Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް

އަފްޣާނިސްތާން އިން ރާއްޖެ ބަލިކޮށްފި

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މުބާރާތެއް. މުބާރާތުގައި ޖުމުލަ ހަތަރު ޤައުމެއް ވާދަ ކުރޭ. އެއީ ރާއްޖެ އާއި އަފްޣާނިސްތާންގެ އިތުރުން ބަންގްލަދޭޝް އާއި ޕާކިސްތާން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 02:04
މެޗުގައި ލަނޑު ޖެހުމަށް ފަހު އަފްޣާނިސްތާާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އަފްޣާނިސްތާާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | އެފްއޭއެމް

ދިވެހި ރާއްޖޭގައި ފެށި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި އަފްޣާނިސްތާންއާ ދެކޮޅަށް ކުޅުނު މެޗުން ދިވެހި ރާއްޖެ ބަލިވެއްޖެ އެވެ. 

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މުބާރާތެކެވެ. މުބާރާތުގައި ޖުމުލަ ހަތަރު ޤައުމެއް ވާދަ ކުރެ އެވެ. އެއީ ރާއްޖެ އާއި އަފްޣާނިސްތާންގެ އިތުރުން ބަންގްލަދޭޝް އާއި ޕާކިސްތާން އެވެ. 

ހޯމަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު އަފްޣާނިސްތާން އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އަފްޣާނިސްތާން އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި ވެސް އަފްޣާނިސްތާން އިން ވަނީ ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ރާއްޖެ އިން ވެސް ވަނީ ލިބުނު ފުރުސަތު ތަކުގައި ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. 

މެޗުގެ 80 ވަނަ މިނެޓުގައި އަފްޣާނިސްތާން އިން ވަނީ ރާއްޖެ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އަފްޣާނިސްތާން އަށް ޖަހައިދިނީ ރޯމަން ފާޒީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެެއްގެ ގޮތުގަ އެވެ. 

މުބާރާތުގައި ރާއްޖޭގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާން އަތުން ބަލިވެފައިވާއިރު، ދެ ވަނަ މެޗުގައި ޕާކިސްތާންއާ ދެކޮޅަށް ނިކުންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. ބުރާސްފަތި ދުވަހުގެ ރޭ އަފްޣާނިސްތާން ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް އާއި ޕާކިސްތާން ބައްދަލު ކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. 

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި

01 އެޕްރީލު 2026
ފަހު ވަގުތު ރާއްޖެ އިން ޓިމޯ ލެސްޓޭ ބަލިކޮށްފި
11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު