Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ފުޓުބޯޅަ ޓީމު

ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!

ދަގަނޑޭ އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ. ދުނިޔޭގެ ލެޖެންޑުންނާ އެކު، ފީފާގެ ސެންޗަރީ ކުލަބުގައި ދަގަނޑޭ ހިމެނުމާ އެކު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުޙަބާ ކިޔަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖޫން 2026 | އަންގާރަ 04:58
ދަގަނޑޭ ޤައުމީ ޓީމަށް 100 މެޗު ހަމަ ކުރުމުން، ފުޓުބޯޅަ އާއިލާ އިން އެކަމުގެ އުފާ ފާޅު ކުރަނީ.

ދަގަނޑޭ ޤައުމީ ޓީމަށް 100 މެޗު ހަމަ ކުރުމުން، ފުޓުބޯޅަ އާއިލާ އިން އެކަމުގެ އުފާ ފާޅު ކުރަނީ. | ނިޝާން އަލީ / މިހާރު

ޤައުމީ ފުޓުބޯޅަ ޓީމަށް 100 މެޗު ކުޅެދީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ސެންޗަރީ ކުލަބުން އަލީ އަޝްފާޤު (ދަގަނޑޭ) ޖާގަ ހޯދައިފި އެވެ.

އުމުރުން މިހާރު 40 އަހަރު ވެފައިވާ ދަގަނޑޭ، ފީފާގެ ސެންޗަރީ ކުލަބުން ޖާގަ ހޯދީ ހޯމަ ދުވަހުގެ ރޭ ރާއްޖެ އިން އަފްޣާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅެގެންނެވެ. އެ މެޗުގައި ދަގަނޑޭ ކުޅެން ނިކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއާ އެކު ދަގަނޑޭ ވެގެން ގޮސްފައި ވަނީ ރާއްޖެ އިން ފީފާގެ ސެންޗަރީ ކުލަބުގައި ހިމެނުނު ދެ ވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު މުޙައްމަދު އިމްރާން ވެސް ވަނީ ފީފާގެ ސެންޗަރީ ކުލަބުގައި ހިމެނިފަ އެވެ. 

ދަގަނޑޭ އެންމެ ފުރަތަމަ ރާއްޖޭގެ ޤައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ އަހަރު ތަކުގައި ދަގަނޑޭ ވަނީ އެކި ފަހަރު މަތިން ޤައުމީ ޓީމަށް ކުޅެފަ އެވެ. އަނިޔާގެ ސަބަބުން ޤައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު، އެންމެ ފަހުން ދަގަނޑޭ ޤައުމީ ޓީމުގައި ހިމެނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އަލުން ޤައުމީ ޓީމުގައި ހިމެނި، ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ އިން ކުޅުނު މެޗުގައި ވެސް ދަގަނޑޭ ވަނީ ކުޅެފަ އެވެ. 

ދަގަނޑޭ އަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. ދުނިޔޭގެ ލެޖެންޑުންނާ އެކު، ފީފާގެ ސެންޗަރީ ކުލަބުގައި ދަގަނޑޭ ހިމެނުމާ އެކު، ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުޙަބާ ކިޔަމުންނެވެ.

ގައުމީ ފުޓްބޯޅަ ޓީމުއަލީ އަޝްފާގު (ދަގަނޑޭ)

އިތުރަށް ކިޔާލަން

02 ޖޫން 2026

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

02 ޖޫން 2026
އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި
01 އެޕްރީލު 2026

ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި

01 އެޕްރީލު 2026
ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
15 މާރިޗު 2026

ދަގަނޑޭ އަލުން އެނބުރި ޤައުމީ ޓީމަށް

15 މާރިޗު 2026
ދަގަނޑޭ އަލުން އެނބުރި ޤައުމީ ޓީމަށް
28 ޑިސެމްބަރު 2025

ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި

28 ޑިސެމްބަރު 2025
ސެންޓޭގެ ދެ ލަނޑާ އެކު، ނިއު އިން ބުރު ބަލި ކުރި މެޗުގައި ދަގަނޑޭ އެނބުރި އައިސްފި
16 ޑިސެމްބަރު 2025

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު