Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ސައުދީ އަރަބިއްޔާ ގުޅުން

ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަތިންދާބޯޓު ވިއްކުމުގެ ހުއްދައަށް ޓްރަމްޕްގެ ސަރުކާރުން އެދެފި

18 ސެޕްޓެމްބަރު 2026 | ހުކުރު 08:02

ސައުދީ އަރަބިއްޔާގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އެމެރިކާއިން އެންމެ ޒަމާނީ އެފް-35 މަރުކާގެ ބޯޓުތައް ވިއްކުމަށް ނިންމާފައިވާއިރު، މީގެ ސަބަބުން އިސްރާއީލުގެ އަސްކަރީ ބާރުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް އެމެރިކާއިން ބުނޭ. ނަމަވެސް، މި ޓެކްނޮލޮޖީ ޗައިނާގެ އަތްދަށަށް ގޮސްދާނެ ކަމުގެ ބިރާއި ސަރަހައްދީ މަސްރަހަށް އަތުވެދާނެ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ބައެއް ސިޔާސީ ފަރާތްތަކުންނާއި އިސްރާއީލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ނިއުސް ޓީމް
ނިއުސް ޓީމް | 18 ސެޕްޓެމްބަރު 2026 | ހުކުރު 08:02
އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް

އެމެރިކާގައި އުފައްދާ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓެއް | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ސައުދީ އަރަބިއްޔާއަށް 48 އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ވިއްކުމުގެ ހުއްދައަކަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އެދިއްޖެ އެވެ. އަންދާޒާ ކުރެވޭ ގޮތުގައި މި މުއާމަލާތުގެ އަގު 24.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ އެވެ.

މި ވިޔަފާރީގެ ސަބަބުން ގަލްފް ސަރަހައްދުގެ ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ، ނޭޓޯގައި ނުހިމެނޭ އެމެރިކާގެ މުހިންމު ބައިވެރިއެއް ކަމަށްވާ ސައުދީ އަރަބިއްޔާގެ ސަލާމަތީ ކަންކަން ވަރުގަދަވެގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ. ހަމަމިއާއެކު، މިއީ އެމެރިކާގެ ޚާރިޖީ ސިޔާސަތުތަކާއި ގައުމީ ސަލާމަތާ ގުޅޭ މަގްސަދުތަކަށް ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

Advertisement - worldAdvertisement

އެ ގައުމުގައި ހުރި އެންމެ ޒަމާނީ އަސްކަރީ މަތިންދާބޯޓުތައް ސައުދީ އަރަބިއްޔާއަށް ވިއްކި ނަމަވެސް، އޭގެ ސަބަބުން އެ ސަރަހައްދުގެ އަސްކަރީ ބާރުގަދަ މިންގަނޑަށް ބަދަލެއް ނާންނާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ. މިއީ، އިސްރާއީލާ ކުރިމަތިލާފާނެ ސަރަހައްދީ ދުޝްމަނުންނަށްވުރެ އިސްރާއީލުގެ އަސްކަރީ ގާބިލުކަން އަބަދުވެސް ކުރީގައި އޮންނަންވާނެ ކަމަށް އެމެރިކާއިން ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

މި މަތިންދާބޯޓުތައް ވިއްކުމުގެ އިއުލާން މި ކުރީ، ސައުދީ އަރަބިއްޔާއިން ތާއީދުކުރާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކާ ދެކޮޅަށް ހަތިޔާރުއެޅި ހޫޘީ ޖަމާއަތުން ކުރަމުންދާ ހަނގުރާމައިގައި މުހިންމު ރަށެއް ކަމަށްވާ މައާރިބްގެ މަތިން، ސައުދީ އަރަބިއްޔާގެ އެފް-15 މަރުކާގެ ބޯޓެއް ވައްޓާލާފައިވާ ކަމަށް ހޫޘީން ބުދަ ދުވަހު ދައުވާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހޫޘީން ވަނީ އެ ރަށަށް ވެއްޓި، އަނދަމުންދާ ބޯޓެއްގެ ބައިތަކުގެ ކުރިމަތީގައި ހަނގުރާމަވެރިން ތިބޭ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ސައުދީ އަރަބިއްޔާގެ ނިޝާން ޖަހާފައިވާ، އެމެރިކާގައި އުފައްދާފައިވާ އެފް-15 މަރުކާގެ ބޯޓެއް ކަމަށް ބެލެވެ އެވެ.

އެ ބޯޓު ވައްޓާލާފައިވަނީ ހޫޘީ ޖަމާއަތުން އަމިއްލައަށް އުފައްދާފައިވާ މިސައިލެއް ބޭނުންކޮށްގެން ކަމަށް ހޫޘީން ވަނީ ބުނެފަ އެވެ. މިއީ، އެ ސަރަހައްދުގައި ހަނގުރާމަ ކުރުމަށް ހޫޘީންނަށް ލިބިފައިވާ ގާބިލުކަމަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެ އެވެ. މިހާތަނަށް ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާއިން ޔަމަނުގެ ވައިގެ ސަރަހައްދުގައި ބޮޑު ބާރެއް ދައްކަމުން އައިސްފައިވަނީ، އަވައްޓެރި ޔަމަނަށް ވައިގެ މަގުން ހަމަލާދިނުމަށް އެ ގައުމަށް ލިބިފައިވާ ގާބިލުކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ.

ސައުދީ އަރަބިއްޔާއާއި ހޫޘީންނާ ދެމެދު ބަދަލުކުރަމުންދާ ވަރުގަދަ ހަމަލާތަކުގައި، ބުރާސްފަތި ދުވަހު އެކަނި ވެސް ތިން ކުޑަކުދިން ހިމެނޭހެން މަދުވެގެން ފަސް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ވޮޝިންގޓަނުން ސީދާ ގޮތެއްގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާއިން އެދެމުން ދިޔަ ނަމަވެސް، އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އަދި، އީރާނުގެ ތާއީދު އޮންނަ ހޫޘީންނާއި، ސައުދީ އަރަބިއްޔާ އަދި ސައުދީން ތާއީދުކުރާ ޔަމަނުގެ ސަރުކާރާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރެއަށް ސީދާ ގޮތެއްގައި އެ ގައުމުން ނުވަންނާނެ ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ޗައިނާއާމެދު އޮތް ކަންބޮޑުވުންތައް

މި މަތިންދާބޯޓުތަކާ ގުޅިގެން ޗައިނާއިން ޖާސޫސްކޮށްފާނެ ކަމުގެ ބިރު ވެސް ވޮޝިންގޓަނަށް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސައުދީ އަރަބިއްޔާއާއެކު ޗައިނާއިން ބާއްވާ ގުޅުންތަކުގެ ތެރެއިން، އެފް-35 ގެ ޓެކްނޮލޮޖީ ބެއިޖިންގއަށް ލިބުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާގެ ޖާސޫސީ އެނަލިސްޓުން ފާހަގަކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްއިން މި ހަފުތާގައި ވަނީ ރިޕޯޓުކޮށްފަ އެވެ. މި ސަބަބުތަކާހުރެ، އެމެރިކާގެ ހައުސް އިންޓެލިޖެންސް ކޮމިޓީގެ ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ ރާޖާ ކްރިޝްނަމޫރްތީ ވަނީ މި ވިޔަފާރިއާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ. އެމެރިކާގެ އަސްކަރީ ޓެކްނޮލޮޖީގެ އެންމެ އަގުބޮޑު ޖަވާހިރުގެ ގޮތުގައި ބެލެވޭ އެފް-35 މަރުކާގެ އަސްކަރީ މަތިންދާބޯޓު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އަތްދަށަށް ގޮސްދާނެ ކަމުގެ އިންޒާރު އަމިއްލަ އިންޓެލިޖެންސް އިދާރާތަކުން ދެމުންދާއިރު، މި މުއާމަލާތް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް ކްރިޝްނަމޫރްތީ ވަނީ ގޮވާލައްވާފަ އެވެ.

ސައުދީ އަރަބިއްޔާއިން މިދިޔަ މަހު ވަނީ ޕާކިސްތާނާއި ތުރުކީވިލާތާއެކު 'މައްކާ އެގްރީމަންޓް' ގެ ނަމުގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ ވޮޝިންގޓަނަށް ބަރޯސާވުން ކުޑަކޮށް، ގައުމުތައް ގުޅިގެން ދިފާއީ ކަންކަން ވަރުގަދަކުރުމަށް މަސައްކަތްކުރާ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.

ސައުދީ އަރަބިއްޔާން އެފް-35 ބޯޓުތައް ގަތުމަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، އެ ސަރަހައްދުން މި ބޯޓުތައް މިހާރު ގެންގުޅޭ ހަމައެކަނި ގައުމު ކަމަށްވާ އިސްރާއީލުގެ އޮފިޝަލުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގައުމުން މި ކަންބޮޑުވުން ފާޅުކޮށްފައި މި ވަނީ ސައުދީ އަރަބިއްޔާއާއި އިސްރާއީލާ ދެމެދު ގުޅުން ގާއިމުކުރުމަށް އެމެރިކާއިން ބާރުއަޅަމުންދާ ދަނޑިވަޅެއްގަ އެވެ. މީގެއިތުރުން، ނޭޓޯގެ މެންބަރެއް ކަމަށްވާ އަދި އެފް-35 ބޯޓުތައް އުފެއްދުމުގެ މަޝްރޫއުގައި ބައިވެރިވި ތުރުކީ ވިލާތުން ރަޝިއާއިން އެންޓި-އެއާކްރާފްޓް މިސައިލް ގަތުމާ ގުޅިގެން، 2019 ވަނަ އަހަރުން ފެށިގެން އެ ގައުމަށް މި ބޯޓުތައް ދިނުން އެމެރިކާއިން ވަނީ މަނާކޮށްފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްއެމެރިކާ-ސައުދީ އަރަބިއްޔާއެފް-35ޔަމަންހޫޡީއިސްރާއީލް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

އީރާނުގައި ހުންނަ ސްވިޑެންގެ ޑިޕްލޮމެޓެއް ފައިބަން ތެހްރާނުން އަމުރުކޮށްފި

18 ސެޕްޓެމްބަރު 2026
އީރާނުގައި ހުންނަ ސްވިޑެންގެ ޑިޕްލޮމެޓެއް ފައިބަން ތެހްރާނުން އަމުރުކޮށްފި
18 ސެޕްޓެމްބަރު 2026

ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ

18 ސެޕްޓެމްބަރު 2026
ވިލާތުގެ ގައުމުތަކުން 25,000 އެމެރިކާ ސިފައިން ބާލަން ވިސްނަނީ
17 ސެޕްޓެމްބަރު 2026

ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި

17 ސެޕްޓެމްބަރު 2026
ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލާފައިވާ ވީޑިއޯ އާންމުކޮށްފި
17 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން

17 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާއާއެކު ސީދާ މަޝްވަރާއަކަށް އެދިފައެއްނުވޭ، ޓްރަމްޕް ދައްކަވަނީ ދޮގު ވާހަކަ: އީރާން
17 ސެޕްޓެމްބަރު 2026

އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް
17 ސެޕްޓެމްބަރު 2026

ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟

17 ސެޕްޓެމްބަރު 2026
ބޮޑު ހަނގުރާމައެއް ފަށައިގެން ސައުދީ އަރަބިއްޔާއަށް ޔަމަނުގެ ހޫޘީން ބަލިކުރެވިދާނެތަ؟
17 ސެޕްޓެމްބަރު 2026

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ

17 ސެޕްޓެމްބަރު 2026
އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ
17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ

16 ސެޕްޓެމްބަރު 2026
ހޫޘީންގެ ހަމަލާތަކުން ދިފާއުކޮށްދޭން ސައުދީން އެދުމުން، އަސްކަރީ އެހީ ފޯރުކޮށްދޭން އިނގިރޭސިވިލާތުން ވިސްނަނީ
16 ސެޕްޓެމްބަރު 2026

ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި

16 ސެޕްޓެމްބަރު 2026
ޔަމަނުގެ ހޫޘީން ސައުދީގެ އެފް-15 ހަނގުރާމަމަތީ ބޯޓެއް ވައްޓާލިކަން ޔަގީންކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް