ޤައުމީ ޓީމުގެ ކެޕްޓަންކަން ސަމޫހު އަށް
20 ސެޕްޓެމްބަރު 2026 | އާދީއްތަ 06:14ސަމޫހު އަށް ކެޕްޓަންކަން ހަވާލުކުރުމަށް ފަހު ޤައުމީ ކޯޗު އިސްތިވާން އުރުބާނީ ބުނީ، ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރެވޭނީ އޭނާ އަށް ކަމަށް


ޤައުމީ ޓީމުގެ ކޯޗު އުރުބާނީ، ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސި ސަމޫހުއާ ސަލާމް ކުރަނީ | ސޯޝަލް މީޑިއާ
ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަން ސަމޫހް އަލީ (ސަމުއްޓޭ) އާ ހަވާލުކޮށްފި އެވެ.
ޤައުމީ ޓީމުގެ ކެޕްޓަނަކަށް ސަމޫހު ހަމަޖެއްސީ، ބައިނަލްއަޤުވާމީ ބްރޭކުގައި ރާއްޖެ އިން ކުޅޭ ތިން މެޗާ ދިމާކޮށެވެ. މިފަހަރުގެ ބްރޭކުގައި ރާއްޖެ އިން ޗައިނާ އާއި ކިރްގިސްތާން އަދި ލިބުނާންއާ ދެކޮޅަށް ކުޅޭނެވެ. މި މެޗުތައް ކުޅުމަށް އާދީއްތަ ދުވަހުގެ ހަވީރު ޤައުމީ ޓީމު ފުރާނެ އެވެ.
ސަމޫހު އަށް ކެޕްޓަންކަން ހަވާލުކުރުމަށް ފަހު ޤައުމީ ކޯޗު އިސްތިވާން އުރުބާނީ ބުނީ، ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާ ކުރެވޭނީ އޭނާ އަށް ކަމަށެވެ. އަދި އޭނާގެ އިސްނެގުމާއި ލީޑަރޝިޕް އަކީ ވަރަށް ފާހަގަކުރެވޭ ކަމެއް ކަމަށް އުރުބާނީ ބުންޏެވެ.
ރާއްޖޭގެ އެންްމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ސަމޫހު ވަނީ ކުރިން ވެސް ޤައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. 2019 ވަނަ އަހަރު ޤައުމީ ޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން އޭނާ ކުޅެން ފެށިއިރު، ރަސްމީކޮށް ޤައުމީ ޓީމުގެ ކެޕްޓަނަކަށް އޭނާ ހަމަޖެއްސީ 2023 ވަނަ އަހަރު އެވެ.
އެންމެ ފަހުން ރާއްޖެ އިން ވާދަކުރި ޑައިމަންޑް ޖުބިލީ މުބާރާތުގައި އަނިޔާގެ ސަބަބުން ސަމޫހު ކުޅެފައި ނުވެ އެވެ.










