Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގައި 21 މީހުން މަރުވެއްޖެ

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:24

ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚާގައި ހުންނަ ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށް ތަހްރީކް ތާލިބާން ޕާކިސްތާނުން ދިން ކާރު ބޮމުގެ ހަމަލާ ބައިނަލްއަގުވާމީ މުޖުތަމައުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި. މި ހަމަލާއާ ގުޅިގެން ރައީސް އާސިފް އަލީ ޒަރުދާރީ ވަނީ ޓެރަރިޒަމް މުޅިން ނައްތާލުމަށް ގޮވާލައްވާފައި. އަފްޣާނިސްތާނުގެ އެހީތެރިކަމާއެކު މި ފަދަ ހަމަލާތައް އިތުރުވަމުންދާ ކަމަށް ޕާކިސްތާނުން ތުހުމަތުކުރި ނަމަވެސް، ތާލިބާން ސަރުކާރުން އެކަން ދޮގުކުރޭ

ނިއުސް ޓީމް
ނިއުސް ޓީމް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:24
ޕާކިސްތާނުގައި ކާރުބޮމެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާ ހިނގި ސަރަހައްދަށް އެމްބިއުލާންސްތައް ޖަމާވެފައި

ޕާކިސްތާނުގައި ކާރުބޮމެއް ގޮއްވާލައިގެން ދިން ބޮމުގެ ހަމަލާ ހިނގި ސަރަހައްދަށް އެމްބިއުލާންސްތައް ޖަމާވެފައި | އީޕީއޭ

ޕާކިސްތާނުގެ ހުޅަނގުއުތުރުގައި ހުންނަ ފުލުހުންގެ މަރުކަޒެއްގެ އެތެރޭގައި ހުރި މިސްކިތަކަށް އަމާޒުކޮށް ކާރު ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްގައި، 21 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފި އެވެ.

ޕާކިސްތާނުގެ އޭޕީޕީ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚައިބަރު ޕަޚްތޫންޚާ ޕްރޮވިންސްގެ ކޯހަތު ސިޓީގައި ހުންނަ ފުލުހުންގެ މަރުކަޒަށް ހަތިޔާރު އެޅި ބަޔަކު ބަޑިން ހަމަލާދިނުމުގެ އިތުރުން ކާރުބޮމެއް ގޮއްވައިލައިގެން ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ 15 އޮފިސަރުންނާއި ހަތަރު އަހަރުގެ ކުޑަކުއްޖަކު ހިމެނެ އެވެ. ފުލުހުން ބުނީ، ގޮވާތަކެތި ބަރުކޮށްފައިވާ ކާރެއް މިސްކިތުގެ ދޮރާށީގައި ޖައްސައި ގޮއްވާލާފައިވަނީ ހުކުރު ނަމާދު ކުރަމުން ދަނިކޮށް، އެ ގައުމުގެ ގަޑިން މެންދުރުފަހު 1:15 ހާއިރު ކަމަށެވެ.

Advertisement - worldAdvertisement

ޚައިބަރު ޕަޚްތޫންޚާ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، ބޮން ގޮއްވާލުމަށްފަހު ހިނގި ކުރިމަތިލުންތަކުގައި ހަމަލާދިން މީހުންގެ ތެރެއިން މަދުވެގެން ހަ މީހަކު މަރުވެފައިވާ ކަމަށެވެ. ބީބީސީ ވެރިފައިއިން ހޯދާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ހަމަލާ ދިން ސަރަހައްދު ވަނީ ކުނިބުނިތަކުން ފުރިފަ އެވެ. އަދި، އެތަނުގައި ތިބި މީހުން ދަނީ އަނިޔާވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޚައިބަރު ޕަޚްތޫންޚާގެ ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ޕާކިސްތާނީ ތާލިބާނުންގެ ނަމުން މަޝްހޫރުވެފައިވާ ތަހްރީކް ތާލިބާން ޕާކިސްތާންގެ ގޮތްޕަކުންނެވެ. ފުލުހުން ބުނީ، ޕާކިސްތާނީ ތާލިބާނުންގެ ނުބައި ރޭވުންތައް ނާކާމިޔާބު ކޮށްލުމަށް ފުލުހުން ސާބިތުކަމާއެކު ދެމިތިބި ކަމަށެވެ. ވަކި ސަރުކާރެއް ގާއިމުކުރުމުގެ މަގްސަދުގައި 2007 ވަނަ އަހަރު އުފެއްދި މި ޖަމާއަތަކީ އަލް-ގާއިދާއާއި އަފްޣާނިސްތާނުގެ ތާލިބާނުންނާ ގުޅުން އޮންނަ ބައެކެވެ.

ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ ނެރުއްވި ބަޔާނެއްގައި، މި ގޮވުމުގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަަވައި، ބޭރުގެ އެހީތެރިކަން ލިބިގެން ހަރަކާތްތެރިވާ ޓެރަރިސްޓުން މުޅިން ނައްތާލުމަށް ގޮވާލެއްވި އެވެ. އދ. ގެ ތަރުޖަމާނަކު ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޝް މި ހަމަލާ "ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ" ކަމަށާއި، އާންމު ރައްޔިތުންނާއި އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށްދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ. މީގެއިތުރުން، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެ ޕްރޮވިންސުން ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ކަމަށް ޚައިބަރު ޕަޚްތޫންޚާގެ ގަވަރުނަރު ފައިސަލް ކަރީމް ކުންޑީ ހުކުރު ދުވަހު ވިދާޅުވި އެވެ.

މިދިޔަ ފެބުރުވަރީ މަހު، އިސްލާމްއާބާދުގެ ޝިއައީ މިސްކިތަކަށް ދިން ހަމަލާ ހިމެނޭހެން، އެ ގައުމުގައި ދިން ސިލްސިލާ ހަމަލާތަކުގެ ފަހަތުގައި ވަނީ ޕާކިސްތާނީ ތާލިބާނުން ކަމަށް އޮފިޝަލުން ވަނީ ތުހުމަތުކުރައްވާފަ އެވެ. އެ ހަމަލާތަކުގައި 30 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ފަހަކަށް އައިސް ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުތަކުގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އިސްލާމްއާބާދުން ތުހުމަތުކުރާ ގޮތުގައި، ހަނގުރާމަވެރިން އަފްޣާނިސްތާނަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭނުންކޮށްގެން، ޕާކިސްތާނަށް ހަމަލާދިނުމަށް ތަމްރީނުތައް ހޯދައި ރޭވުންތައް ރާވަމުންދެ އެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ސަރުކާރުން ބުނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ މައްސަލައަކީ ޕާކިސްތާނުގެ ދާޚިލީ މައްސަލައެއް ކަމަށެވެ.

މަސްދަރު: ބީބީސީ

ޕާކިސްތާންޚައިބަރު ޕަޚްތުންޚުވާކޯހަތުތަހްރީކޭ ތާލިބާން ޕާކިސްތާންއާސިފް އަލީ ޒަރުދާރީޕާކިސްތާން-އަފްޣާނިސްތާން

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ޕާކިސްތާނުގެ ހަސްފަތާލެއްގައި ރޯވެ 14 ތުއްތުކުދިން މަރުވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް!

17 ސެޕްޓެމްބަރު 2026
ޕާކިސްތާނުގެ ހަސްފަތާލެއްގައި ރޯވެ 14 ތުއްތުކުދިން މަރުވި ހިތާމަވެރި ހާދިސާ ހިނގާދިޔަގޮތް!
15 ސެޕްޓެމްބަރު 2026

ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟

15 ސެޕްޓެމްބަރު 2026
ސައުދީ އަރަބިއްޔާއަށް ހޫޘީން ހަމަލާދިނުމުން 'މައްކާ ދިފާއީ އިއްތިހާދު'ގެ މެންބަރުން ސައުދީގެ ދިފާއުގައި ނުތެދުވީ ކީއްވެ؟
09 ސެޕްޓެމްބަރު 2026

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

09 ސެޕްޓެމްބަރު 2026
އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު
06 ސެޕްޓެމްބަރު 2026

14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގައި ބާއްވަން ނިންމައިފި

06 ސެޕްޓެމްބަރު 2026
14 ވަނަ ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ އޭޕްރީލް މަހު ޕާކިސްތާންގައި ބާއްވަން ނިންމައިފި
27 އޯގަސްޓު 2026

އީރާނާ ދެކޮޅަށް އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާނުވާނެ ކަމަށް ޕާކިސްތާނުން ބުނެފި

27 އޯގަސްޓު 2026
އީރާނާ ދެކޮޅަށް އެމެރިކާއިން އަމިއްލައަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާނުވާނެ ކަމަށް ޕާކިސްތާނުން ބުނެފި
26 އޯގަސްޓު 2026

ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ

26 އޯގަސްޓު 2026
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ރޯވެ 15 ކުޑަކުދިން މަރުވެއްޖެ
25 އޯގަސްޓު 2026

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދުނިޔޭގެ މަޝްހޫރު 21 ކްރިކެޓް ކެޕްޓަނަކު އެ ގައުމުގެ ސަރުކާރަށް އިލްތިމާސްކޮށްފި

25 އޯގަސްޓު 2026
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދުނިޔޭގެ މަޝްހޫރު 21 ކްރިކެޓް ކެޕްޓަނަކު އެ ގައުމުގެ ސަރުކާރަށް އިލްތިމާސްކޮށްފި
21 އޯގަސްޓު 2026

އިމްރާން ޚާން ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް

21 އޯގަސްޓު 2026
އިމްރާން ޚާން ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް
21 އޯގަސްޓު 2026

އިމްރާން ޚާން ސިއްހީ ފަރުވާއަށް ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

21 އޯގަސްޓު 2026
އިމްރާން ޚާން ސިއްހީ ފަރުވާއަށް ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
18 އޯގަސްޓު 2026

އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި

18 އޯގަސްޓު 2026
އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް