Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026 | ހުކުރު 03:23

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވާ އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކުރި ނަމަވެސް، އެ ގައުމުގެ ސިޔާސަތުތަކާ އެއްގޮތަށް ދަތުރުފަތުރު ކުރުމާއި ވިޔަފާރި ކުރުމުގައި ހަރުކަށި ހުރަސްތަކެއް ވަނީ ކުރިމަތިކޮށްފި. ދެ ގައުމުގެ ދެމެދުގައި އަސްކަރީ ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ޕެޒެޝްކިއާން ހިމެނިވަޑައިގަންނަވާ މި ވަފުދަށް ފުރުސަތު ދިނީ އދ. ގެ މައި މަރުކަޒު ހުންނަ ގައުމުގެ ހައިސިއްޔަތުން އުފުލަންޖެހޭ ބައިނަލްއަގުވާމީ ޒިންމާގެ ދަށުން

ނިއުސް ޓީމް
ނިއުސް ޓީމް | 18 ސެޕްޓެމްބަރު 2026 | ހުކުރު 03:23
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝްއާ ބައްދަލުކުރައްވަނީ

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޝްއާ ބައްދަލުކުރައްވަނީ | އަނަދޮލޫ

އަންނަ ހަފުތާގައި އެމެރިކާގެ ނިއު ޔޯކްގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ. ގެ އާންމު މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް، އީރާނުގެ ވަފުދަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވިސާ ދޫކޮށްފި އެވެ. މި ކަން އެ އިދާރާގެ ތަރުޖަމާނަކު ކަށަވަރުކޮށްދެއްވީ ބުރާސްފަތި ދުވަހު އެވެ.

އީމެއިލް މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ތަރުޖަމާނު ވިދާޅުވީ، އދ. ގެ މައި މަރުކަޒު ހުންނަ ގައުމުގެ ހައިސިއްޔަތުން އުފުލަންޖެހޭ ޒިންމާތަކާ އެއްގޮތްވާ ގޮތުގެ މަތިން، އީރާނު ސަރުކާރުގެ މައި ވަފުދަށް އާންމު މަޖިލީހުގެ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޒަމާނުއްސުރެ އަމަލުކުރަމުންދާ އެއްބަސްވުމެއްގެ ދަށުން، އދ. ގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ވަފުދުތަކަށް ވިސާ ދޫކުރުމަކީ މައި މަރުކަޒު ހުންނަ ގައުމުގެ ހައިސިއްޔަތުން އެމެރިކާގެ މައްޗަށް ލާޒިމު ކަމެކެވެ.

Advertisement - worldAdvertisement

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ތަރުޖަމާނު އިތުރަށް ވިދާޅުވީ، އީރާނުގެ ވަފުދަށް ވިސާ ދޫކުރި ނަމަވެސް ދަތުރުފަތުރު ކުރުމުގައި ހުރަސްތަކެއް ހުންނާނެ ކަމަށެވެ. އަދި، އެމެރިކާގެ ސިޔާސަތުތަކާ އެއްގޮތަށް އަގުބޮޑު މުދަލާއި އެހެނިހެން ތަކެތި ގަތުން އެ ވަފުދުގެ މެންބަރުންނަށް މަނާވާނެ ކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ވަފުދަކީ ކުޑަ ވަފުދެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. ރިޕޯޓްތައް ބުނީ، އީރާނުގެ މި ވަފުދުގައި އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާއި ޚާރިޖީ ވަޒީރު އައްބާސް އަރާގިޗީ ހިމެނިވަޑައިގަންނަވާ ކަމަށެވެ.

އދ. ގެ 81 ވަނަ އާންމު މަޖިލީހުގެ މަތީ ފަންތީގެ ބައްދަލުވުންތައް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު އެވެ. މި ބައްދަލުވުންތައް ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، ސަރަހައްދީ ސުލްހައިގެ އެއްބަސްވުމަކަށް މަގުފަހިކުރުމަށް މިދިޔަ ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވީ ނަމަވެސް، އެމެރިކާއިން އީރާނުގެ ވަފުދަށް ވިސާ މި ދޫކުރީ ދެ ގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނުގެ ސަރުކާރުގެ އިމާރާތްތަކަށާއި، އަސްކަރީ މަރުކަޒުތަކަށާއި، މިސައިލް އުފައްދާ ތަންތަނުގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ރައްދުގައި އީރާނުން ވެސް ވަނީ އިސްރާއީލަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އޭގެ ފަހުން މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ޓަކައި ޚާރިޖީ ގޮތުން ކުރެވޭ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޔޫންއެން ޖެނެރަލް އެސެމްބްލީނިއުޔޯކްއީރާންއެމެރިކާމަސްއޫދު ޕެޒެޝްކިއާންއީރާން-އިސްރާއީލު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026
ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟
17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް

16 ސެޕްޓެމްބަރު 2026
ބަޖެޓުގެ ދެބަސްވުމަކާ ހުރެ އިސްރާއީލުން ވައިގެ ދިފާއީ މިސައިލް ގަތުން ހުއްޓުމަކަށް
16 ސެޕްޓެމްބަރު 2026

20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް

16 ސެޕްޓެމްބަރު 2026
20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
14 ސެޕްޓެމްބަރު 2026

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026
އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް
14 ސެޕްޓެމްބަރު 2026

އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

14 ސެޕްޓެމްބަރު 2026
އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް