Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އަރާ ކޮންމެ ރަށަކުން، ބައްދަލުވާ ކޮންމެ މީހަކު މިއަދު ބުނަނީ ފުދިއްޖެއޭ، މި ސަރުކާރު މުޅި ރާއްޖެ މާޔޫސްކޮށްލައިފިއޭ: ޝާހިދު

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 18:17

އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ފިކުރު ކަމަށާއި އެ ޕާޓީ ނައްތާނުލެވޭނެ ކަމަށް ކުރީގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ. ކ. ގުރައިދޫގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށާއި، އެމްޑީޕީ އަލުން ވެރިކަމަށް އައިސް ގައުމަށް ތަރައްގީ އާއި އުއްމީދު ގެނެސްދޭނެ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 18:17
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: ޝާހިދު ވަނީ ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: ޝާހިދު ވަނީ ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާފައި | ޓީމް ޝާހިދު

އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން، ވާހަކަ ދައްކާ ކޮންމެ ރައްޔިތަކު މިއަދު ބުނަނީ އެއް ވާހަކައެއް ކަމަށާއި އެއީ މި ސަރުކާރަށް ނޫނެކޭ ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ނޫނެކޭ ބުނުން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ކ. ގުރައިދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ މެދުކެނޑުމެއްނެތި 21 އަހަރު، އެންމެ ވަރުގަދަ އޮތް، އެންމެ ދުވަސްވީ ޕާޓީ ކަމަށެވެ. 

Advertisement - newsAdvertisement

އެ ޕާޓީ ހަލާކުކޮށް، ފޮހެލާނެ ކަމަށް އެމްޑީޕީއާ ޚިޔާލުތަފާތު ފިކުރުގެ މީހުން ބުނާ ކަމަށާއި އެހެން ނަމަވެސް އެކަން ނުވާނެ ކަން މިއަދު އެ ފަރާތްތަކުން ގަބޫލުކުރަންވެއްޖެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ޕާޓީ އަށް އަސަރުކުރާ ފަދަ ކަންތައްތައް ކުރާނެ ކަމަށް، މި ޕާޓީ ފޮހެލާނެ ކަމަށް، ޕާޓީ ނައްތާލާނެ ކަމަށް، މި ޕާޓީ ކުރިއަށް ނުގެންދެވޭނެ ކަމަށް އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ފިކުރުގެ ބޭފުޅުން އެކި ގޮތްގޮތަށް އެކި ޒަމާންތަކުގައި ވިދާޅުވެ، އެކި ކަހަލަ ކަންތައްތައް ކުރައްވަމުން ގެންދެވި. އެކަން ކުރައްވަންމުން ގެންދަވާ. އެކަމަކު އެބޭފުޅުންނަށް މިހާރު އެނގެން ވެއްޖެ، ސާފުކޮށް ދެނެވަޑައިގަންނަވަން ވެއްޖެ، އެކަމެއް މި ރާއްޖެއަކު ނުވާނެކަން. 
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވި މި ރާއްޖޭގެ އިސްލާހީ ޚިޔާލާއި ފިކުރު ދެން ނައްތާނުލެވޭނެކަން މިހާރު މިއީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެހެން ނަމަވެސް މިއަދު ދިމާވާ އެންމެ ހިތާމަވެރި ކަމަކީ ވަޑައިގަންނަވާ ކޮންމެ ރަށަކުން ބައްދަލުވާ ކޮންމެ ރައްޔިތެއްގެ ފަރާތުން އިވޭ މާޔޫސީ ވާހަކަ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން މިއަދު މާޔޫސްވެފައިވާ ކަމަށާއި، މިވަރުން ފުދިއްޖެ ކަމަށް ނުބުނާ ރައްޔިތަކުން މިއަދު ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިކަންކަން ނިމުމަކަށް ގެނެވޭނީ އެމްޑީޕީ އަށް ކަމަށެވެ.

އަރައިފި ކޮންމެ ރަށެއްގައި، ބައްދަލުވެއްޖެ ކޮންމެ މީހެއްގެ ދުލުން ފާޅުކުރާ ޝުއޫރަކީ ބުނާ ބަހަކީ މިހާރު މިއޮތް ޕީއެންސީ ސަރުކާރަށް ނޫނެކޭ. މިހާރު މި ހުރި ޑރ. މުއިއްޒު އަށް ނޫނެކޭ. ތިމަންނަމެންނަށް ފުދިއްޖެއޭ. މި ރާއްޖެ ހަލާކު ކޮށްލައިފިއޭ. މި ރާއްޖެ އިނދަ ޖައްސާލައިފިއޭ. ރައްޔިތުންނަށް ނުތަނަވަސްކަން އަތުވެއްޖެއޭ. ރައްޔިތުންގެ ދިރިއުޅުން ނެތި ކޮށްލައިފިއޭ. މި ގުރައިދޫ އަށް އައުމުން ފެންނަނީ މާޔޫސްކަން. ގުރައިދޫގެ ރައްޔިތުންނަށް ދަންނަވަން އޮތީ ތިބޭފުޅުން އެކަންޏެއް ނޫނޭ. އަޅުގަނޑުމެން މި ދާ ކޮންމެ ރަށަކުން ވެސް ފެންނަނީ މާޔޫސްކަމާ ގޮތް ހުސްވެފައިވާ ކަމޭ. 
އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ތަކުރާރުކޮށް ވެސް ހުރިހާ ރައްޔިތުންނަށް ދަންނަވަން އޮތީ އެންމެ ވާހަކައެއް ކަމަށެވެ. އެއީ މާޔޫސްވެވަޑައި ނުގަންނަވާށޭ ކަމަށާއި، އެމްޑީޕީ ވެރިކަމަށް އަންނާނެ ކަމަށެވެ. އަދި އެއާއެކު ރައްޔިތުންގެ މާޔޫސް ކަމަށް ވެސް ނިމުމެއް އަންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.ޑ

އެމްޑީޕީ ވެރިކަމަށް އައުމަށްފަހު އައު އުއްމީދަކާ އެކު ތަރައްގީގެ މަގު ގެނަސްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ، ޝާހިދު ވިދާޅުވީ އެކަމުގައި އެމަނިކުފާނާ އެކު ރައްޔިތުން ތިބުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ތަރައްގީ އަށް ބޭނުންވާ އެހީގެ ކަންކަން ހިނގާ ގޮތާއި ހިނގާ މަގު ފެނިގެންދާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީކ. ގުރައިދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026
ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!
19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

17 ސެޕްޓެމްބަރު 2026
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
09 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!

09 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް