Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

35 އަހަރު ފަހުން ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ކަޓައިފި

މިއީ 35 އަހަރުގެ ތެރޭގައި ޕާކިސްތާން އަށް ރާއްޖެ އަތުން މޮޅުވެވުނު ފުރަތަމަ ފަހަރު. މީގެ ކުރިން 1991 ވަނަ އަހަރުފެ ސާފް ގޭމްސްގައި ޕާކިސްތާން އިން ރާއްޖެ ބަލި ކުރި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖޫން 2026 | ހުކުރު 10:05
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕާކިސްތާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޕާކިސްތާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | އެފްއޭއެމް

ރާއްޖޭގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ޕާކިސްތާން އިން ވަނީ 3-0 އިން ރާއްޖެ ބަލިކޮށްފަ އެވެ. މެޗުގައި ޕާކިސްތާން އިން އެ ޓީމުގެ ތިން ލަަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޕާކިސްތާން އަށް ލީޑު ނަގައިދިނީ އުމަރު ނަވާޒް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށް ޕާކިސްތާންގެ ދެ ވަނަ ލަނޑު ޖެހީ  އަބްދުލް ސަމަދު ޝަހުޒާދު އެވެ. އޭގެ ފަހުން ޕާކިސްތާންގެ ތިން ވަނަ ލަނޑު ޖެހީ ހާރޫން ހާމިދު އެވެ.

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވެ ވަނީ މުބާރާތުން ކަޓައިފަ އެވެ. މިއީ 35 އަހަރުގެ ތެރޭގައި ޕާކިސްތާން އަށް ރާއްޖެ އަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1991 ވަނަ އަހަރުފެ ސާފް ގޭމްސްގައި ޕާކިސްތާން އިން ރާއްޖެ ބަލި ކުރި އެވެ. 

ހަތަރު ޤައުމު ވާދަ ކުރާ މުބާރާތުގައި ރާއްޖެ އަށް ބާކީ އޮތީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗުވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

02 ޖޫން 2026

ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!

02 ޖޫން 2026
ޤައުމީ ޓީމަށް 100 މެޗު ހަމަކޮށް، ދަގަނޑޭ ފީފާގެ ސެންޗަރީ ކުލަބަށް!
02 ޖޫން 2026

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

02 ޖޫން 2026
އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި
01 އެޕްރީލު 2026

ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި

01 އެޕްރީލު 2026
ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު