Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލެންޑިއޯ އެވޯޑު

މެސީ ހިމަނައިގެން ބެލެންޑިއޯގެ ނޮމިނޭޝަން އިއުލާނުކޮށްފި، ރޮނާލްޑޯ އަށް ފުރުސަތެއް ނެތް

9 ސެޕްޓެމްބަރު 2026 | ބުދަ 04:50

މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ ނޮމިނޭޓުވެފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ސެޕްޓެމްބަރު 2026 | ބުދަ 04:50
ބެލެންޑިއޯ އެވޯޑާ އެކު ލިއޮނަލް މެސީ

ބެލެންޑިއޯ އެވޯޑާ އެކު ލިއޮނަލް މެސީ | ރޮއިޓާސް

ފުޓުބޯޅައިގެ ދުނިޔޭގައި އެންމެ ޝަރަފުވެރި އިނާމަކަށް ބެލެވޭ ބެލެންޑިއޯ އެވޯޑުގެ މިއަހަރުގެ ހަފުލާ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަންގެ ޕެލޭޑިއަމް ތިއޭޓަރުގައި ބާއްވަން ހަމަޖެހިއްޖެ އެވެ.

މިއީ ބެލެންޑިއޯ އެވޯޑު ހަފުލާ ލަންޑަންގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި އަހަރުގެ ހަފުލާ އަކީ ވަރަށް ޚާއްސަ ހަފުލާއަކަށް ވާނެ އެވެ. ސަބަބަކީ 1956 ވަނަ އަހަރު ފްރާންސް ފުޓުބޯޅަ އިން ފެށި ބެލެންޑިއޯ އިނާމަށް 70 ވަނަ އަހަރު ފުރޭ އަހަރަށް ވާތީ އެވެ. 

2024 ވަނަ އަހަރުން ފެށިގެން ބެލެންޑިއޯ އިނާމު އިންތިޒާމު ކުރަމުން އަންނަނީ ފްރާންސް ފުޓުބޯޅަ އާއި ޔުއެފާ ގުޅިގެންނެވެ. ފްރާންސް ފުޓުބޯޅަ އަކީ ލެކީޕް ގްރޫޕްގެ ދަށުން ހިނގާ އިދާރާއެކެވެ. މި އަހަރުގެ ހަފުލާ ލަންޑަންގައި ބާއްވަން ނިންމީ، މި އިނާމު ފުރަތަމަ ފަހަރަށް ލިބުނު އިނގިރޭސި ކުޅުންތެރިޔާ ސްޓެންލީ މެތިއުސް އަށް އިހުތިރާމް އަދާކުރުމުގެ ގޮތުންނެވެ. 

މި އަހަރުގެ ފިރިހެން ބެލެންޑިއޯ އެވޯޑަށް 30 ކުޅުންތެރިން ނޮމިނޭޓު ކޮށްފައިވެ އެވެ. އެ ލިސްޓުގައި ރެއާލް މެޑްރިޑުގެ ޖޫޑް ބެލިންހަމް، ވިނީޝިއުސް ޖޫނިއާ އަދި ކީލިއަން އެމްބަޕޭ ހިމެނެ އެވެ. މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑު އަދި ރޮޑްރީ ވެސް ލިސްޓުގައި ހިމެނެ އެވެ.

ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އަދި ޕައު ކުބާސީ ވެސް އެވޯޑަށް ނޮމިނޭޓުވެފައިވެ އެވެ. މީގެ އިތުރުން އެންމެ ގިނަ ފަހަރު ބެލެންޑިއޯ ކާމިޔާބު ކޮށްފައިވާ، އިންޓަރ މިއާމީގެ ލިއޮނަލް މެސީ ވެސް ވަނީ އެވޯޑަށް ނޮމިނޭޓުވެފަ އެވެ. އަދި އިންޓަރ މިލާންގެ ލައުޓާރޯ މާޓިނޭޒް ވެސް މި ލިސްޓުގައި ހިމެނެ އެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކުޅުންތެރިންގެ ތެރެއިން  އެންމެ ފަހުން ބެލެންޑިއޯ ކާމިޔާބު ކުރި އޮސްމާން ޑެމްބެލޭ ވަނީ ނޮމިނޭޓުވެފަ އެވެ. އަދި އެ ޓީމުގެ އަޝްރަފް ހަކީމީ، މާކީނިއޯސް، ނޫނޯ މެންޑޭސް، ޔާއޯ ނޭވެސް، ފަބިއާން ރުއީޒް، ވިލިއަން ޕާޗޯ، ކްވިޗާ ކްވަރޭޝްކޭލިއާ އަދި ވިޓީނިއާ ވެސް ނޮމިނޭޓްކޮށްފައިވެ އެވެ.

އާސެނަލްގެ ގެބްރިއަލް، ޑެކްލަން ރައިސް އަދި ވިލިއަން ސަލީބާ ވެސް މި ލިސްޓުގައި ހިމެނެ އެވެ. ބަޔާން މިއުނިކްގެ ޑަޔޫޓް އުޕަމެކާނޯނޯ، ލުއިސް ޑިއާޒް، ހެރީ ކޭން އަދި މައިކަލް އޮލައިސޭ ވެސް ނޮމިނޭޓް ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން ޗެލްސީގެ މާކް ކުކުރޭލާ، މެންޗެސްޓަރ ޔުނައިޓެޑުގެ ބްރޫނޯ ފެނާންޑޭސް، އަލް ނަސްރުގެ ސަޑިއޯ މާނޭ، އަދި އަލް ޤަދްސިއްޔާގެ ޖޫލިއަން ކުއިނޯނޭސް ވެސް ލިސްޓުގައި ހިމެނެ އެވެ.

މިއަހަރުގެ ބެލެންޑިއޯ އެވޯޑަށް އަލް ނަޞްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ރަފީނިއާ ނޮމިނޭޓުވެފައި ނުވެ އެވެ.

ބެލެންޑިއޯ އެވޯޑުލިއޮނެލް މެސީކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2026

މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި

31 އޯގަސްޓު 2026
މެސީ ޤައުމީ ޓީމުން ރިޓަޔަރކޮށްފި
31 އޯގަސްޓު 2026

ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ

31 އޯގަސްޓު 2026
ޕީއެސްޖީ މީހަކަށް ބެލެންޑިއޯ ދެންޏާ ދޭންވީ އެންރީކޭ އަށް، ސްޕެއިން މީހަކަށް ދެންޏާ ފުއެންޓޭ އަށް: މޮރީނިއޯ
30 އޯގަސްޓު 2026

މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް

30 އޯގަސްޓު 2026
މެސީގެ ހަތަރު ލަނޑާ އެކު މިއާމީ އަށް ބޮޑު މޮޅެއް
23 އޯގަސްޓު 2026

ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް

23 އޯގަސްޓު 2026
ކުޅުންތެރިޔެއްގެ ގައިގައި ޖެހި މައްސަލައިގައި، މެސީ އަށް 5000 ޑޮލަރުގެ ޖޫރިމަނާއެއް
22 އޯގަސްޓު 2026

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި

22 އޯގަސްޓު 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނައިގައި
17 އޯގަސްޓު 2026

މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ

17 އޯގަސްޓު 2026
މިއީ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފަހު އަހަރު: ރޮނާލްޑޯ
13 އޯގަސްޓު 2026

ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން

13 އޯގަސްޓު 2026
ބައްޕަގެ ވަކިވުމަށް ފަހު މެސީގެ ފުރަތަމަ ފެނިލުން
13 އޯގަސްޓު 2026

ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!

13 އޯގަސްޓު 2026
ބައްޕައާ ނުލައި ކުރިއަށްދާނެ ގޮތެއް ނޭނގޭ ކަަމަށް ބުނެ، މެސީގެ ހިތްދަތި ޕޯސްޓެއް!
12 އޯގަސްޓު 2026

ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި

12 އޯގަސްޓު 2026
ބައްޕަގެ މަރަށް ފަހު، މެސީ ހުންނާނީ ދުވަސްކޮޅެއް ވަންދެން ކުޅުމާ ދުރުގައި
12 އޯގަސްޓު 2026

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

12 އޯގަސްޓު 2026
10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް