Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް އިތުރު 3 ދުވަސް!

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:15

ފުލުހުންގެ ބެރިކޭޑް ހުރަސްކޮށް، މުދަލަށް ގެއްލުންދީ ގާނޫނު ތަންފީޒުކުރާ މުވައްޒަފުންނަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިންގެ ބަންދަށް ކޯޓުން އިތުރު 3 ދުވަސް ޖަހައިފި. އޭނާއާ ދެކޮޅަށް ފުލުހުން ހެކި ހުށަހަޅާފައިވާއިރު، ޝާމިންއަކީ ޖިނާއީ ކުށްވެރިއެއް ނޫންކަމަށް ބުނެ އޭނާ ދޫކޮށްލުމަށް އާއިލާއިން ވަނީ ގޮވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:15
އެމްޑީޕީގެ އެކްޓިވިސްޓް، މުހައްމަދު ޝާމިން

އެމްޑީޕީގެ އެކްޓިވިސްޓް، މުހައްމަދު ޝާމިން | ސޯޝަލް މީޑިއާ

މިދިޔަ އޮގަސްޓު މަހުގެ 28 ވީ ހުކުރު ދުވަހުގެރޭ އެމްޑީޕީ އިން ކުރިއަށްގެންދި މުޒާހަރާއަކާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓު، މުހައްމަދު ޝާމިން ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބަންދަށް އަނެއްކާ ވެސް އިތުރު 3 ދުވަސް ޖަހައިފި އެވެ. 

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު އެ އަމުރުގައި ބުނީ އޭނާއަށް ކުރާ ތުހުމަތަކީ ފުލުހުން ޖެހި ބެރިކޭޑް ހުރަސްކޮށް ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަނުމުގެ ތުހުމަތު ކަމަށެވެ. އޭނާ ހައްޔަރު ކުރުމަށްފަހު 10 ދުވަހުގެ މުއްދަތަށް ފުރަތަމަ ބަންދުކުރި އެވެ. 

Advertisement - newsAdvertisement

އެއަށްފަހު އެ މުއްދަތު ހަމަވުމުން ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުކޮށް އަނެއްކާ ވެސް އިތުރު 3 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. 

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން ޝާމިންގެ އާއިލާ މެންބަރަކު ބުނީ، މުޒާހަރާއެއް ކޮށްގެން ހައްޔަރުކޮށް ކުށްވެރިއަކަށް ހެދުމަކީ އިންސާފެއް ނޫން ކަމަށާއި، އޭނާއަކީ ޖިނާއީ ބޮޑު ކުށްވެރިއެއް ނޫން ކަމަށެވެ. އޭނާ ދޫކޮށްލުމަށް އާއިލާއިން ވަނީ ގޮވާލާފަ އެވެ. 

މި މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި އޭނާ ހައްޔަރު ކުރާ ސަބަބުގެ ގޮތުގައި ބުނެފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. 

އޭނާއަށް ކުރާ އިތުރު ތުހުމަތުތަކުގެ ތެރޭގައި، މުދަލަށް ގެއްލުން ދިނުން، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށް އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުން ހިމެނެ އެވެ.

އޭނާއާ ދެކޮޅަށް ފުލުހުން ވަނީ ސީސީޓީވީ ފުޓޭޖުގެ ސްނެޕްޝޮޓްތަކަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރަށް އިންޓެލިޖެންސް ރިޕޯޓެއް ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ.

މުހައްމަދު ޝާމިންއެމްޑީޕީ

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

ޑަޔާނާގެ މަތިން "މާ ގިނަ ދުވަސްތަކެއް ނުވެ ހަނދާން ނެތިދާނެ" ކަމަށް، އެކަމާނާ އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަސްގެފާނު ޗާލްސް ވިދާޅުވި: ޑަޔާނާގެ ކޮއްކޯފުޅު

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

19 ސެޕްޓެމްބަރު 2026
އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް
17 ސެޕްޓެމްބަރު 2026

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި

17 ސެޕްޓެމްބަރު 2026
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއެކު އިގުތިސާދީ ފުޅާ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި
16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
09 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!

09 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
05 ސެޕްޓެމްބަރު 2026

ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ

05 ސެޕްޓެމްބަރު 2026
ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
05 ސެޕްޓެމްބަރު 2026

މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު

05 ސެޕްޓެމްބަރު 2026
މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު
05 ސެޕްޓެމްބަރު 2026

ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!

05 ސެޕްޓެމްބަރު 2026
ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް