Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަކުރަން އެމެރިކާއިން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަނީ

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:08

ޔޫކްރެއިނުން އެދިފައިވާ މިސައިލް ސިސްޓަމްތަކާއި ރޭޑާ ހިމެނޭހެން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ ހުށަހަޅާފައި. މި މުއާމަލާތުގެ ސަބަބުން އެ ސަރަހައްދުގެ އަސްކަރީ ބާރުވެރިކަމަށް ބަދަލެއް ނައި ނަމަވެސް، ޔޫކްރެއިންގެ ދިފާއީ ގާބިލުކަން އިތުރުވެ އެމެރިކާގެ ގައުމީ ސަލާމަތުގެ މަގްސަދުތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:08

ޔޫކްރެއިނުން ރަޝިޔާގެ އަމާޒުތަކަށް ހަމަލާދޭ މަންޒަރުތައް ފެންނަ ވީޑިއޯއެއް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ހިއްސާކުރައްވާފައި | އެކްސް/ޒެލެންސްކީ

ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމު ތަރައްގީކޮށް ވަރުގަދަކުރުމަށް ބޭނުންވާ ސާމާނާއި ޚިދުމަތްތައް ހިމެނޭހެން، 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު އެ ގައުމަށް ވިއްކުމުގެ ފުރުސަތު އެބައޮތް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހުކުރު ދުވަހު ހާމަކޮށްފި އެވެ.

އެމެރިކާގެ ގާނޫނުހަދާ މަޖިލީހަށް ފޮނުވި ނޯޓިފިކޭޝަނާ ހަވާލާދީ އެ އިދާރާއިން ބުނީ، ޔޫކްރެއިނުން ވަނީ އެސް-300 ކްލޯން މިސައިލާއި، ޖީއޭއެމް-67 މިސައިލާއި، ރޭންޖް އިތުރުކޮށްފައިވާ ލޭޒާ-ގައިޑެޑް ރޮކެޓް މިސައިލް ސިސްޓަމްތައް ހޯދުމަށް އެދިފަ އެވެ. މީގެ އިތުރުން، ލޯންޗަރު މޮޑިފިކޭޝަން ކިޓްތަކާއި ޑްރޯންތަކާ ދެކޮޅަށް ބޭނުންކުރާ ރޭޑާ ހޯދުމަށް ވެސް އެ ގައުމުން އެދިފައިވެ އެވެ.

Advertisement - worldAdvertisement

މި އެހީގެ ޕެކޭޖުގެ ތެރޭގައި މާސްޓް ޓްރެއިލަރުތަކާއި މަރާމާތަށް ބޭނުންވާ އިތުރު ސާމާނުގެ އިތުރުން، ސޮފްޓްވެއާ އަދި އިންޖިނޭރުންނާއި ލޮޖިސްޓިކްސް ސަޕޯޓް ވެސް ހިމެނެނޭ ކަމަށް އެ ވުޒާރާއިން ބުނެ އެވެ.

މި މުއާމަލާތަށް މަޖިލީހުގެ ރުހުން ލިބިއްޖެނަމަ، ޔޫކްރެއިނުން މި ކަމަށް ޚަރަދުކުރާނީ ވިލާތުގެ ގައުމުތަކުން ދޭ އެހީއާއި، އެމެރިކާގެ ކުރީގެ ސަރުކާރުން ކަނޑައަޅާފައިވާ ފޮރިން މިލިޓަރީ ފައިނޭންސިންގެ ދަށުން ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެ އެވެ. އަދި، މި ފައިސާ ބެލެވޭނީ "ޔޫކްރެއިން ރީކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަންޑަށް" އެމެރިކާއިން ދޭ އެހީއެއްގެ ގޮތުގަ އެވެ.

"މި ހުށަހެޅިފައިވާ ވިޔަފާރީގެ ސަބަބުން ވިލާތުގެ ސިޔާސީ އަދި އިގްތިސާދީ ކުރިއެރުމަށް މަސައްކަތްކުރާ ބައިވެރި ގައުމެއްގެ ސަލާމަތީ ކަންކަން ވަރުގަދަވެ، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ގައުމީ ސަލާމަތުގެ މަގްސަދުތަކަށް އެހީތެރިކަން ލިބިގެންދާނެ،" އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މި ސާމާނުތަކުގެ ސަބަބުން މިހާރު ކުރިމަތިވަމުންދާ އަދި ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ނުރައްކާތަކާ ކުރިމަތިލުމުގެ ގާބިލުކަން ޔޫކްރެއިނަށް އިތުރުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުނެ އެވެ. ނަމަވެސް، މީގެ ސަބަބުން އެ ސަރަހައްދުގެ އަސްކަރީ ބާރުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށާއި، މި ކަމާ ގުޅިގެން އެމެރިކާގެ އިތުރު ސިފައިން ޔޫކްރެއިނަށް ފޮނުވަން ނުޖެހޭނެ ކަމަށް ވެސް ޚާރިޖީ ވުޒާރާއިން ބުނެފައިވެ އެވެ.

މަސްދަރު: އަނަދޯލް އޭޖެންސީ

ޔޫކްރެއިންއެމެރިކާޔޫކްރެއިން ރީކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަންޑް

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

3

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިފަހުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް މަރުވެގެން ގޮސްފައެއް ނުވޭ: ސުޖާއު

4

50 މިލިއަން ޑޮލަރުގެ ދަރަނި އިންޑިއާއަށް ދައްކަން މަޖުބޫރުވެ، ޒަރޫރީ ތަކެތި އެތެރެކުރުމަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރު ރައީސް ނަޝީދު ދެއްވައިފި

5

24 ގަޑިއިރު ތެރޭ ގާނޫނުތަކަށް ބަދަލު ގެނެސް، އަމަލުކުރަން ފަށާ ގައުމަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން، މީގެ ފަހުން ރާއްޖޭގައި އިންވެސްޓު ނުކުރަން ނިންމައިފިން: ޚަލީލް

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި

18 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ޓޯގޯގެ ޓޭންކަރަކަށް އީރާނުން ހަމަލާދީފި
18 ސެޕްޓެމްބަރު 2026

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި

18 ސެޕްޓެމްބަރު 2026
އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވުމަށް އީރާނުގެ ވަފުދަށް އެމެރިކާއިން ވިސާ ދޫކޮށްފި
16 ސެޕްޓެމްބަރު 2026

20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް

16 ސެޕްޓެމްބަރު 2026
20 އަހަރަށްފަހު އެމެރިކާ ސަފީރަކު ފުރަތަމަ ފަހަރަށް ލުބްނާންގެ ދެކުނަށް
14 ސެޕްޓެމްބަރު 2026

ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް

14 ސެޕްޓެމްބަރު 2026
ހުރްމުޒް ކަނޑުއޮޅީގެ ނުރައްކަލާއި ސައުދީއަށް ދިން ހަމަލާތައް: މެދުއިރުމަތީގެ ހަނގުރާމަ ވަރުގަދަވެ، ހަކަތައިގެ ރައްކާތެރިކަން ނާޒުކު ފައްތަރަކަށް
14 ސެޕްޓެމްބަރު 2026

އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

14 ސެޕްޓެމްބަރު 2026
އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
12 ސެޕްޓެމްބަރު 2026

އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު

12 ސެޕްޓެމްބަރު 2026
އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!

12 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!
11 ސެޕްޓެމްބަރު 2026

ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"

11 ސެޕްޓެމްބަރު 2026
ބުޝްގެ ކަންފަތް ދޮށުގައި ބުނެލި ބިރުވެރި ޖުމުލަ: "ދެ ވަނަ ބޯޓު ދެ ވަނަ ޓަވަރަށް އަރަައިފި، އެމެރިކާ މި އޮތީ ހަމަލާތަކެއްގެ ތެރޭގައި!"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް