Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދުނިޔޭގެ މަޝްހޫރު 21 ކްރިކެޓް ކެޕްޓަނަކު އެ ގައުމުގެ ސަރުކާރަށް އިލްތިމާސްކޮށްފި

25 އޯގަސްޓު 2026 | އަންގާރަ 07:55

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް، އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ދުނިޔޭގެ މަޝްހޫރު 21 ކްރިކެޓް ކެޕްޓަނަކު އެ ގައުމުގެ ސަރުކާރަށް ގޮވާލައިފި. މި ފަރާތްތަކުން ފޮނުވި ސިޓީގައި، ކޯޓު އަމުރާ އެއްގޮތަށް މިނިވަން މެޑިކަލް ބޯޑަކުން އިމްރާންގެ ހާލަތު ބަލައި، އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ އިލްތިމާސްކޮށްފައި

ރާއްޖެ އެމްވީ | 25 އޯގަސްޓު 2026 | އަންގާރަ 07:55
އިނގިރޭސިވިލާތާއި ޕާކިސްތާނު ބައްދަލުކުރި ޓެސްޓް މެޗެއްގައި، ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ބެޓްކުރަނީ

އިނގިރޭސިވިލާތާއި ޕާކިސްތާނު ބައްދަލުކުރި ޓެސްޓް މެޗެއްގައި، ޕާކިސްތާނުގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ބެޓްކުރަނީ | ގެޓީ އިމޭޖަސް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ޖަލުގައި ހުންނަވާއިރު، އެމަނިކުފާނަށް އިންސާނީ ކަރާމާތް ހިފެހެއްޓޭ ފަދަ ގޮތަކަށް އަމަލުކުރުމަށާއި އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ގޮވާލައި، ބައިނަލްއަގުވާމީ ކްރިކެޓް ޓީމުތަކުގެ ކުރީގެ 21 ކެޕްޓަނަކު ޕާކިސްތާނު ސަރުކާރަށް އަނެއްކާވެސް އިލްތިމާސްކޮށްފި އެވެ. މި ފަރާތްތަކުގެ ތެރޭގައި އޮސްޓްރޭލިއާގެ ގްރެގް ޗެޕަލް އާއި އިންޑިއާގެ ސުނިލް ގަވާސްކަރް ހިމެނެ އެވެ.

މި ގްރޫޕުގައި އިނގިރޭސިވިލާތުގެ އެންމެ ދިގު މުއްދަތަކަށް ކެޕްޓަންކަން ކުރި ސަރ އެލަސްޓެއާ ކުކް އާއި އޮސްޓްރޭލިއާގެ މަޝްހޫރު ކުޅުންތެރިޔާ އިއަން ޗެޕަލް ވެސް ހިމެނޭއިރު، އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި އިމްރާން ޚާނާއެކު އޮތް ގުޅުމަކީ ގައުމީ ބޯޑަރުތަކަށްވުރެ ދުރަށް ފެތުރިފައިވާ މާ ބޮޑު ގުޅުމެކެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އޮފީހަށް އާދީއްތަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، މީގެ ހަ މަސް ކުރިން ވެސް ބައިނަލްއަގުވާމީ ކްރިކެޓް ޓީމުތަކުގެ ކުރީގެ 14 ކެޕްޓަނަކު އިމްރާން ޚާނަށް އިންސާނީ ކަރާމާތް ހިފެހެއްޓޭ ފަދަ ގޮތަކަށް އަމަލުކުރުމަށާއި އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމަށް އެދި ސިޓީއެއް ފޮނުވި ކަމަށެވެ. އަދި އެ ފަރާތްތަކުން ސިޓީ ލިޔުނީ ސިޔާސީ މީހުންގެ ހައިސިއްޔަތުން ނޫން ކަމަށާއި، އެއީ ކްރިކެޓް ދަނޑުމަތީގައި އުފެދުނު ގާތް ގުޅުމެއް އޮތް ކުރީގެ އެކުވެރިންނާއި ވާދަވެރިންގެ ހައިސިއްޔަތުން ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ ހަފުތާގައި އިމްރާން ޚާން ވަރަށް އަވަސް އަރުވާލައިގެން ހޮސްޕިޓަލަށް ގެންގޮސް، އެންމެ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަނބުރާ ޖަލަށް ގެންދިޔަ ހާދިސާއާ ގުޅިގެން، ކްރިކެޓް ކެޕްޓަނުން ވަނީ އެފަރާތްތަކުގެ ކަންބޮޑުވުންތައް އަލުން ތަކުރާރުކޮށްފަ އެވެ.

އިމްރާން ޚާނަށް އިހުމާލުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ޕާކިސްތާނު ސަރުކާރުން މިދިޔަ ހަފުތާ ގައި އަނެއްކާވެސް ދޮގުކޮށްފައިވެ އެވެ. ސަރުކާރުން ބުނެފައިވަނީ ޑޮކްޓަރުން އެމަނިކުފާނު ބައްލަވާފައިވާ ކަމަށާއި، ސަލާމަތީ ސަބަބުތަކަށްޓަކައި އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ "ޝިފާ އިންޓަނޭޝަނަލް" އަށް ގެންދެވެން ނެތް ކަމަށެވެ. އޭގެ ބަދަލުގައި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާވަލްޕިންޑީގެ އަޑިއާލާ ޖަލުން އެމަނިކުފާނު ބަދަލުކުރީ އިސްލާމްއާބާދުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ "ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް" (ޕީ.އައި.އެމް.އެސް) އަށެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ބައިނަލްއަގުވާމީ 14 ކްރިކެޓަރަކު ވަނީ އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ އޭނާގެ ކަނާތު ލޮލުގެ ފެނުމުގެ 85 އިންސައްތަ ގެއްލިފައިވާ ކަމަށް އާއިލާއިން ބުނުމާ ގުޅިގެންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ވާހަކަ ދޮގުކޮށްފަ އެވެ.

ކުރީގެ ބޮޑުވަޒީރުގެ ސިއްހީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް، ޖަލުގައި ހުންނެވުމުގެ ސަބަބުން އެމަނިކުފާނުގެ ސިއްހަތަށް ގެއްލުމެއް ލިބިފައި ނުވާކަން ބައިނަލްއަގުވާމީ މިނިވަން މާހިރުން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އިމްރާން ޚާން ބެއްލެވި ވަގުތު އެތަނުގައި ހުންނެވި އެމަނިކުފާނުގެ ކޮއްކޮ އުޒްމާ ޚާން ވިދާޅުވީ، އިމްރާން ޚާންގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ޖަލުގައި އެމަނިކުފާނަށް އަނިޔާކުރަމުންދާ ކަމަށް އިމްރާން ޚާން ތަކުރާރުކޮށް ވިދާޅުވި ކަމަށް އުޒްމާ ފާހަގަކުރެއްވި އެވެ.

އުމުރުން 73 އަހަރުގެ ކުރީގެ ކްރިކެޓް ތަރި އަދި ސިޔާސީ ލީޑަރުގެ މައްޗަށް ކޮރަޕްޝަނާއި، ދައުލަތުގެ ހަދިޔާ ވިއްކުމާއި، ގާނޫނާ ޚިލާފަށް ކައިވެނިކުރުން ފަދަ އެތައް ދައުވާއެއް ވަނީ އުފުލާފަ އެވެ. އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީ.ޓީ.އައި) ޕާޓީން ބުނަނީ މި ހުރިހާ ދައުވާތަކަކީ ވެސް ސިޔާސީ މަގްސަދެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ބައެއް ހުކުމްތައް ފަސްކޮށް ނުވަތަ ބާތިލުކޮށްފައިވީ ނަމަވެސް، ބައެއް މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދި އެހެން މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އެމަނިކުފާނު އަދިވެސް ހުންނެވީ ބަންދުގަ އެވެ.

އިމްރާން ޚާންގެ އާއިލާގެ މެންބަރުންނާއި ޕާޓީގެ ލީޑަރުން ތުހުމަތުކުރާ ގޮތުގައި، އެކަށީގެންވާ ސިއްހީ ފަރުވާ ނުދީ ހިފެހެއްޓުމުގެ ސަބަބުން އެމަނިކުފާނުގެ ސިއްހަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ސަރުކާރުން ވަނީ މި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.

ކްރިކެޓް ކެޕްޓަނުން ފޮނުއްވި ސިޓީގައި ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވަނީ، އިމްރާން ޚާން ހޮސްޕިޓަލުގައި ބޭއްވީ އެންމެ މަދު ގަޑިއިރުތަކަކަށް ކަމަށެވެ. އަދި ކޯޓުން އަމުރުކޮށްފައިވާ މެޑިކަލް ބޯޑުގެ ބަދަލުގައި، އެމަނިކުފާނު ބެއްލެވީ ސަރުކާރުން ކަނޑައެޅި ޓީމަކުން ކަމަށާއި، އެ ޓީމުގެ މަސައްކަތް ނުނިމެނީސް އެމަނިކުފާނުގެ ސިއްހަތު ރަނގަޅު ކަމަށް ކަނޑައަޅައި އަނބުރާ އަޑިއާލާ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ކޯޓު އަމުރާ ޚިލާފު ކަމެއް ކަމަށް އެމަނިކުފާނުގެ އާއިލާއާއި ގާނޫނީ ޓީމުން ބުނާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"ޕާކިސްތާނުގެ ދާޚިލީ ގާނޫނީ ކަންކަމާ ބެހުމަކީ އަޅުގަނޑުމެންގެ މަގްސަދެއް ނޫން. އެއީ އަޅުގަނޑުމެންގެ ދާއިރާއެއް ވެސް ނޫން. އަދި ފެބްރުއަރީ މަހު އަޅުގަނޑުމެން ސިޓީ ލިޔުނީ އެފަދަ ރޫހެއްގައެއް ވެސް ނޫން،" ކްރިކެޓް ކެޕްޓަނުން ލިޔެފައިވެ އެވެ.

ކްރިކެޓް ކުޅުންތެރިން އެދިފައިވަނީ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން އުފައްދާފައިވާ އަދި އިމްރާން ޚާންގެ އަމިއްލަ ޑޮކްޓަރުން ވެސް ހިމެނޭ މެޑިކަލް ބޯޑަކަށް، އެމަނިކުފާނުގެ ސިއްހީ ހާލަތު މިނިވަންކަމާއެކު ބެލުމުގެ ފުރުސަތު ދިނުމަށެވެ. ވަކިން ހާއްސަކޮށް ކަނާތު ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ބެލުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، އެއްވެސް ހުރަހެއް ނެތި އަދި އިދާރީ ލަސްކުރުމެއް ނެތި، ކޮންމެ ހަފުތާއަކު އެއްފަހަރު އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު އިމްރާން ޚާނަށް ދޭންޖެހޭނެ ކަމަށް އެ ސިޓީގައި ލިޔެފައިވެ އެވެ.

"އިމްރާން ޚާންގެ އުމުރަކީ މިހާރު 73 އަހަރު. އަދި އެމަނިކުފާނު ބަންދުގައި ހުންނަވާތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އެމަނިކުފާނުގެ މައްސަލައިގައި ގާނޫނީ އަދި ސިޔާސީ ގޮތުން ކޮންމެ ބަހުސެއް އޮތް ނަމަވެސް، ކޯޓުން އަމުރުކޮށްފައިވާ ސިއްހީ ފަރުވާގެ ކަންކަން ފުރިހަމަކުރުމަކީ އިންސާނީ އަސާސީ ކަމެއް،" ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މި އިލްތިމާސްގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ މައިކަލް އެތަރޓަން، މައިކަލް ބްރިއަރލީ، ނާސިރު ހުސައިން، އެންޑްރޫ ސްޓްރައުސް އަދި ޑޭވިޑް ގަވަރ ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާގެ ކަޕިލް ދޭވް އާއި ދިލިޕް ވެންގްސަރްކަރްގެ އިތުރުން އޮސްޓްރޭލިއާގެ ބެލިންޑާ ކްލާކް، އެޑަމް ގިލްކްރިސްޓް، ސްޓީވް ވޯ އަދި ކިމް ހިއުސް ވެސް ވަނީ ސޮއިކޮށްފަ އެވެ.

އިމްރާން ޚާންގެ ގާނޫނީ ވަކީލުންނާއި އާއިލާއިން ތުހުމަތުކުރާ ގޮތުގައި، އިސްލާމްއާބާދުގެ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޝިފާ އިންޓަނޭޝަނަލް އިން އެމަނިކުފާނު ބެއްލެވުމަށް ކޯޓުން ކުރި އަމުރަށް ޝަރީފްގެ ސަރުކާރުން ވަނީ ގޮންޖަހާފަ އެވެ.

އިމްރާން ޚާންޕާކިސްތާންޝެހްބާޒް ޝަރީފް ޕާކިސްތާން ތަހްރީކް އޭ އިންސާފް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

އިމްރާން ޚާން ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް

21 އޯގަސްޓު 2026
އިމްރާން ޚާން ޑޮކްޓަރަށް ދެއްކުމަށްފަހު އަނބުރާ ޖަލަށް
21 އޯގަސްޓު 2026

އިމްރާން ޚާން ސިއްހީ ފަރުވާއަށް ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

21 އޯގަސްޓު 2026
އިމްރާން ޚާން ސިއްހީ ފަރުވާއަށް ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
18 އޯގަސްޓު 2026

އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި

18 އޯގަސްޓު 2026
އިމްރާން ޚާންގެ ސިއްހީ ހާލަތު ގޯސްވެ، ޖަލުން ހޮސްޕިޓަލަށް ބަދަލުކުރުމަށް ކޯޓުން އަމުރުކޮށްފި
12 އޯގަސްޓު 2026

ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް

12 އޯގަސްޓު 2026
ހޫޘީން ބާބުލް މަންދަބުން ދަތުރުކުރި އާގުބޯޓަކަށް ދިން ހަމަލާގައި އަނިޔާވި މީހުންނާއި މަރުވި މީހުންގެ އަދަދު 16 އަށް
12 އޯގަސްޓު 2026

ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ވަޑައިގެންފި

12 އޯގަސްޓު 2026
ޕާކިސްތާނުގެ ދާޚިލީ ވަޒީރު އީރާނަށް ވަޑައިގެންފި
08 އޯގަސްޓު 2026

ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ

08 އޯގަސްޓު 2026
ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ
08 އޯގަސްޓު 2026

މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟

08 އޯގަސްޓު 2026
މައްކާގެ ދިފާއީ އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި އެމެރިކާގެ ދައުރަށް ވާނީ ކިހިނެއް؟
07 އޯގަސްޓު 2026

އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ

07 އޯގަސްޓު 2026
އީރާން ސައުދީއަށް: ދިފާއީ އެއްބަސްވުމުން ސަލާމަތެއް ނުލިބޭނެ
07 އޯގަސްޓު 2026

ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ

07 އޯގަސްޓު 2026
ސައުދީ، ޕާކިސްތާން، ތުރުކީން ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފި - ކޮންމެ ގައުމަކަށް ދެވޭ ހަމަލާއަކީ، ތިން ގައުމަށްމެ ދެވޭ ހަމަލާއެއްގެ ގޮތުގައި ބަލާނެ
07 އޯގަސްޓު 2026

ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ

07 އޯގަސްޓު 2026
ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި އުރުދުޣާން ހުކުރު ދުވަހު ސައުދީއަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް