Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޝާހިދު އާއި ކެމްޕެއިން ޓީމަށް ގުރައިދޫ އިން ހޫނު މަރުހަބާއެއް!

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 16:32

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރަކާތްތައް ފެއްޓެވުމަށްފަހު އަބްދުﷲ ޝާހިދު ކ. ގުރައިދޫއަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި. މި ދަތުރުފުޅުގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ހުރިހާ ފިކުރެއް ގޮވައިގެން ގައުމުގެ ލާބައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 16:32
ކ. ގުރައިދޫ އިން ޝާހިދު އަށް ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައި

ކ. ގުރައިދޫ އިން ޝާހިދު އަށް ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައި | ޓީމް ޝާހިދު

އެމްޑީޕީގެ ކުރީގެ ރައީސް، އަބްދުﷲ ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ކ. މާފުށިން ހޫނު މަރުހަބާ އެއް ދަންނަވައިފި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އެ ޕާޓީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައި، ކެމްޕެއިން ހަރަކާތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު ޝާހިދު އާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ވަނީ ގުރައިދޫ އަށް ވަޑައިގެންފަ އެވެ. 

Advertisement - newsAdvertisement

ޝާހިދު އަރިހުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާ މެންބަރު އިބްރާހީމް ނާޒިލްގެ އިތުރުން، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. 

ގުރައިދޫ އިން ޝާހިދު އާއި ޝާހިދުގެ ޓީމަށް ހޫނު މަރުހަބާ އެއް ދަންނަވާފައިވާއިރު، މި ދަތުރުގެ ތެރެއިން، އެމްޑީޕީގެ މެންބަރުންނާ ޝާހިދު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ޝާހިދު ކުރައްވަމުން ގެންދަވާ މި ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ވަނީ މި މަސައްކަތުގައި އެމްޑީޕީގެ ހުރިހާ އާންމު މެންބަރުންގެ ތާއީދާއި ވޯޓަށް އެދިވަޑައިގަންނަވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާނީ ޕާޓީގެ ހުރިހާ މެންބަރުންގެ މީހަކަށް ކަމަށާއި ހުރިހާ ފިކުރެއް ގޮވައިގެން އުޅުއްވާނެ އަދި އުޅުއްވޭނެ މީހަކަށް ވެވަޑައިގެން، ކަންކަން ޑެލިވަރ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

މީގެއިތުރުން މުޅި ގައުމުގެ ލާބަ އާއި މަސްލަހަތު އިސްކުރައްވާ، ހިމާޔަތްކުރައްވާ، ދިވެހި ރައްޔިތުންނަށް އިންސާފުވެރި، ހަމަހަމަ ފުރުސަތެއް އޮތް ސާދާ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީކ. ގުރައިދޫ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

4

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

5

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

17 ސެޕްޓެމްބަރު 2026
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
09 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!

09 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
05 ސެޕްޓެމްބަރު 2026

ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ

05 ސެޕްޓެމްބަރު 2026
ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް