Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

ޤައުމީ ޓީމު ކުޅުނު މެޗުތައް މުހިންމު ނުވެ، ވަޒީރަށް މުހިންމުވީ އައްޑޫ ގޮނޑީގެ ކެމްޕެއިން

ދިވެހި ފުޓުބޯޅައިގެ ވަރަށް ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ޖައިމަންޑް ޖުބިލީ މުބާރާތަކީ ރާއްޖެ އަށް ވަރަށް ޚާއްސަ މުބާރާތެއް ކަަމަށް. ޚާއްސަކޮށް މިއީ ފުޓުބޯޅައިގެ 75 އަހަރުގެ ތެރޭގައި އޮންނަ ބޮޑު ޙަރަކާތަކަށް ވާއިރު، ޤައުމީ ޓީމުގެ މެޗެއް ބައްލަވާ ލައްވަން ވަޒީރު ވަޑައި ނުގެންނެވުމުން ދޭހަ ވަނީ ޤައުމީ ކަންކަން މުހިންމު ނުވުން ކަމަަށް އޭނާ ވިދާޅުވި. ހަމަ އެހެންމެ، ކުޅިވަރު ކުރިއަރުވަން ހިތުގެ އަޑިން މަސައްކަތް ކުރުމާއި، އަމަލުން އެކަން ދެއްކުމުގެ ޝައުޤުވެރިކަން ނެތްކަން ދޭހަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 06:30
ޕީއެންްސީ އިން ބޭއްވި ޖަލްސާއެއްގައި ކުޅިވަރު ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ.

ޕީއެންްސީ އިން ބޭއްވި ޖަލްސާއެއްގައި ކުޅިވަރު ވަޒީރު ރާފިޢު ވާހަކަ ދައްކަވަނީ. | ޕީއެންސީ

ރާއްޖޭގައި ކުރިއަށް ދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޤައުމީ ފުޓުބޯޅަ ޓީމުން ކުޅުނު އެއްވެސް މެޗެއް ބައްލަވާ ލެއްވުމަށް، ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވަޑައި ނުގެންނެވުމުން ފާޑު ކިޔުން އަމާޒުވެއްޖެ އެވެ.

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ މުބާރާތުގައި ވާދަ ކޮށްފައި ވަނީ ރާއްޖޭގެ އިތުރުން، ޕާކިސްތާން އާއި އަފްޣާނިސްތާން އަދި ބަންގްލަދޭޝް އެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ވަނީ ތިން މެޗެއް ކުޅެފައި އެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަފްޣާނިސްތާންއާ އެވެ. ދެ ވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޕާކިސްތާންއާ އެވެ. އެ ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފައި އެވެ. ތިން ވަނަ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ އެއްވަރުވެފައި އެވެ. ހަތަރު ޤައުމު ވާދަ ކުރި މުބާރާތުގައި ރާއްޖެ ދިޔައީ އެންމެ ފުލަށެވެ. 

ނަމަވެސް، މުބާރާތުގައި ރާއްޖެ އިން ކުޅުނު އެއްވެސް މެޗެއް ބައްލަވާލެއްވުމަށް ކުޅިވަރު ވަޒީރު ރާފިޢު ވަޑައިގެންފައި ނުވެ އެވެ. ރާއްޖޭގެ ފުޓުބޯޅަ ފޯރި އަލުން ދިރުވައި، ފުޓުބޯޅައިގެ ވާދަވެރިކަން އިތުރުކޮށް އަދި ޤައުމީ ޓީމު ކުޅޭ މެޗު ތަކުގެ ފޯރި ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ވަގުތެއްގައި، ޤައުމީ ޓީމުގެ މެޗެއް ބައްލަވާލެއްވުމަށް ވަޒީރު ވަޑައި ނުގެންނެވުމަކީ ހިތާމަ ކުރާ ކަމެއް ކަަމަށް ކުޅިވަރުގެ ބައެއް ފަރާތް ތަކުން ފާާހަގަ ކުރެ އެވެ. 

އެކަމާ ގުޅޭ ގޮތުން ދިވެހި ފުޓުބޯޅައިގެ ވަރަށް ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ޖައިމަންޑް ޖުބިލީ މުބާރާތަކީ ރާއްޖެ އަށް ވަރަށް ޚާއްސަ މުބާރާތެއް ކަަމަށެވެ. ޚާއްސަކޮށް މިއީ ފުޓުބޯޅައިގެ 75 އަހަރުގެ ތެރޭގައި އޮންނަ ބޮޑު ޙަރަކާތަކަށް ވާއިރު، ޤައުމީ ޓީމުގެ މެޗެއް ބައްލަވާ ލައްވަން ވަޒީރު ވަޑައި ނުގެންނެވުމުން ދޭހަ ވަނީ ޤައުމީ ކަންކަން މުހިންމު ނުވުން ކަމަަށް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ، ކުޅިވަރު ކުރިއަރުވަން ހިތުގެ އަޑިން މަސައްކަތް ކުރުމާއި، އަމަލުން އެކަން ދެއްކުމުގެ ޝައުޤުވެރިކަން ނެތްކަން ދޭހަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މިހާރު މިއީ ފުޓުބޯޅައިގެ ވަރަށް ބޮޑު މައިލްސްޓަންއެއް ދެއްތޯ، ހަތްދިހަ ފަސް އަހަރު ފުރުމަކީ. މިއީ ޤައުމީ ކަމެއް. ހަތްދިހަ ފަސް އަހަރުން އެއް ފަހަރު އޮންނަ މިވަރުގެ ކަމެއްގައި، ވަޒީރު ނުފެނުމަކީ ކޮން ކަހަލަ ކަމެއްތޯ؟ އެއީ ޤައުމީ ކަންކަން މުހިންމު ނުވުން، ޤައުމީ ޓީމު މުހިންމު ނުވުން. އަނެއްކާ ކުޅިވަރު ކުރިއަރުވަން ހިތުގެ އަޑިން މަސައްކަތް ކުރުމުގެ އިޚުލާސްތެރި ކަމެއް ނެތީ، އަމަލުން ވެސް އެކަން ނުދެއްކުނީ. މިކަމުގައި ވަޒީރު ނުކުރައްވާ މަސައްކަތެއް، އަދި ވަޒީރުގެ ނެތް ޝައުޤެއް ދެން ކާކުގެ ތޯ ހުންނާނީ؟
ފުޓުބޯޅަ ހިންގުމުގައި އަމަލީ ގޮތުން އުޅުއްވާ ބޭފުޅަކު.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކުޅިވަރުގެ ކަންކަން އަދި ފުޓުބޯޅަ ކުރިއަރުވަން ވަޒީރު ނުކުރައްވާ މަސައްކަތެއް، އަދި ވަޒީރުގެ ނެތް ޝައުޤުވެރި ކަމެއް އެހެން ބައެއްގެ ވެސް ނުހުންނާނެ ކަމަށެވެ. ވަޒީރަކީ މިކަހަލަ ކަންކަމުގައި އެންމެ ކުރީގައި ހުންނަވަން ޖެހޭ، އަދި ނަމޫނާ ދައްކަވަން ޖެހޭ ފަރާތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޤައުމީ ޓީމުން ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅުނުއިރު، ވަޒީރު ރާފިޢު އުޅުއްވީ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގަ އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަަކަށް ހަމަޖައްސަވާފައި ހުންނެވީ ވަޒީރު ރާފިޢު އެވެ. ޤައުމީ ޓީމުން ކުޅުނު އެއްވެސް މެޗެއް ބައްލަވާ ލައްވަން ވަޑައި ނުގެންނެވި ނަމަވެސް، މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވަނީ ބައިވެރިވެ ވަޑައިގެންފައި އެވެ.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތްގައުމީ ފުޓްބޯޅަ ޓީމުޢަބްދުﷲ ރާފިޢު (ކުޅިވަރު ވަޒީރު)

އިތުރަށް ކިޔާލަން

08 ޖޫން 2026

ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް

08 ޖޫން 2026
ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް
05 ޖޫން 2026

35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި

05 ޖޫން 2026
35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި
02 ޖޫން 2026

ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!

02 ޖޫން 2026
ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!
02 ޖޫން 2026

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

02 ޖޫން 2026
އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި
01 އެޕްރީލު 2026

ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި

01 އެޕްރީލު 2026
ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު