Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ ހަނގުރާމަ

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަކަށް ނޫން، އެ މަގު އޮތީ ދަތުރުފަތުރަށް ހުޅުވާލާފައި: ސެންޓްކޮމް

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 05:08

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަށް ކަމަށް ބުނާ ވާހަކަތައް އެމެރިކާގެ ސެންޓްކޮމުން ދޮގުކޮށް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް ބުނެފި. އެމެރިކާއިން ބުނި ގޮތުގައި އީރާނުގެ އަސްކަރީ ގާބިލުކަން ދަށްކޮށްލާފައިވާއިރު، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ވިޔަފާރި އުޅަނދުފަހަރަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެ ގައުމުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 05:08

އީރާނުގެ ހުއްދަނެތި ހުރްމުޒް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި ކަމަށް އައިއާރްޖީސީން ބުނާ އުޅަނދަކަށް މައްސަލައެއް ކުރިމަތިވެފައިވާ މަންޒަރުތައް | އެކްސް

އީރާނުގެ ކަނޑުގެ ވިޔަފާރި ބަންދުކޮށް، އެ ގައުމުގެ އަސްކަރިއްޔާއިން މުދާ އުފުލާ އުޅަނދުފަހަރަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި ވެސް، ހުރްމުޒް ކަނޑުއޮޅި މުދާ އުފުލާ އުޅަނދުފަހަރަށް ހުޅުވާލާފައި ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ބުނެފި އެވެ. މީގެ އިތުރުން، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި މެދުވެރިކޮށް އެތައް މިލިއަން ފީފާ ތެޔޮ އުފުލުމަށް އެމެރިކާގެ އަސްކަރިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

ގަލްފް ސަރަހައްދުގައި އޮންނަ، ދުނިޔޭގެ ވިޔަފާރިއަށް މުހިންމު ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެންމެ ބޮޑަށް އޮތީ ކޮން ގައުމަކަށްތޯ ބުނެ، އެމެރިކާއާއި އީރާނާ ދެމެދު ދަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވެމުންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ (ސެންޓްކޮމް) ތަރުޖަމާނު، ޔޫއެސް ނޭވީ ކެޕްޓަން ޓިމް ހޯކިންސް ބުދަ ދުވަހު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އީރާނަށް ކަމަށް ބުނާ ވާހަކަތައް ދޮގުކުރާ ކަމަށާއި، އެ ސަރަހައްދުން އުޅަނދުފަހަރު ދަތުރުކުރުން މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

Advertisement - worldAdvertisement

ހޯކިންސް ވިދާޅުވީ، މެއި މަހުގެ ކުރީކޮޅުން ފެށިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޭނުންވާ 900 މިލިއަނަށްވުރެ ގިނަ ފީފާ ސާފުނުކުރާ ތެޔޮ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް އުފުލުމުގައި، މުދާ އުފުލާ އުޅަނދުފަހަރަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ސެންޓްކޮމުން މި މޭރުމުން ވާހަކަދައްކާފައި މި ވަނީ، ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅީގެ ދަތުރުފަތުރާ ގުޅޭގޮތުން މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

ސެންޓްކޮމްގެ ތަރުޖަމާނު ވިދާޅުވީ، އެމެރިކާގެ ސިފައިން އެއްފަހަރާ ދެ މަސައްކަތެއް ކުރަމުންދާ ކަމަށެވެ. އެއީ، ވިޔަފާރި އުޅަނދުފަހަރަށް މަގުފަހިކޮށްދިނުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ހިސާރު ނުވަތަ ދަތުރުފަތުރު ހުއްޓުވުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމެވެ. "މި ބްލޮކޭޑާ ޚިލާފުވާން މަސައްކަތް ކުރި 100 އަށްވުރެ ގިނަ އުޅަނދެއްގެ މިސްރާބު އަޅުގަނޑުމެން ވާނީ ބަދަލުކޮށްލާފައި،" ހޯކިންސް ވިދާޅުވި އެވެ.

އީރާނުން ބުނަނީ ހުރްމުޒް އޮތީ އެ ގައުމުގެ ބާރުގެ ދަށުގައި ކަމަށް

ހޯކިންސް ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ހުރްމުޒް ކަނޑުއޮޅީގެ މައި ދަތުރުފަތުރުގެ މަގުތަކުގައި ހުރި މައިން ނުތަވަ ބޮންތައް ނަގާ ސާފުކުރުމުގެ މަސައްކަތް އެމެރިކާ ސިފައިން ނިންމާލާފައި ވަނީ މީގެ ހަފުތާތަކެއް ކުރިން ކަމަށެވެ. އޭނާ ވިދާޅުވީ، އެމެރިކާ ސިފައިން ތިބީ ވަރަށް ސަމާލުވެގެން ކަމަށާއި، އެ މަގުތަކަކީ އުޅަނދުފަހަރަށް ރައްކާތެރި ތަންތަނުގެ ގޮތުގައި ބޭއްވުމަށް ޓަކައި އަބަދުވެސް ފާރަވެރިވަމުންދާ ކަމަށެވެ.

"ކަނޑުއޮޅި އޮތީ ހުޅުވާލެވިފައި. އެ މަގުތަކަކީ ދަތުރުކުރެވޭނެ މަގުތަކެއް. މުދާ އުފުލާ އުޅަނދުފަހަރު މެދުނުކެނޑި އެ ސަރަހައްދުން ދަތުރުކުރަމުންދަނީ އެ ސަބަބަށް ޓަކައި،" ހޯކިންސް ވިދާޅުވި އެވެ. ނަމަވެސް، ހުރްމުޒްގެ ފުރިހަމަ ކޮންޓްރޯލް އޮތީ އީރާނުގެ އަތްދަށުގައި ކަމަށް ތެހްރާނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މީގެ އިތުރުން، އެމެރިކާގެ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުންތަކާއި އާންމުންގެ މުދަލަށް ލިބޭ ގެއްލުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ވެސް ހޯކިންސް ވަނީ ޖަވާބު ދެއްވާފަ އެވެ. މި މަހުގެ ކުރީކޮޅު، ހުރްމުޒް ކަނޑުއޮޅިއާ ކައިރީގައި އޮންނަ އީރާނުގެ ދެކުނު ހުރްމުޒްގާން ޕްރޮވިންސްގެ ސިރީކް ކައުންޓީގައި ހިމެނޭ ކުހެސްތަކް ސިޓީއަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ނިރުބަވެރި ހަމަލާތަކެއް ދީފަ އެވެ. އެ ސަރަހައްދުގެ މަސްދަރުތަކާއި އޮފިޝަލުން ބުނީ، އެމެރިކާގެ ހަމަލާތައް ކައިވެނި ހަފުލާއަކަށް އަމާޒުވެ، އެތައް ބަޔަކު ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

ނަމަވެސް ހޯކިންސް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން ހަނގުރާމައިގެ ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާ ކަމަށާއި، އެމެރިކާގެ ހަމަލާތައް އަމާޒުކުރީ އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯގެ (އައިއާރުޖީސީ) މަރުކަޒުތައް ހިމެނޭހެން، ހަމައެކަނި އަސްކަރީ އަމާޒުތަކަށް ކަމަށެވެ. "އަޅުގަނޑުމެންގެ އެއްވެސް އޮޕަރޭޝަނެއްގައި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާއެއް ދީފައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އީރާނުން ދިން ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ހޯކިންސް ވިދާޅުވީ، އެ ކަމުގެ ސަބަބުން އެމެރިކާގެ އަސްކަރީ ގާބިލުކަމަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށެވެ. އަދި، އެމެރިކާގެ ސިފައިން ވަނީ އީރާނުގެ މިސައިލް ހަމަލާދިނުމުގެ ގާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައި ކަމަށާއި، އީރާނުގެ ކަނޑުގެ ސިފައިންގެ ބާރު މިހާރު ވަނީ މުޅިން ކަނޑުވާލާފައި ކަމަށް ވެސް އޭނާ ދައުވާ ކުރެއްވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިސެންޓްރަލް ކޮމާންޑްއައިއާރުޖީސީ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ރައިޓް ސައިޒް ކުރަން އާރްޑީސީ އުވާލުމަށްފަހު އެކުންފުނީގެ 1200 އެއްހާ މުވައްޒަފުން އެހެން ކުންފުންޏަކަށް!

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ތިންވަނަ ފަހަރަށް ވޯޓު ދީފި
16 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!

16 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް!
16 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!
15 ސެޕްޓެމްބަރު 2026

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

15 ސެޕްޓެމްބަރު 2026
އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި
15 ސެޕްޓެމްބަރު 2026

އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި

15 ސެޕްޓެމްބަރު 2026
އީރާނުން 24 ގަޑިއިރުތެރޭ އެމެރިކާގެ ތިން ޑްރޯން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟

14 ސެޕްޓެމްބަރު 2026
ސައުދީގެ އީސްޓް-ވެސްޓް ތެޔޮހޮޅިއަށް ލިބުނު ގެއްލުމާއެކު ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރާނީ ކޮން އަސަރެއް؟
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅި މަތިން އެމެރިކާގެ އެންމެ ޒަމާނީ އެމް.ކިއު-1 މަރުކާގެ ޑްރޯނެއް އީރާނުން ވައްޓާލައިފި
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
14 ސެޕްޓެމްބަރު 2026

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

14 ސެޕްޓެމްބަރު 2026
އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް