Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޫޡީ

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:50

ޔަމަނުގެ މާރިބް ސަރަހައްދުގައި ސައުދީ އަރަބިއްޔާގެ އެފް-15 މަރުކާގެ ބޯޓެއް ވައްޓާލާފައިވާ ކަމަށް ބުނެ، ހޫޘީން ވަނީ އެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފައި. އަމިއްލައަށް އުފައްދާފައިވާ މިސައިލަކުން މި ބޯޓު ވައްޓާލި ކަމަށް ބުނާ ބުނުމަށް ސައުދީން އަދި ރަސްމީ ޖަވާބެއް ދީފައި ނުވާއިރު، މިއީ ހަނގުރާމައިގެ ތެރޭގައި މިފަދަ ބޯޓެއް ވައްޓާލި ދެވަނަ ފަހަރު

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 10:50

ޔަމަނުގެ މާރިބް ގަވަރުނަރޭޓްގެ މަތިން އުދުހެމުންދިޔަ ސައުދީ އަރަބިއްޔާގެ ރޯޔަލް އެއާފޯސްގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް، ހޫޘީ ހަނގުރާމަވެރިން ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލެއް ބޭނުންކޮށްގެން ވައްޓާލައިފި | ހޫޘީ މިލިޓަރީ މީޑިއާ

އީރާނުގެ މަދަދުލިބޭ ހޫޘީ ހަނގުރާމަވެރިން ހަލުވިކަމާއެކު ކުރިއަރަމުންދާ ދަނޑިވަޅެއްގައި، ޔަމަނުގެ މަތިން ސައުދީ އަރަބިއްޔާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ކަމަށް ބުނެ، އެ މަންޒަރު ފެންނަ ވީޑިއޯއެއް ބުދަ ދުވަހު އެ ޖަމާއަތުން އާންމުކޮށްފި އެވެ. ހޫޘީންގެ މި ކުރިއެރުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުތަކަށް ވަނީ އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފަ އެވެ.

ހޫޘީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގައި އުފައްދާފައިވާ މި ޒަމާނީ ބޯޓު ވައްޓާލާފައިވަނީ ޔަމަނުގެ ހުޅަނގު މެދުތެރޭގައި އޮންނަ މާރިބް ގަވަރުނޭޓްގެ މަތިން "އުދުވާނީ އޮޕަރޭޝަންތަކެއް" ހިންގަމުން ދަނިކޮށް، އެ ގައުމުގައި އަމިއްލައަށް އުފައްދާފައިވާ ބިމުން ވައިގެ ތެރެއަށް ފޮނުވާލާ މިސައިލެއް ބޭނުންކޮށްގެން ކަމަށެވެ.

Advertisement - worldAdvertisement

އެ ޖަމާއަތުން އާންމުކުރި ވީޑިއޯއިން ފެންނަނީ މިސައިލެއް ގޮސް ހަނގުރާމަމަތީ ބޯޓެއްގައި ޖެހޭ މަންޒަރެވެ. އޭގެ ފަހުން ހޫޘީ ހަނގުރާމަވެރިން ސަހަރާގެ ތެރޭގައި ބޯޓުގެ ބައިތައް ބަލައި ފާސްކުރާ މަންޒަރު ފެނެ އެވެ. އެ ވީޑިއޯގެ އެއް ހިސާބަކުން ފެންނަ ގޮތުގައި، ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާގެ ދިދައާއި 5539 ނަންބަރު ޖަހާފައިވާ ބޯޓުގެ ފަހަތު ފިޔަގަނޑު (ޓެއިލްފިން) އުފުލާލާފަ އެވެ.

ސީއެންއެންގެ މިލިޓަރީ އެނަލިސްޓެއް ކަމަށްވާ، އެމެރިކާގެ އެއާފޯސްގެ ރިޓަޔާޑް ކާނަލް ސެޑްރިކް ލެއިޓަން ވިދާޅުވި ގޮތުގައި، ވީޑިއޯއިން ފެންނަ ވައްޓާލާފައިވާ އެފް-15 އެސް.އޭ ބޯޓުގެ ފަހަތުގައި ހުރި ފާހަގަތަކަކީ ސައުދީ އަރަބިއްޔާގެ އެފް-15 ބޯޓުތަކުގައި ހުންނަ ފާހަގަތަކާ ދިމާވާ ނިޝާންތަކެކެވެ.

ބޯޓު ވައްޓާލި ކަމަށް ބުނާ މި ހާދިސާ ހިނގާފައިވަނީ، އީރާނާއި އެމެރިކާއާ ދެމެދު އޮތް ހަމަނުޖެހުންތައް ސަރަހައްދީ ފެންވަރެއްގައި އިތުރަށް ގޯސްވެ، އަހަރުތަކެއް ވަންދެން ދާޚިލީ ހަނގުރާމައެއްގައި އޮތް ޔަމަނުގެ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގަ އެވެ.

އަދި ހޫޘީންގެ މި ދައުވާއާ ގުޅިގެން ސައުދީ އަރަބިއްޔާއިން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. 

ފަހަކަށް އައިސް ހޫޘީން ވަނީ ސައުދީގެ އެހީތެރިކަން ލިބޭ ޔަމަނުގެ ސަރުކާރާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަކޮށް، އެމީހުންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތައް ފުޅާކޮށްފައެވެ. އެގޮތުން މިދިޔަ ހަފުތާގައި އެމީހުން ވަނީ ޔަމަނުގެ ރެޑް ސީ (ރަތް ކަނޑު) ބަނދަރު ސިޓީއަކާއި، މުހިންމު ކަނޑުގެ މަގަކާ ކައިރީގައި އޮންނަ ރަށެއް ހިފާފައެވެ. މި ސަރަހައްދަކީ ސައުދީގެ ތެލާއި އުފެއްދުންތައް ބޭރުކުރުމަށް ބޭނުންކުރާ ސްޓްރެއިޓް އޮފް ހުރްމުޒްގެ ބަދަލުގައި، މަސްތަކެއް ވަންދެން ބޭނުންކުރަމުން އައި މުހިންމު މަގެކެވެ.

މީގެ އިތުރުން، ފާއިތުވި ހަފުތާތަކުގައި ހޫޘީން ވަނީ ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވެސް އިތުރުކޮށްފަ އެވެ. ރިޔާޟުން ވަނީ މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫޘީންނަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.

އެމެރިކާއާއި އީރާނުގެ ހަނގުރާމަ ދިގުލައިގެންދާއިރު، ސައުދީ އަރަބިއްޔާ މި ބޮޑު ހަމަނުޖެހުމުގެ ތެރެއަށް ވަދެގެން ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފަ އެވެ.

މި ބޯޓު ވައްޓާލިކަން ކަށަވަރުވެއްޖެނަމަ، މިއީ އެމެރިކާގައި އުފައްދާފައިވާ މިފަދަ ބޯޓެއް ހަނގުރާމައިގެ ތެރޭގައި ދިން ހަމަލާއެއްގައި ވައްޓާލި ދެވަނަ ފަހަރަށް ވާނެއެވެ.

މީގެ ކުރިން މި ހަނގުރާމައިގެ ކުރީކޮޅު، އީރާނުގެ ސިފައިން ވަނީ އެމެރިކާގެ އެއާފޯސްގެ އެފް-15 ސްޓްރައިކް އީގަލް ބޯޓެއް ވައްޓާލާފަ އެވެ.

އެ ފަހަރު ބޯޓު ވައްޓާލުމާ ގުޅިގެން އެމެރިކާއިން ހިންގި ރެސްކިއު އޮޕަރޭޝަނެއްގައި ބޯޓުގެ ފަޅުވެރިން ސަލާމަތްކުރެވުނު ނަމަވެސް، ސަހަރާގެ ތެރެއަށް ބޯޓުތައް ތާށިވުމުގެ ސަބަބުން އެމެރިކާގެ ބައެއް ބޯޓުތައް ނައްތާލަން ޖެހުނެވެ.

މީގެ އިތުރުން، އީރާނު ހަނގުރާމައިގެ ކުރީކޮޅު ކުވެއިތުން އޮޅިގެން ދިން ހަމަލާތަކެއްގައި އެމެރިކާގެ ތިން އެފް-15 ބޯޓު ވައްޓާލާފައިވެ އެވެ.

ސައުދީން ބޭނުންކުރާ އެފް-15 އެސް.އޭ އަކީ 1976 ވަނަ އަހަރުން ފެށިގެން އެމެރިކާގެ އެއާފޯސްގައި ބޭނުންކުރަމުން އަންނަ ޓްވިން-އިންޖީން ޖެޓްގެ އެންމެ ފަހުގެ ވަރޝަންތަކުގެ ތެރެއިން ބޯޓެކެވެ. ސައުދީގެ މި މޮޑެލް ބިނާކޮށްފައިވަނީ އެފް-15 އީ ސްޓްރައިކް އީގަލްގެ މައްޗަށެވެ. މިއީ 1991 ވަނަ އަހަރުގެ އޮޕަރޭޝަން ޑެޒާޓް ސްޓޯމްގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި ފަހުން، އެމެރިކާގެ ވައިގެ ބާރުގެ މައިބަދަ ކަމުގައި ބެލެވޭ ބޯޓެކެވެ.

އެމެރިކާގެ އެއާފޯސްގެ ނޫސްބަޔާނެއްގައިވާ ގޮތުން، ބޮއިންގް ކުންފުނިން އުފައްދާ މި ބޯޓުތަކުގެ އެންމެ ފަހު ޝިޕްމަންޓް ސައުދީ އަރަބިއްޔާއަށް ލިބިފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ހޫޡީޔަމަންއެމެރިކާ-ސައުދީ އަރަބިއްޔާއީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅި

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން

17 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން
17 ސެޕްޓެމްބަރު 2026

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026
ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟
17 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަކަށް ނޫން، އެ މަގު އޮތީ ދަތުރުފަތުރަށް ހުޅުވާލާފައި: ސެންޓްކޮމް

17 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަކަށް ނޫން، އެ މަގު އޮތީ ދަތުރުފަތުރަށް ހުޅުވާލާފައި: ސެންޓްކޮމް
17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި
16 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!

16 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
16 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!
16 ސެޕްޓެމްބަރު 2026

މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި

16 ސެޕްޓެމްބަރު 2026
މައްކާއަށް އަމާޒުކޮށް ހޫޘީން ފޮނުވި ޑްރޯނެއް ސައުދީ އިއްތިހާދުން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް