Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެްއީރާން-އެމެރިކާ ހަނގުރާމަ

އާ އެއްބަސްވުމެއް ހަދަން ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް ތެހްރާނުން އެ ކަމާ ދެކޮޅު

9 ސެޕްޓެމްބަރު 2026 | ބުދަ 09:06

އީރާނާއެކު އާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި ނަމަވެސް، ކުރީގެ އެއްބަސްވުން ނޫން ގޮތެއް ގަބޫލުނުކުރާނެ ކަމަށް ބުނެ ތެހްރާނުން އެ ކަމަށް އިންކާރުކޮށްފި. މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުން ބޮޑުވެ، ހުރްމުޒް ކަނޑުއޮޅީގެ މަސްރަހު ނުތަނަވަސްވެފައިވާއިރު، އީރާނުން ވަނީ އާ މަޝްވަރާތަކަށް ދާން ދެކޮޅު ހަދައި ކުރީގެ އޮނިގަނޑުގައި ހިފަހައްޓާފައި

ނިއުސް ޓީމް
ނިއުސް ޓީމް | 9 ސެޕްޓެމްބަރު 2026 | ބުދަ 09:06

ހުރްމުޒް ކަނޑުއޮޅިން ފެށިގެން ޕާޝިއަން ގަލްފާ ހަމައަށް އެމެރިކާގެ ދެ އަސްކަރީ އުޅަނދަކަށާއި އިތުރު 18 އުޅަނދަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އީރާނުން ވަނީ އިއުލާނު ކޮށްފައި | އެކްސް/އީރާން އޮބްޒާވާ

އިރާނާއެކު އާ ސުލްހައިގެ އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންނެވި ނަމަވެސް، އާ އެއްބަސްވުމަކަށް މަޝްވަރާކުރުމަށް އިންކާރުކޮށް، ކުރީގެ އެއްބަސްވުން އިޔާދަކުރުމަށް ތެހްރާނުން ހުށަހަޅާފައިވާ ކަން ހާމަވެއްޖެ އެވެ. އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބޭއްވުމުގައި މެދުވެރިންގެ ދައުރު އަދާކުރަނީ ޕާކިސްތާނާއި ޤަތަރުންނެވެ. އޮގަސްޓު. މަހުގެ 24 ވަނަ ދުވަހު ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ވަނީ ޓްރަމްޕްގެ ހާއްސަ މެސެޖަކާއެކު ތެހްރާނަށް ދަތުރު ކުރައްވާފަ އެވެ. އެ ދަތުރުފުޅުގައި އޭނާ ވަނީ އީރާނުގެ ރައީސް މަސްއޫދު ޕީޒިޝްކިއާނާއި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ވެރިޔާ މުހުސިން ރިޒާއީއާ ބައްދަލު ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި މުނީރު ހިއްސާކުރެއްވި މެސެޖަކީ "ކުރީގެ އެއްބަސްވުމަށް އަލުން އެނބުރި ނުދާނަން،" ކަމަށް ޓްރަމްޕް ދެއްވި މެސެޖު ކަމުގައި އީރާންގެ މަސްދަރުތަކުން ބުންޏެވެ. މާނައަކީ، އީރާނާއި އެމެރިކާއާ ދެމެދު ކުރިން ސޮއިކޮށް އަމަލުކުރަން ފެށި އެއްބަސްވުމަށް ރުޖޫއަވުމަށް ޓްރަމްޕް ބޭނުންފުޅުނުވާ ކަމެވެ. އަދި، މުޅިން އާ އެއްބަސްވުމެއް އެކުލަވާލަން ޓްރަމްޕް ބޭނުންފުޅުވާ ކަން މި މެސެޖުން ހާމަވެފައިވާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.

މުނީރު ތެހްރާނަށް ވަޑައިގެންނެވި ދުވަހު އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވަނީ އީރާނާ ދެކޮޅަށް "ޑީ-ޑޭ" ގެ ނަމުގައި އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި، އެ ކަން އިއުލާނު ކުރައްވާފަ އެވެ. އަދި، ތެހްރާނާއެކު ވިޔަފާރީގެ މުއާމަލާތްތައް ކުރިއަށްގެންދާ ގައުމުތަކަށް ސެކަންޑަރީ ސެންކްޝަން ނުވަތަ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ އިންޒާރު ދެއްވި އެވެ.

ޖޫންގެ އެއްބަސްވުން އުވާލެއްވީ ޓްރަމްޕް

މިދިޔަ ޖޫން މަހުގެ 17 ވަނަ ދުވަހު އީރާނާއި އެމެރިކާއާ ދެމެދު އެކުލަވާލި އެއްބަސްވުމަކީ، މަސްތަކެއް ވަންދެން ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށާއި ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެކުލަވާލި އޮނިގަނޑެވެ. މީގެ އިތުރުން، ބޮޑެތި ބައެއް މައްސަލަތަކަށް ހައްލެއް ނުލިބި ހުރި ނަމަވެސް، މިއީ ތެހްރާނާއި ވޮޝިންގޓަނާ ދެމެދު އިތުރު މަޝްވަރާތަކެއް ކުރުމަށް މަގުފަހިކުރުމުގެ މަގްސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ.

ނަން ހާމަކޮށްފައިނުވާ ތެހްރާނުގެ ސިޔާސީ މަސްދަރަކުން ވިދާޅުވީ، މިހާރު އޮތް އެއްބަސްވުމުގެ ސަބަބުން އީރާނަށް ފާހަގަކޮށްލެވޭ ބޮޑެތި ފައިދާތަކެއް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި އީރާނަށް ތެލުގެ އާމްދަނީ ސީދާ އެމެރިކާ ޑޮލަރުން ލިބޭނެ ގޮތަށް ހަމަޖެހިފައިވާ "އޮއިލް ވޭވަރ" އާއި، ލުބުނާން ހިމެނޭހެން ހުރިހާ ސަރަހައްދެއްގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ އިތުރުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނަށް އޮތްކަން ބަލައިގަތުން ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އީރާންގެ އަަސްކަރިއްޔާއިން އަތުލައިގަނެފައިވާ އެމެރިކާގެ އަސްކަރީ ޑްރޯން ސަބްމެރީނެއް ދައްކާލަކީ | އެކްސް/އީރާން އޮބްޒާވާ

ތެހްރާންގެ ދާރިސް ވިދާޅުވީ، ވޮޝިންގޓަނުގައި ތިބި ޓްރަމްޕާ އިދިކޮޅު ފަރާތްތަކާއި، ހަރުކަށި ފިކުރުގެ "ނިއޯކޮންޒަވެޓިވް" މީހުންގެ އިތުރުން އިސްރާއީލުން ޓްރަމްޕަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ. އެ ފަރާތްތަކުން ދަނީ ޓްރަމްޕް އީރާނުގެ ކުރިމަތީގައި "ކަކޫޖަހައި އަމާންދީފި" ކަމަށް ތުހުމަތުކޮށް ކެމްޕޭނެއް ވެސް ހިންގަމުންނެވެ. ހޫނު މޫސުމުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް، އޮމާންގެ އައްސޭރިފަށުން ދެކުނު ފަރާތުން ތެޔޮ ޓޭންކަރުތަކަށް ދަތުރުކުރެވޭނެ މަގެއް މަޑުމަޑުން ހުޅުވާލާފަ އެވެ. މަސްރަހު ދިރާސާކުރައްވާ ދާރިސް ވިދާޅުވީ، އީރާނުގެ ހުއްދައާ ނުލާ ހުރްމުޒްގެ ދަތުރުތައް އެމެރިކާއިން ފަށާފައި ވަނީ އެއްބަސްވުން އުވާލުމަށް ޓްރަމްޕް ބޭނުންފުޅުވާތީ ކަމަށެވެ. އަދި، ރައްދު ދިނުމަށް ތެހްރާނަށް މަޖުބޫރުކުރުވުމުގެ ގޮތުން ކަމަށެވެ. ޓްރަމްޕްގެ އަމާޒަކަށްވީ އެއްބަސްވުމުން ވަކިވުމުގެ ފުރުސަތު ހޯދާ، އިސްރާއީލު ރުއްސުމެވެ.

ހުރްމުޒްގެ މައްސަލާގައި ދެ ފަރާތުން އަނެއްކާވެސް ހަމަލާ ބަދަލުކުރަނީ

ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި، ހަނގުރާމަ ދޭތެރެ ދޭތެރެއިން މަޑުޖެހިލުމަށްފަހު އަލުން ކުއްލި ކުއްލިއަށް ކުރިމަތިލުންތައް ހިނގަމުންދާއިރު، ހުރްމުޒް ކަނޑުއޮޅީގެ މިލްކުވެރިކަމާ ގުޅޭ ހަމަނުޖެހުންތައް މިދިޔަ ހަފުތާގައި ވަނީ އަލުން ގޯސްވެފަ އެވެ. ހުސްވި ހަފުތާ ބަންދުގެ ތެރޭގައި އީރާނުގެ ސިފައިންނާއި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެއް ބަޔަކު އަނެއް ބައެއްގެ އުޅަނދުފަހަރަށް ރައްދުގައި ހަމަލާތަކެއް ދީފަ އެވެ. އަދި، އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭނެ ކަމަށް އީރާނުން އިންޒާރު ދިނުމާ ގުޅިގެން، މި ހަފުތާ ފެށުނުއިރު އެ ކަނޑުއޮޅި މެދުވެރިކޮށް ކުރާ ދަތުރުފަތުރު ވަނީ މަދުވެފަ އެވެ.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު، އެއްބަސްވުން ތަންފީޒުކުރުމުގައި، ހާއްސަކޮށް ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު އެއްބަސްވުން ރޫޅެން ފެށި އެވެ. އެމެރިކާއިން ކަނޑުމަގުން ދަތުރުކުރާނެ ވަކި މަގެއް ހެދުމަށް ކުރި މަސައްކަތަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އެ ސަރަހައްދުން ދަތުރުކުރި އުޅަނދުތަކަށް ހަމަލާދިނުމާ ގުޅިގެން، ޖުލައި 7 ވަނަ ދުވަހު އެމެރިކާއިން ވަނީ އެއްބަސްވުމުގެ ދަށުން އިގްތިސާދީ ގޮތުން ދީފައިވާ އެންމެ މުހިންމު އެއް ލުއި ކަމަށްވާ، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމަށް ދީފައިވާ ލުއިތައް ބާތިލުކޮށްފަ އެވެ. މީގެ އިތުރުން، ކަނޑުގެ ދަތުރުފަތުރު ކޮންޓްރޯލް ކުރުމުގެ ބާރު އީރާނަށް އޮތް މިންވަރާ މެދުގައާއި، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހިސާރު އުވާލާނެ ވަގުތާއި މިންވަރާ މެދު ވެސް ދެ ގައުމުގެ ދެމެދުގައި ވަނީ ހިޔާލުތަފާތުވުން އިތުރުވެފަ އެވެ.

މުނީރުގެ ދަތުރުފުޅުގެ ތިން ދުވަސް ފަހުން، ގަތަރުގެ ބޮޑުވަޒީރު ހިމެނޭހެން އެ ގައުމުގެ އިސްވެރިންގެ ވަފުދެއް އީރާނަށް ވަޑައިގަންނަވައި، އެއްބަސްވުމަށް ރުޖޫއަނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވާ މެސެޖު ތެހްރާނަށް ރައްދު ކުރެއްވި އެވެ. ނަމަވެސް މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނުގެ އިސްވެރިން މުނީރަށާއި ގަތަރުގެ ވަފުދަށް ދެއްވި ޖަވާބަކީ، އީރާނުން ގަބޫލުކުރާނީ ހަމައެކަނި މިހާރު އޮތް އެއްބަސްވުން ކަމަށާއި، އެ ނޫން އެއްވެސް ގޮތެއް ގަބޫލުނުކުރާނެ ކަމަށެވެ.

އީރާނުން ވެސް އޮތީ ދޫދޭގޮތަކަށް ނޫން

މަސްދަރުތަކުން ބުނާ ގޮތުގައި އޮމާނާއި ގަތަރުން ދަނީ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސްގެން އެ އަލުން ދިރުވައި، މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން، އީރާނާއި އެމެރިކާ އެއްބަސްވުމަކާ ގާތަށް ގެނައުމަށް ސިއްރިއްޔާތުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި ގަތަރުގެ ނުފޫޒުގަދަ މިނިސްޓަރެއް ކަމަށްވާ އަލީ އަލް-ޘަވާދީ އިސްކޮށް ހުންނަވައިގެން، ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ގަތަރުގެ ވަފުދެއް ތެހްރާނަށް ދަތުރު ކޮށްފައިވާ ކަމަށް މަސްދަރުތަކުން ހާމަކުރި އެވެ.

މި ކަމުގެ މައުލޫމާތު އިނގޭ ދެ މަސްދަރަކުން ބުނީ، އީރާނުން އެންމެ ފަހުން ފޮނުވި މެސެޖަށް ޓްރަމްޕް ދެއްވި ޖަވާބު ޘަވާދީ ހިއްސާކުރެއްވި އިރު، އެ ޖަވާބުގައި ވެސް ޓްރަމްޕް ވަނީ އެއްބަސްވުމަށް އަލުން އަމަލުނުކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި ކަމަށެވެ. ނަމަވެސް، އީރާނުން ގަތަރުގެ އިސްވެރިންނަށް އަލުން އަންގާފައި ވަނީ، އެ ގައުމުން ކުރީގެ އެއްބަސްވުން ދޫކޮށްނުލާނެ ކަމަށާއި، އަދި އާ އެއްބަސްވުމަކަށް މަޝްވަރާކުރަން ބޭނުންނުވާ ކަމަށެވެ.

މަސްދަރު: މިޑްލްއީސްޓް އައި

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިޕާކިސްތާންގަތަރުއިސްރާއީލް

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

5

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2026

ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް

09 ސެޕްޓެމްބަރު 2026
ޕުޓިންއާއި ޓްރަމްޕްގެ ފޯން ކޯލް: ހަނގުރާމައާމެދު "ބިނާކުރަނިވި" މަޝްވަރާތަކެއް
09 ސެޕްޓެމްބަރު 2026

އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި

09 ސެޕްޓެމްބަރު 2026
އީރާނުން އެމެރިކާގެ ޑްރޯން ސަބްމެރީންއެއް އަތުލައިފި
09 ސެޕްޓެމްބަރު 2026

އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި

09 ސެޕްޓެމްބަރު 2026
އެމެރިކާގެ ހަނގުރާމަ ފުޅާކުރަނީ، އީރާންގެ ފަސް ތެޔޮ ޓޭންކަރަށް ހަމަލާދީފި
08 ސެޕްޓެމްބަރު 2026

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

08 ސެޕްޓެމްބަރު 2026
އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި
08 ސެޕްޓެމްބަރު 2026

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

08 ސެޕްޓެމްބަރު 2026
އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި
08 ސެޕްޓެމްބަރު 2026

ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!

08 ސެޕްޓެމްބަރު 2026
ފަލަސްތީނު ރައްޔިތުން ގަދަބާރުން ގައުމުން ބޭލުމާ އަރަބި ލީގުން ދެކޮޅު!
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ޣައިރުޤާނޫނީ ވަޒަންވެރިންނާ ވިޔަފާރިކުރުން އިނގިރޭސިވިލާތުން ހުއްޓާލަނީ
08 ސެޕްޓެމްބަރު 2026

ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ

08 ސެޕްޓެމްބަރު 2026
ހަމާސް: އިސްރާއީލުން ޣައްޒާ ގަތުލުއާންމުގެ ހެކި ނައްތާލަނީ
08 ސެޕްޓެމްބަރު 2026

އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި

08 ސެޕްޓެމްބަރު 2026
އިސްރާއީލުގެ ހަމަލާތައް ވަރުގަދަކޮށް ލުބްނާނުން 12 މީހުން ޝަހީދުކޮށްލައިފި
07 ސެޕްޓެމްބަރު 2026

ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް

07 ސެޕްޓެމްބަރު 2026
ހުރްމުޒްގައި ނުތަނަވަސްކަން ބޮޑުވެ ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 97 ޑޮލަރަށްވުރެ މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް