Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ތަރައްގީއަށް ބޭނުންވާ އެހީގެ ކަންތައްތައް ހިނގާ މަގު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް: ޝާހިދު

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 19:25

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެ ބައިނަލްއަގުވާމީ އެހީތެރިކަން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. އިންޑިއާގެ ލޯނު ދެއްކުމުގައި ސަރުކާރުން އަމަލުކުރި ގޮތުން ގައުމަށް މާލީ ގެއްލުންވިކަން ފާހަގަކުރައްވައި، ރާއްޖެއަށް ގެއްލިފައިވާ އިތުބާރު އެމްޑީޕީން އަލުން ހޯދައިދޭނެ ކަމަށް ޝާހިދު ވިދާޅުވި

ނާޒުމީ ސައީދު
ނާޒުމީ ސައީދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 19:25
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު | ރާއްޖެއެމްވީ

ގައުމުގެ ތަރައްގީއަށް ބޭނުންވާ ބޭރުގެ އެހީގެ ކަންކަން ހިނގާ މަގު މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިންވަރަކީ ސުމެއް ކަމަށާއި، އެމްޑީޕީ އަލުން ވެރިކަމަށް އައިސް ރައްޔިތުންނަށް އައު އުންމީދަކާއެކު ތަރައްގީ ގެނެސްދޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު 2028 ކެމްޕެއިން ޓީމުން ހޮނިހިރު ދުވަހު ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ  ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ރާއްޖޭގައި އިސްލާހީ ހިޔާލާއި ފިކުރު ނައްތާނުލެވޭނެކަން މިއަދު ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި ރަށްރަށަށް ދިއުމުން ބައްދަލުވާ ކޮންމެ ރައްޔިތެއްގެ ފަރާތުން ފެންނަނީ މާޔޫސްކަމާއި ގޮތްހުސްވެފައިވާ މަންޒަރު ކަމަށާއި، ރައްޔިތުން މިއަދު ބުނަމުންދަނީ ޕީއެންސީގެ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް "ނޫނެކޭ" ކަމަށެވެ. މި ސަރުކާރުން ގައުމު އިނދަޖައްސާލައި، ރައްޔިތުންގެ ދިރިއުޅުން ހަލާކުކޮށްލާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

އިންޑިއާއިން ދިން 50 މިލިއަން ޑޮލަރުގެ ލޯނު ދެއްކި ވާހަކަ ސަރުކާރުން ތަކުރާރުކޮށް ދައްކަމުންދާތީ އެކަމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެއީ 2020 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ހާރިޖީ ވަޒީރަކަށް ހުންނަވައިގެން ހޯއްދެވި 200 މިލިއަން ޑޮލަރުގެ ލުއި ލޯނުގެ ބައެއް ކަމަށެވެ. އެ ލޯނަށް "ލުއި ލޯނު" ކިޔަނީ އޭގެ އިންޓްރެސްޓް ދައްކައިދެނީ އިންޑިއާ ސަރުކާރުން ކަމަށްވާތީ ކަމަށާއި، ނަމަވެސް އެކަން ވެސް މި ސަރުކާރަށް އެނގިވަޑައިނުގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އިންޑިއާ އަށް ގޮވާނެހާ އެއްޗެއް ގޮވާ، އެ ގައުމުގެ ބޮޑުވަޒީރުގެ މާލި ހައްދައިގެން މަގުމަތީ ދަމާފައި، 'އިންޑިއާ އައުޓް' ކިޔަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މާލި ހައްދައިގެން ނެރެ މާލޭގެ މަގުތަކުގައި ދަމާފަ ވެރިކަމަށް އައީ އިންޑިއާ އައުޓް ކިޔާފައި. އެ ފުއްޕުމުގައި އެ ހިތްވަރުގަ އައިސް ފުރަތަމަ 50 މިލިއަން ދެއްކީ. އިންޑިއާ ސަރުކާރުގައި އެދިވަޑައިނުގަންނަވާ ރޯލްއޯވަރ ކޮށްލަދޭށެކޭ. އެއީ އެއަށްވުރެ މާ ގަދަކޮށް ތިއްބެވީ
އަބްދުالله ޝާހިދު

 ޝާހިދު ވިދާޅުވީ އެއީ ކުރިން ވެސް ދައްކަން ނިންމާފައި އޮތް ފައިސާއެއް ކަމަށް ބުނެ ސަރުކާރުން ހަދަނީ ބުހުތާން ދޮގު ކަމަށެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ފެއިލްވެފައިވާތީ ބައިނަލްއަގުވާމީ މައިދާނުން ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. ނަމަވެސް، ބޭރު ގައުމުތަކުގެ ވެރިންނަށް އެމަނިކުފާނަކީ ކާކުކަން އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި ތަރައްގީގެ ފައިސާ އަލުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެއިތުރުން، މިއަދު ރާއްޖެއާމެދު ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ސުމަކަށް ގޮސްފައިވާތީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހިމާޔަތާއި، ރައްކާތެރިކަމާއި އިތުބާރު އެމްޑީޕީގެ ވެރިކަމެއްގައި އަނބުރާ ހޯދައިދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީރާއްޖެ-އިންޑިއާ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026
އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު
19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!
19 ސެޕްޓެމްބަރު 2026

މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން

19 ސެޕްޓެމްބަރު 2026
މިނިވަންކަމަކީ ރައީސަކު ދެއްވާ ހަދިޔާއެއް ނޫން
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
18 ސެޕްޓެމްބަރު 2026

ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ

18 ސެޕްޓެމްބަރު 2026
ރާއްޖޭގެ ރިޒާވްގައި ހުރީ ދޮޅު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ފައިސާ
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
17 ސެޕްޓެމްބަރު 2026

މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި

17 ސެޕްޓެމްބަރު 2026
މުއްދަތު އިތުރުކޮށް ނުދިނުމުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ އެންމެ ފަހު ޓްރެޜަރީ ބިލް ދައްކައިފި
17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

17 ސެޕްޓެމްބަރު 2026
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
16 ސެޕްޓެމްބަރު 2026

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

16 ސެޕްޓެމްބަރު 2026
50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް