Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް: ޒިދާން

10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:46

ޒިދާން ބުނީ މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެ ނަމަ، އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ އިސްކަން ދޭނީ މެސީ އަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:46
އާޖެންޓީނާގެ ކެޕްޓަން މެސީ އާއި ފްރާންސްގެ ކޯޗު ޒިދާން

އާޖެންޓީނާގެ ކެޕްޓަން މެސީ އާއި ފްރާންސްގެ ކޯޗު ޒިދާން | ރޮއިޓާސް

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާާ އަށް ދެމުން އަންނަ ބެލެންޑިއޯ އެވޯޑުގައި 100 ފަހަރު ވެސް ވޯޓު ލާނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކަމަށް، ޒިނެދިން ޒިދާން ބުނެފި އެވެ.

ދާދި ފަހުން ފްރާންސް ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ޒިދާން މިހެން ބުނެފައި ވަނީ، ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސް "މާކާ" އަށް ދިން އިންޓަވިޔުއެއްގަ އެވެ. އެގޮތުން ޒިދާން ބުނީ، މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު އޭނާ އަށް ލިބިއްޖެ ނަމަ، އެހެން ހުރިހާ ކުޅުންތެރިންނަށް ވުރެ އިސްކަން ދޭނީ މެސީ އަށް ކަމަށެވެ.

އެ މޭރުމުން ވާހަކަ ދައްކަމުން ޒިދާން ބުނީ، އޭނާ އަށް ފުރުސަތު ލިބިއްޖެ ނަމަ 100 ފަހަރު ވެސް ވޯޓު ދޭނީ މެސީ އަށް ކަމަށެވެ. ޒިދާންގެ ނަޒަރުގައި އުމުރުން 39 އަހަރުގައި ވެސް މެސީ ދައްކަމުންދާ ކުޅުމަކީ އާދައިގެ ކުޅުމެއް ނޫނެވެ. އޭނާ ފާހަގަކުރި ގޮތުގައި އެ އުމުރުގައި ވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނުމަކީ ކިހާ ވަރެއްގެ ކަމެއްކަން ގިނަ މީހުންނަށް ވަޒަން ނުކުރެވެނީ އެވެ. މިއީ މެސީގެ ހުނަރާއި ފެންވަރު ހުރި މިންވަރު ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ޒިދާން ސިފަކުރި އެވެ.

މީގެ އިތުރުން، މެސީ އަދިވެސް އިތުރު ބެލެންްޑިއޯ އެވޯޑެއް ކާމިޔާބު ކުރުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ޒިދާން ބުނެފައިވެ އެވެ. އޭނާ ބުނި ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް މެސީ އެ އެވޯޑު ކާމިޔާބުކޮށްފި ނަމަ، އެއީ އޭނާ ހައިރާންވާނެ ކަމަކަށް ނުވާނެ އެވެ. 

މެސީ އަކީ ބެލެންޑިއޯ އެވޯޑުގެ ތާރީޚުގައި ވެސް އެންމެ ގިނަ ފަހަރު އެ އެވޯޑު ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔާ އެވެ. މެސީ ވަނީ މިހާތަނަށް އަށް ފަހަރެެއްގެ މަތިން ބެލެންޑިއޯ އެވޯޑު ކާމިޔާބު ކޮށްފައި އެވެ. އެގޮތުން މެސީ ވަނީ 2009، 2011، 2012، 2013، 2016، 2019، 2021، އަދި 2023 ވަނަ އަހަރު ބެލެންޑިއޯ އެވޯޑު ކާމިޔާބުކޮށްފަ އެވެ. 

ބެލެންޑިއޯ އެވޯޑުޒިނެދިން ޒިދާންލިއޮނެލް މެސީ

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

09 ސެޕްޓެމްބަރު 2026
މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް
31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
30 އޯގަސްޓު 2026

މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް

30 އޯގަސްޓު 2026
މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2026

ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް

23 އޯގަސްޓު 2026
ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
13 އޯގަސްޓު 2026

ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން

13 އޯގަސްޓު 2026
ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން
13 އޯގަސްޓު 2026

ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!

13 އޯގަސްޓު 2026
ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
12 އޯގަސްޓު 2026

ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި

12 އޯގަސްޓު 2026
ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި
10 އޯގަސްޓު 2026

މޮންޓެރޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް އެ ލަނޑު ޚާއްސަ ކުރީ ބައްޕަ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި ހުރި މެސީ އަށް

10 އޯގަސްޓު 2026
މޮންޓެރޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު، ޑި ޕޯލް އެ ލަނޑު ޚާއްސަ ކުރީ ބައްޕަ މަރުވުމުގެ ސަބަބުން ޓީމާ ދުރުގައި ހުރި މެސީ އަށް
09 އޯގަސްޓު 2026

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

09 އޯގަސްޓު 2026
ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް