Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޔަމަން

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026 | އާދީއްތަ 15:27

ޔަމަނުގެ ހޫޘީންނާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ސައުދީ އަރަބިއްޔާގެ ތެޔޮ ހޮޅިތަކަށާއި އިސްތިރާތީޖީ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، އެ ގައުމަށް އަސްކަރީ ރައްދެއް ދިނުމަށް އޮތް މަޖުބޫރުކަން ބޮޑުވެއްޖެއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު އޮތްއިރު، އެމެރިކާގެ ސީދާ އެހީތެރިކަމެއް ނެތި ސައުދީން މި ހާލަތުން އަރައިގަތުމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ރާއްޖެ އެމްވީ | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 15:27
2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު، ޔަމަނުގެ އައްސޭރިފަށާ ކައިރިން، ގަލްފް އޮފް އަދަންގައިވާ ބާބުލް މަންދަބް ކަނޑުއޮޅި ސަރަހައްދުގައި ބަނދަރުކޮށްފައިވާ މުދާ އުފުލާ ބޮޑެތި ކޮންޓެއިނަރު އުޅަނދުތަކެއްގެ ކައިރިން ބަޔަކު ކުޑަ ބޯޓެއްގައި ދަތުރުކުރަނީ.

2026 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 6 ވަނަ ދުވަހު، ޔަމަނުގެ އައްސޭރިފަށާ ކައިރިން، ގަލްފް އޮފް އަދަންގައިވާ ބާބުލް މަންދަބް ކަނޑުއޮޅި ސަރަހައްދުގައި ބަނދަރުކޮށްފައިވާ މުދާ އުފުލާ ބޮޑެތި ކޮންޓެއިނަރު އުޅަނދުތަކެއްގެ ކައިރިން ބަޔަކު ކުޑަ ބޯޓެއްގައި ދަތުރުކުރަނީ. | ގެޓީ އިމޭޖަސް

އީރާނުގެ މަދަދުލިބޭ ހޫޘީން ޔަމަނުގައި ހޯދަމުންދާ ހަލުވި ކުރިއެރުންތަކާއި، ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ގައުމަށް ރައްދުދިނުމަށް އޮތް ފުރުސަތުތައް ހަނިވެ، ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ސައުދީން ދޭން ބޭނުންވާ މެސެޖަކީ ރިޔާޟުން ބޮޑު ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމެވެ. ނަމަވެސް، ހޫޘީންގެ ފަރާތުން ފެންނަމުންދާ ކެރުމާއި ހަރުކަށި އަމަލުތަކުގެ ސަބަބުން، ގަލްފުގެ މި ގައުމު ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ދަމައިގަތުމުގެ ފުރުސަތު އެބައޮތެވެ.

ޔަމަނުގެ ކަންކަމާ ބެހޭ މާހިރެއް ކަމަށްވާ މުހައްމަދު އަލް-ބާޝާ ސީއެންއެންއަށް މައުލޫމާތު ދެމުން ބުނީ، ހުރިހާ ނިޝާންތަކަކުން ވެސް ފެންނަނީ ސައުދީން ވަރުގަދަ ރައްދު ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ތަން ކަމަށާއި، ދުވަހުން ދުވަހަށް އެ ފުރުސަތު ބޮޑުވަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު ސައުދީއަށް އެ ނޫން އިތުރު ގޮތެއް ނެތެވެ.

މި ހަފުތާގެ ތެރޭގައި ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތުން ވަނީ ރަތްކަނޑުގެ ދޮރާށީގެ ގޮތުގައި ބެލެވޭ ސްޓްރެޓީޖިކް މުހިންމު ރަށެއް ކަމަށްވާ ޕެރިމް ޖަޒީރާ އާއި މުޚާ ބަނދަރުމަތީ ޖަޒީރާ ހިފާފަ އެވެ. މިއީ ހަކަތަ އުފުލާ މުހިންމު މަގެއް ކަމަށްވާ ބާބުލް މަންދަބް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ޔަމަނުގެ ސަންޢާގައި އެ ގައުމުގެ ހޫޘީ ހަނގުރާމަވެރިން ސަފުތަކަކަށް ހިނގާފައި ދަނީ.

ޔަމަނުގެ ސަންޢާގައި އެ ގައުމުގެ ހޫޘީ ހަނގުރާމަވެރިން ސަފުތަކަކަށް ހިނގާފައި ދަނީ. | އޭޕީ

އޭގެ ކުޑަދުވަސްކޮޅެއް ފަހުން، އިރާގުން ފޮނުވާލި ޑްރޯން ހަމަލާތަކަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ މުހިންމު ތެޔޮ ހޮޅިއެއްގެ މަސައްކަތް ވަނީ ހުއްޓާލަން ޖެހިފަ އެވެ. މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މީގެ އިނގިލި ތެހެރާނަށް ދިއްކުރައްވާފަ އެވެ. އިރާގުގައި އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ގްރޫޕްތައް ހަރަކާތްތެރިވާކަން ފާހަގަކުރެވެ އެވެ.

އީރާނާއެކު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުވުމުން، ސައުދީން ދަނީ އެ ގައުމުގެ އިރުމަތިން ހުޅަނގަށް އަޅާފައިވާ ތެޔޮ ހޮޅީގެ ބޭނުން އިތުރަށް ހިފަމުންނެވެ. މި ހޮޅި މެދުވެރިކޮށް ދުވާލަކު 5 މިލިއަން ފީފާ ތެޔޮ، ފާރިސީ ކަނޑުއޮޅީގައި ތިބި ތެޔޮ ޓޭންކަރުތަކަށް ފޮނުވުމުގެ ބަދަލުގައި އެހެން މަގުތަކުން ފޮނުވަ އެވެ.

މިދިޔަ މަހުގެ ކުރީކޮޅު ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ސީއެންއެންއަށް ވިދާޅުވި ގޮތުގައި، އީރާނުގެ މަދަދުލިބޭ ހޫޘީންނާ ގުޅިގެން އިރާގުގެ ހަނގުރާމަވެރި ގްރޫޕްތަކުން ދީފާނެ "ވަރުގަދަ އަދި ގުޅިފައިވާ ހަމަލާތަކަކަށް" އެ ގައުމުން ދަނީ ތައްޔާރުވަމުންނެވެ.

ޒަމާނީ އަސްކަރިއްޔާ އަކާއި ހަނގުރާމަވެރި ގްރޫޕެއް

ކަރުދާހުގައި އޮތް ގޮތުން ނަމަ މިއީ އެއްވަރުގެ ދެ ބާރެއް ނޫނެވެ. އެއްކޮޅުން މުއްސަނދި ސައުދީ އަރަބިއްޔާގެ ޒަމާނީ އަސްކަރިއްޔާ އެވެ. އަނެއްކޮޅުން ފަގީރު ޔަމަނުގެ ހަނގުރާމަވެރި ގްރޫޕެކެވެ. ނަމަވެސް، ހޫޘީންނަކީ ބަލިކޮށްލަން އުނދަގޫ ބައެއްކަން ވަނީ ސާބިތުކޮށްދީފަ އެވެ.

ހުޅަނގުގެ ގައުމުތަކާއި ގަލްފުގެ ބައެއް ގައުމުތަކުން ހޫޘީންނަކީ އީރާނުގެ ގޮނޑިކޮއްކޮއެއް ކަމަށާއި އެއީ ތަރުތީބެއް ނެތް ހަނގުރާމަވެރި ގްރޫޕެއްގެ ގޮތުގައި ދެކުނު ނަމަވެސް، އެ ޖަމާއަތުން ވަނީ އަހަރުތަކެއް ވަންދެން އެމީހުންގެ އަސްކަރީ އުކުޅުތައް ތަރައްގީކޮށްފަ އެވެ. އޮކްޓޯބަރު 7 ގައި ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން ފެށުނު ޣައްޒާ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލަށް ހަމަލާދިނުމުން މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގައި ހޫޘީންގެ މަގުބޫލުކަން ވަނީ އިތުރުވެފަ އެވެ.

ހޫޘީންގެ ޑިމާންޑްތަކަށް ބަދަލެއް ނާދެ އެވެ. އެމީހުން ބޭނުންވަނީ ޔަމަނުގެ އުތުރުގެ ބޮޑު ސަރަހައްދެއް އެކަހެރިކުރުމަށް ސައުދީން ހިންގާ ދަތުރުފަތުރާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމަށެވެ. އެމީހުންނަކީ އީރާނުގެ ބައިވެރިން ކަމަށް ވިޔަސް، އެމީހުންގެ އަމިއްލަ އެޖެންޑާއެއް ވެސް އޮވެ އެވެ.

ހޫޘީން ހިންގާ ސަބާ ނިއުސް އެޖެންސީގެ ވެރިޔާ ނަސްރުއްދީން އާމިރު ހުކުރު ދުވަހު ސީއެންއެންއަށް ބުނީ، "ސައުދީ ދުޝްމަނުން 12 އަހަރު ވަންދެން ޣައިރު ގާނޫނީ ގޮތެއްގައި އަޅާފައިވާ ހިސާރު" އުވާލަންދެން ސައުދީއަށް "ޕްރެޝަރު" ކުރަމުން ގެންދާނެ ކަމަށެވެ. މިއީ ހަމަނުޖެހުން އިތުރަށް ވަރުގަދަކުރުމުގެ ސާފު ނިޔަތެއް އޮތްކަން ހާމަވާ ކަމެކެވެ.

ޔަމަނުގެ ހަމަނުޖެހުންތައް ފެށުނީ 2014 ވަނަ އަހަރު ހޫޘީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު ގައުމުން ބޭރުކޮށްލުމާ ގުޅިގެންނެވެ. އޭގެ ޖެހިގެން އައި އަހަރު ސައުދީން އިސްވެ އޮވެ ހޫޘީން ބަލިކުރުމަށް އަސްކަރީ ކެމްޕޭނެއް ފެށި އެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރަށް އެހީތެރިކަން ދެމުން، ހޫޘީންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. ހަމަ އެއާއެކު، އީރާނުން ދަނީ ހޫޘީންނަށް ހަތިޔާރާއި ތަމްރީނު ދީ، އެ ޖަމާއަތުގެ ނިންމުންތަކަށް ނުފޫޒު ފޯރުވަމުންނެވެ.

ބޮޑު ހަނގުރާމައެއްގެ ފުރުސަތު

ސަރަހައްދީ ގޮތުން ބައެއް ގެއްލުންތައް ލިބިފައިވީ ނަމަވެސް، ސައުދީން އަދިވެސް ފުރިހަމަ ބާރާއެކު ރައްދު ހަމަލާއެއް ދީފައި ނުވުމުން، ދެން އެ ގައުމުން އަޅާނެ ފިޔަވަޅަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ސައުދީން ނިންމާ ނިންމުންތަކުގެ ސަބަބުން އަލުން ބޮޑު ހަނގުރާމައަކަށް ދިއުމުގެ ފުރުސަތު އޮތްއިރު، މިއީ އެމެރިކާއާއި އީރާނުގެ މެދުގައި އޮތް ހަމަނުޖެހުމަށް ވެސް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެކެވެ.

ސައުދީ އަރަބިއްޔާއާ ކުރިމަތިލާން މިޖެހެނީ ޔަމަނުގެ ކޮންޓްރޯލް ފުޅާކުރަން ބޭނުންވާ، އީރާނުގެ މަދަދުލިބޭ ޖަމާއަތަކާއެވެ. މި ހާލަތުގައި ސައުދީއަށް އިޚްތިޔާރު ކުރެވެން ހުރި ފުރުސަތުތައް ވަރަށް މަދެވެ.

ޔޫރަޕިއަން ކައުންސިލް އޮން ރިލޭޝަންސްގެ ފެލޯއެއް ކަމަށްވާ ސިންޒިއާ ބިއަންކޯ ސީއެންއެންއަށް ބުނީ، ހޫޘީންނާއެކު އޮތް ހަމަނުޖެހުމުގައި ސައުދީއަށް އޮތީ ވަރަށް މަދު ގޮތްތަކެއް ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެއް ގޮތަކީ ހަމަލާތައް ވަރުގަދަކުރުމެވެ. ނަމަވެސް އެއީ ސައުދީއަށް ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ.

ބިއަންކޯ ފާހަގަކުރި ގޮތުގައި، ރިޔާޟުން "ހުރިހާ ބާރެއް ބޭނުންކޮށްގެން" ހަނގުރާމައަށް ނުކުމެއްޖެ ނަމަ، އެކަން ބަދަލުވެގެންދާނީ ޔަމަނުގެ ދާޚިލީ ހަނގުރާމަ ފަދަ، ނިމުމެއް ނެތް ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުމަކަށެވެ.

އެތައް އަހަރަކަށް ދެމިގެންދިޔަ އެ ހަނގުރާމައިގެ ސަބަބުން ޔަމަން ވަނީ ދުނިޔޭގެ އެންމެ ގޯސް އިންސާނީ ކާރިސާގެ ތެރެއަށް ވެއްޓިފަ އެވެ. އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 22 މިލިއަން މީހުން މިހާރު ވެސް ތިބީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފަ އެވެ.

ސައުދީއާއި ހޫޘީންނާ ދެމެދު ކުރެވޭ ބޮޑު ހަނގުރާމައެއްގެ ތެރެއަށް އީރާނު ވަނުމުގެ ފުރުސަތު ބޮޑެވެ. އީރާނަކީ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާއާއެކު ނުސީދާ ހަނގުރާމައެއްގައި އޮތް ގައުމެކެވެ.

ބިއަންކޯ ބުނި ގޮތުގައި، އެފަދަ ހާލަތެއްގައި މިއީ ހަމައެކަނި ޔަމަނުގެ މައްސަލައެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު ކުޑަވާނެ އެވެ. އޭގެ ބަދަލުގައި މިއީ އެމެރިކާއާއި އީރާނުގެ ބޮޑު ހަނގުރާމައިގެ ބައެއްގެ ގޮތުގައި ބެލެވޭނެ ކަމަށާއި، ސައުދީން އެ ހަނގުރާމައިގެ ތެރެއަށް ވަންނާނީ އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

މިދަނޑިވަޅުގައި، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާއި، ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާއި، މެދުއިރުމަތީގައި އެމެރިކާގެ ވަސީލަތްތައް ބޭނުންކުރުމާ މެދު އެ ގައުމުގެ އެތެރޭގައި އޮތް ބަހުސްތަކުގެ ސަބަބުން، ހޫޘީންނާ ދެކޮޅަށް އެމެރިކާއިން އަސްކަރީ ގޮތުން ސީދާ ހަރަކާތްތެރިވުމަކީ ދުރު ކަމެކެވެ.

ބިއަންކޯ ބުނި ގޮތުގައި، މި ސިޔާސީ ދަނޑިވަޅުގައި މި ސަރަހައްދުގެ ކަންކަމުގެ ތެރެއަށް އިތުރަށް ވަނުމުގެ ފުރުސަތެއް ޓްރަމްޕަކަށް ނެތެވެ.

މަންޒަރުގެ ފަހަތުގައި، އަލުން ފެށިފައިވާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވެއްދުމަށް ސައުދީން ކުރަމުންދާ ޕްރެޝަރުތަކަށް އެމެރިކާއިން ދަނީ ދެކޮޅު ހަދަމުންނެވެ.

ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވީ، ހޫޘީން އޭނާގެ ސަރުކާރަށް ގުޅައި، މި ހަމަނުޖެހުމުގެ ތެރެއަށް އެމެރިކާ ސީދާ ގޮތުން ވަންނަން ބޭނުންނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

"އެމީހުން ބޭނުންވަނީ އަހަރެމެން މީގެ ތެރެއަށް ނުވަންނަން. ގިނަ އުޅަނދުފަހަރު ދަތުރުކުރަން އެމީހުން ފުރުސަތު ދޭ. އެމީހުން ހިތްހަމަނުޖެހޭ އެންމެ ގައުމެއް އޮތީ، އެކަން އަހަރެމެން ހަމައަކަށް އަޅުވާނަން،" ޓްރަމްޕް ވިދާޅުވި އެވެ.

ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީގެ ވަލީއަހުދު ބުރާސްފަތި ދުވަހު ދެ ފަހަރެއްގެ މަތިން ޓްރަމްޕާ ފޯނުން ވާހަކަދައްކަވައި، ހޫޘީން ރަތްކަނޑާ ދިމާލަށް ކުރިއަރަމުންދާތީ އެމީހުންނަށް ހަމަލާދިނުމަށް އެދިވަޑައިގަތެވެ. ނަމަވެސް ޓްރަމްޕް އެކަމަށް އިންކާރު ކުރެއްވި އެވެ.

އެހެންނަމަވެސް، ހޫޘީންނާ ދެކޮޅަށް ކުރާ އަސްކަރީ ކެމްޕޭނުގައި ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި އެމެރިކާގެ 100 އެއްހާ އަސްކަރީ މުޝީރުން ސައުދީއަށް ފޮނުވާފައިވާ ކަމަށް، މިކަމުގެ މައުލޫމާތު ހުރި ފަރާތްތަކާ ހަވާލާދީ ސީއެންއެންއިން މި ހަފުތާގައި ރިޕޯޓްކޮށްފައިވެ އެވެ.

ކިންގްސް ކޮލެޖް ލަންޑަންގެ ސީނިއާ ފެލޯ އަދި ސައުދީ ސަރުކާރުގެ ކުރީގެ މުޝީރު ނަވާފް އުބައިދު ވިދާޅުވީ، ސައުދީން ދުވަހަކުވެސް އެމެރިކާގެ ވައިގެ ހަމަލާތަކަކަށް ނޭދޭ ކަމަށާއި، އެދުނީ ހަމައެކަނި ޖާސޫސީ އެހީތެރިކަމަށް ކަމަށެވެ. އަދި މިހާތަނަށް އެ އެހީތެރިކަން ލިބިފައިވަނީ ވަރަށް މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަގު

އަނެއް ގޮތަކީ ސިޔާސީ ހައްލެއް ހޯދުމެވެ. ނަމަވެސް މިހާރު އެ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

ވޭތުވެދިޔަ މަސްތަކުގައި ސައުދީން "ސްޓްރެޓީޖިކް ކެތްތެރިކަމެއް" އިސްކޮށް، ހޫޘީންނަށާއި އީރާނަށް ތަކުރާރުކޮށް އިންޒާރުދީ ކުށްވެރިކުރި ނަމަވެސް، އޭގެ އެއްވެސް ނަތީޖާއެއް ފެނިފައެއް ނުވެ އެވެ.

ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން ސައުދީ ޚާރިޖީ ވުޒާރާއިން ބުނީ، މި ދަނޑިވަޅުގައި ރައްދު ހަމަލާ ނުދީ، އިރާގު ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އެޅުމުގެ ހައްގު ސައުދީއަށް އޮތް ކަމަށް ބުނެފައިވެ އެވެ.

ބިއަންކޯ ބުނި ގޮތުގައި، ސައުދީން މިހާރު ވަނީ ސިޔާސީ ހުރިހާ ހައްލުތަކެއް ބޭނުންކޮށް ހުސްކޮށްފަ އެވެ.

ރިޔާޟުން ހޫޘީންނާއެކު އެއްބަސްވުމަކަށް އައި ނަމަވެސް، އެއީ ވަރަށް ބޮޑު ގުރުބާނީއަކަށް ވާނެ އެވެ.

އަލް-ބާޝާ ބުނި ގޮތުގައި، އެފަދަ އެއްބަސްވުމެއްގެ މާނައަކީ ހޫޘީންގެ ހުރިހާ ޑިމާންޑްތަކަކަށް ފުރިހަމައަށް ބޯލެނބުމެވެ. "އެއީ ވަރަށް އަގުބޮޑު ބޯލެނބުމެއް. އަދި އެއީ އަސާސީ ގޮތުން ބަލާއިރު ބަލި ގަބޫލުކުރުން،" އޭނާ ބުންޏެވެ.

ސައުދީން ދެން ރައްދު ހަމަލާދޭނީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. ނަމަވެސް އޭގެ އަސަރުތައް ޔަމަނާއި ސައުދީގެ ބޯޑަރުން ބޭރަށް ފޯރާނެ ކަމަށް ބެލެވެ އެވެ.

ސައުދީގެ ޖިއޯޕޮލިޓިކަލް އެނަލިސްޓް ސަލްމާން އަލް-އަންސާރީ ސީއެންއެންއަށް ބުނީ، ސައުދީ އިސްވެ އޮންނަ ކޯލިޝަނުގެ އެހީތެރިކަމާއެކު ޔަމަން ސަރުކާރުން ހޫޘީންނާ ދެކޮޅަށް ކުރާ ހަނގުރާމަ މިހާރު ވެސް ފެށިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ނުވަތަ ގަޑިއިރުތަކުގެ ތެރޭގައި އެ ހަމަލާތައް ވަރުގަދަވާނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެކި ފްރަންޓްތަކުން ބޮޑެތި ސަޕްރައިޒްތަކެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ވަރުގަދަ އަދި ދެމެހެއްޓެނިވި އެހީތެރިކަމެއް ނެތި ސައުދީން ބޮޑު ހަނގުރާމައެއް ފަށާނެ ކަމަކަށް އަލް-އަންސާރީ ގަބޫލެއް ނުކުރެ އެވެ.

އޭނާ އިތުރަށް ބުނީ، ހޫޘީންނާ ބެހޭގޮތުން ސައުދީއާއި ޔަމަން ސަރުކާރުން މީގެ ކުރިން ދިން އިންޒާރުތަކަށް ބައިނަލްއަގުވާމީ މުޖުތަމައުން ސަމާލުކަން ނުދިނުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެވެ. "މި ނުބައި ހަނގުރާމަވެރި ޖަމާއަތުގެ ކިބައިން ޔަމަން މިނިވަންކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައުން އެމީހުންގެ ސިޔާސަތު އިސްލާހުކޮށް، ފުރިހަމަ އެހީތެރިކަން ދޭނެ ކަމަށް ރިޔާޟުން މިހާރު އުންމީދުކުރޭ،" އޭނާ ބުންޏެވެ.

އެހެން ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، ހޫޘީން ހަމަލާތައް ވަރުގަދަކުރަމުންދާ ނަމަ، ބައިނަލްއަގުވާމީ އެހީތެރިކަން ލިބުނަސް ނުލިބުނަސް، ސައުދީއަށް ޖެހޭނީ ހަނގުރާމައަށް ދާށެވެ.

"ސައުދީއަށް ހަމަލާ އެބަދޭ، ހޫޘީންގެ ފަރާތުންނާއި އިރާގުގެ އިސްލާމިކް ރެސިސްޓެންސްގެ ފަރާތުން. އެމީހުންނަށް އިތުރު ގޮތެއް ނެތް،" އަލް-ބާޝާ ބުންޏެވެ.

ސައުދީ އަރަބިއްޔާ-ހޫޘީންޔަމަންއީރާންބާބުލް މަންދަބުޑޮނަލްޑް ޓްރަމްޕްއެމެރިކާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

4

9/11 ގެ ހާދިސާ: ބުޝް އަނބުރާ ވޮޝިންޓަން އަށް ގެނައުމަށް ދެކޮޅު ހެދުމާއި، އެއަރފޯސް ވަންގެ ސިއްރު ކޯޑު ޓެރަރިސްޓުން ހޯދި ވާހަކަ!

5

އީރާނުގެ ރައީސް: އެމެރިކާއިން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ނުރައްކާތެރި އަދި ނާޒުކު މަރުހަލާއަކަށް ހިނގައްޖެ

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2026
 ހޫޘީންގެ އަލަށް ހިފި ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާ އިން ބޮން އަޅައިފި
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
13 ސެޕްޓެމްބަރު 2026

އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި

13 ސެޕްޓެމްބަރު 2026
އިރާގުން އީރާނާއެކު އޮންނަ ބައެއް ބޯޑަރުތައް ބަންދުކޮށްފި
12 ސެޕްޓެމްބަރު 2026

އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟

12 ސެޕްޓެމްބަރު 2026
އީރާނުގެ މަދަދުލިބޭ ހޫޘީން ބާބުލް މަންދަބު ކަނޑުއޮޅީގައި އޮންނަ އިސްތިރާތީޖީ ގޮތުން މުހިންމު މަޔޫން ޖަޒީރާ ހިފުން: އެ ރަށް އެމީހުންގެ ބާރުގެ ދަށުގައި ބޭއްވިދާނެތަ؟
12 ސެޕްޓެމްބަރު 2026

ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!

12 ސެޕްޓެމްބަރު 2026
ދުނިޔޭގެ އިގްތިސާދުގެ މައިނާރެއްގެ ގޮތުގައި ބެލެވޭ ބާބުލް މަންދަބު ކަނޑުއޮޅި ނުރައްކަލުގެ ތެރެއަށް!
12 ސެޕްޓެމްބަރު 2026

ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ

12 ސެޕްޓެމްބަރު 2026
ޓްރަމްޕް އަޔަލޭންޑަށް ވަޑައިގެން ރަސްމީ ބައްދަލުވުންތައް ބާއްވަވަނީ
12 ސެޕްޓެމްބަރު 2026

އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު

12 ސެޕްޓެމްބަރު 2026
އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ

12 ސެޕްޓެމްބަރު 2026
ހޮޅިލައިނަށް ޑްރޯން ހަމަލާދިނީ އިރާގުގައި ތިބި ހަނގުރާމަވެރިން: ސައުދީ އަރަބިއްޔާ
12 ސެޕްޓެމްބަރު 2026

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!

12 ސެޕްޓެމްބަރު 2026
އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލުމުން ދެކުނު ކޮރެއާއަށް ހާސްކަން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް