. އެއީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހައި، ރެކޯޑު ހަދާފައިވާ ކުޅުންތެރިޔާ ކަމަށް މޮރީނިއޯ ބުންޏެވެ. މޮރީނިއޯ އެ އިޝާރާތް ކުރަނީ މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕްގައި އެމްބާޕޭ ހެދި ރެކޯޑަށެވެ. ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު މިފަހަރު ނުލިބުނު ނަމަވެސް، އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ހޯދައިފައި އެވެ. 

މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އާއި ސްޕެއިންގެ ރޮޑްރީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ އޮސްމާން ޑެމްބެލޭ އަދި އެ ޓީމުގެ ކްވިޗާ ކްވަރެޝްކޭލިއާ ހިމެނޭނެ ކަމަށް ބެލެވެ އެެވެ. 

ދުނިޔޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު މޮރީނިއޯ ބުނީ، ޗެމްޕިއަންސް ލީގު ނުވަތަ ވޯލްޑް ކަޕް ކާމިޔާބު ކުރުމުން ބެލެންޑިއޯ ދޭން ޖެހޭ ކަމަށް ޤަބޫލު ނުކުރާ ކަމަށެވެ. އޭނާ ބުނީ ބެލެންޑިއޯ ދޭ ކުޅުންތެރިޔާ ވާން ޖެހޭނީ، އެ ކުޅުންތެރިޔަކު ރިޓަޔާ ކުރުމުން އޭނާގެ މަތިން އެންމެން ވެސް ހަނދާން ހުންނާނެ ކުޅުންތެރިޔަކަށް ކަމަށެވެ. މިސާލެއްގެ ގޮތުގައި މޮރީނިއޯ ވަނީ މަރަޑޯނާ އާއި ރޮނާލްޑީނިއޯ އާއި ރޮނާލްޑޯ ނަޒާރިއޯ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އަދި ޒިނެދިން ޒިދާން ފަދަ ކުޅުންތެރިންގެ ނަން ހިއްސާކޮށްފަ އެވެ. 

އެއާއެކު މޮރީނިއޯ ބުނީ، ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި މީހަކަށް ދެންޏާ ބެލެންޑިއޯ ދޭން ޖެހޭނީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ އަށް ކަމަށެވެ. އަދި ވޯލްޑް ކަޕް ކާމިޔާބު ކުރި މީހަކަށް ބެލެންޑިއޯ ދެންޏާ ދޭން ޖެހޭނީ، ސްޕެއިންގެ ކޯޗު ލުއިސް ޑި ލާ ފުއެންޓޭ އަށް ކަމަށް މޮރީނިއޯ ބުންޏެވެ. އެކަން ފާހަގަކޮށް މޮރީނިއޯ ބުނީ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާނީ ވަކި ކަމެއް ފުރިހަމަ ވެގެން ކަމަށާއި އެއީ ޕީއެސްޖީ ނުވަތަ ސްޕެއިންގެ ކުޅުންތެރިޔަކަށް ވާން ނުޖެހޭ ކަމަށެވެ. 

މިއަހަރުގެ ބެލެންޑިއޯ އެވޯޑު އޮންނާނީ އޮކްޓޫބަރު މަހުގެ ތެރޭގައި އެވެ. އެންމެ ފަހުން މިދިޔަ އަހަރުގެ ބެލެންޑިއޯ ކާމިޔާބު ކޮށްފައި ވަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑެމްބެލޭ އެވެ.

ބެލެންޑިއޯ އެވޯޑުރެއާލް މެޑްރިޑްޖޯސޭ މޮރީނިއޯ

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

23 އޯގަސްޓު 2026

ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް

23 އޯގަސްޓު 2026
ފަހު ވަގުތު އެސްޕަންޔޯލް ބަލިކޮށް، ރެއާލް އަށް ރަނގަޅު ފެށުމެއް
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
06 އޯގަސްޓު 2026

ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ

06 އޯގަސްޓު 2026
ރެއާލްގައި ވިނީޝިއުސް ބެހެއްޓުމަށް އެންމެ ބޮޑަށް ބާރުއަޅަނީ މޮރީނިއޯ
28 ޖުލައި 2026

ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް

28 ޖުލައި 2026
ޒިދާން ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗަކަށް
21 ޖުލައި 2026

ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟

21 ޖުލައި 2026
ވޯލްޑް ކަޕް ކާމިޔާބު ނުކޮށް، ބެލެންޑިއޯ އެވޯޑު ހޯދިދާނެ ހެއްޔެވެ؟
20 ޖުލައި 2026

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ

20 ޖުލައި 2026
އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ކެވިން ކީގަން މަރުވެއްޖެ
17 ޖޫން 2026

އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!

17 ޖޫން 2026
އެމްބާޕޭ ފްރާންސްގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ!
15 ޖޫން 2026

ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ

15 ޖޫން 2026
ރެއާލް އަށް ބަދަލުވާން ކުކުރޭލާ އެއްބަސްވެއްޖެ
08 ޖޫން 2026

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

08 ޖޫން 2026
ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި
06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް