Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް

ހަތަރު ޓީމު ވާދަ ކުރާ މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރާނީ ޕާކިސްތާން އާއި އަފްޣާނިސްތާން. ރާއްޖެއާ އެއްވަރުވެ ބަންގްލަދޭޝް އަށް ތިން ވަނަ ލިބުނުއިރު، ރާއްޖެ ދިޔައީ ފުލަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 02:04
ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗުގެ ތެރެއިން. | އަދަދު ސްޕޯޓްސް

ރާއްޖޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބުލީ އިންޓަނޭޝަނަލް މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރި މެޗު އެއްވަރުވެ، އަފްޣާނިސްތާން އަށް ފައިނަލްގެ ފަހު ޖާގަ ލިބިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗަށް ނިކުތްއިރު ވެސް ރާއްޖެ ވަނީ މުބާރާތުން ކަޓައިފަ އެވެ. ނަމަވެސް، ރާއްޖެ އަތުން މޮޅުވެ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު ބަންގްލަދޭޝް އަށް އޮތެވެ. މެޗު އެއްވަރުވުމާ އެކު ބަންގްލަދޭޝް އަށް ފައިނަލްގެ ފުރުސަތު ގެއްލުނީ އެވެ. 

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ރާއްޖެ އިންނެވެ. އެގޮތުން ރާއްޖެ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއީ ބަންގްލަދޭޝްގެ އޭރިޔާގެ ތެރެއިން ރާއްޖޭގެ ޢަބްދުﷲ ލޫތު އިބްރާހީމް އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ބަންގްލަދޭޝް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެ ވަނަ ހާފުގަ އެވެ. އެގޮތުން ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިރާޖުލް އިސްލާމް އެވެ. މި ޕެނަލްޓީ އަކީ ރާއްޖޭގެ އޭރިޔާ ތެރެއިން ޠާއިފް ޤާސިމްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. 

މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ބަންގްލަދޭޝްގެ ކުޅުންތެރިން ވަރަށް ބޮަޑަށް ނުރުހުން ފާޅު ކުރަމުން ދިޔައިރު، މެޗުގެ ފަހު ވަގުތު ވަނީ ބޮޑު ހަމަ ނުޖެހުމެއް ވެސް ހިނގައިފަ އެވެ. ރާއްޖޭގެ ކުޅުންތެރިންނާއި ބަންގްލަދޭޝްގެ ކުޅުންތެރިންނާ ދެމެދު ހިނގި ހަމަ ނުޖެހުމުގެ ތެރެއިން ބަންގްލަދޭޝްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވެސް އަރައިގެންފައި އެވެ. އެކަން ކޮންޓްރޯލް ކުރަން ފުލުހުން ވަނީ މަސައްކަތް ކޮށްފައި އެވެ.

ހަތަރު ޓީމު ވާދަ ކުރާ މުބާރާތުގެ ފައިނަލްގައި ބައްދަލު ކުރާނީ ޕާކިސްތާން އާއި އަފްޣާނިސްތާން އެވެ. ރާއްޖެއާ އެއްވަރުވެ ބަންގްލަދޭޝް އަށް ތިން ވަނަ ލިބުނުއިރު، ރާއްޖެ ދިޔައީ ފުލަށެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

05 ޖޫން 2026

35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި

05 ޖޫން 2026
35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި
02 ޖޫން 2026

ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!

02 ޖޫން 2026
ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!
02 ޖޫން 2026

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

02 ޖޫން 2026
އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި
01 އެޕްރީލު 2026

ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި

01 އެޕްރީލު 2026
ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު