Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅެން ހަމަޖެހިއްޖެ

16 ސެޕްޓެމްބަރު 2026 | ބުދަ 04:46

އަންގާރަ ދުވަހު އެފްއޭއެމް އިން ވަނީ އެ މެޗު ވެސް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައި. އެގޮތުން ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅޭނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު. މި މެޗު ކުޅޭނީ ޗައިނާގެ ޗޮންގްގިންގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ސެޕްޓެމްބަރު 2026 | ބުދަ 04:46
ރާއްޖެ އާއި ޗައިނާ މީގެ ކުރިން ބައްދަލު ކުރި މެޗެއްގެ ތެރެއިން

ރާއްޖެ އާއި ޗައިނާ މީގެ ކުރިން ބައްދަލު ކުރި މެޗެއްގެ ތެރެއިން | ސޯޝަލް މީޑިއާ

ކުރިއަށް އޮތް ބައިނަލްއަޤުވާމީ ބްރޭކުގައި ދިވެހިރާއްޖެ އިން ޗައިނާއާ ދެކޮޅަށް ވެސް ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

ފީފާ ބްރޭކުގައި ރާއްޖެ އިން އެންމެ ފުރަތަމަ ނިންމީ ކިރްގިސްތާން އާއި ލުބުނާންއާ ދެކޮޅަށް ދެ މެޗު ކުޅުމަށެވެ. އެފްއޭއެމް އިން އެންމެ ފަހުން ހާމަކޮށްފައިވާ ކަލަންޑަރުގައި ޤައުމީ ޓީމުގެ ބްރޭކް އާއި، އިންޓަނޭޝަނަލް ފްރެންޑްލީ އަށް ކަނޑައަޅާފައި އޮތީ ސެޕްޓެމްބަރު މަހުގެ 21 އިން ފެށިގެން، އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.

އެގޮތުން ފުރަތަމަ މެޗުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރާއްޖެ އިން ކިރްގިސްތާންއާ ދެކޮޅަށް ކުޅޭއިރު، ދެ ވަނަ މެޗުގައި ލުބުނާންއާ ދެކޮޅަށް ކުޅެން އޮތީ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު އެވެ. މި ދެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކިރްގިސްތާންގެ ބިޝްކެކްގަ އެވެ.

ކިރްގިސްތާން އާއި ލުބުނާން މެޗު އިއުލާންކުރި ފަހުން އެފްއޭއެމް އިން ވަނީ ޗައިނާއާ ދެކޮޅަށް ވެސް މެޗެއް ކުޅުމަށް ހަމަޖެއްސުމަށް މަސައްކަތްކޮށްފަ އެވެ. އަންގާރަ ދުވަހު އެފްއޭއެމް އިން ވަނީ އެ މެޗު ވެސް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފަ އެވެ. އެގޮތުން ޗައިނާއާ ދެކޮޅަށް ރާއްޖެ އިން ކުޅޭނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މި މެޗު ކުޅޭނީ ޗައިނާގެ ޗޮންގްގިންގަ އެވެ. 

ރާއްޖެ އިން ވަނީ މިހާތަނަށް ހަ ފަހަރެއްގެ މަތިން ޗައިނާއާ ދެކޮޅަށް ކުޅެފަ އެވެ. އެ ހަ މެޗުގައި ވެސް ޗައިނާ އިން ވަނީ ރާއްޖެ ބަލިކޮށްފަ އެވެ. ހަމައެހެންމެ ރާއްޖެ އިން ވަނީ ކިރްގިސްތާާން އާއި ލުބުނާާންއާ ދެކޮޅަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ލުބުނާންއާ ދެކޮޅަށް ކުޅުނު ފަސް މެޗުން ވެސް ރާއްޖެ ބަލިވެފައިވާއިރު، ރާއްޖެ އިން ވަނީ ކިރްގިސްތާން އަތުން ދެ ފަހަރު މޮޅުވެފަ އެވެ. އަނެއް ދެ ފަހަރު ރާއްޖެ ވަނީ އެ ޓީމު އަތުން ބަލިވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައުމީ ފުޓްބޯޅަ ޓީމު

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2026

ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ

14 ސެޕްޓެމްބަރު 2026
ޗައިނާއާ ދެކޮޅަށް މެޗެއް ކުޅުމަށް ރާއްޖެ އިން މަސައްކަތް ކުރަނީ
13 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

13 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!
06 ސެޕްޓެމްބަރު 2026

ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ

06 ސެޕްޓެމްބަރު 2026
ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ
05 ސެޕްޓެމްބަރު 2026

އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން

05 ސެޕްޓެމްބަރު 2026
އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން
03 ސެޕްޓެމްބަރު 2026

އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ

03 ސެޕްޓެމްބަރު 2026
އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ
23 އޯގަސްޓު 2026

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

23 އޯގަސްޓު 2026
އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟
20 އޯގަސްޓު 2026

ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!

20 އޯގަސްޓު 2026
ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
11 ޖޫން 2026

ޤައުމީ ޓީމު ކުޅުނު މެޗުތައް މުހިންމު ނުވެ، ވަޒީރަށް މުހިންމުވީ އައްޑޫ ގޮނޑީގެ ކެމްޕެއިން

11 ޖޫން 2026
ޤައުމީ ޓީމު ކުޅުނު މެޗުތައް މުހިންމު ނުވެ، ވަޒީރަށް މުހިންމުވީ އައްޑޫ ގޮނޑީގެ ކެމްޕެއިން
08 ޖޫން 2026

ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް

08 ޖޫން 2026
ރާއްޖެ އާއި ބަންގްލަދޭޝް އެއްވަރުވެ، ފައިނަލްގެ ފަހު ޖާގަ އަފްޣާނިސްތާން އަށް
05 ޖޫން 2026

35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި

05 ޖޫން 2026
35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް