Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒެއިރު ހަމަލާދިން މައްސަލަ، ނިއު ރޭޑިއަންޓް އިން ހުށަހަޅައިފި

19 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:12

އެކަމާ ގުޅޭ ގޮތުން ނިއު ރޭޑިއަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސުޒެއިރުގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަަމަށް. އަދި ޖިސްމާނީ ގޮތުން އަނިޔާ ދިނުމަކީ، ނުވަތަ ހަމަލާ ދިނުމަކީ ފުޓުބޯޅައިގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް އެ ކުލަބުން ބުނެފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ސެޕްޓެމްބަރު 2026 | ހޮނިހިރު 03:12
މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު

މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު | އެފްއޭއެމް

މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގައި މާޒިޔާާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު ހަމަލާ ދިން މައްސަލަ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ހުށަހަޅައިފި އެވެ. 

ނިއު ރޭޑިއަންޓް އިން މި މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައި ވަނީ ސެޒެއިރު، ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫޝިއާނޯ ސިގޭރާ ބާބޯސާ އަށް ހަމަލާ ދީފައިވާތީ އެވެ.

މެޗުގައި ހިނގައިދިޔަ ހަމަނުޖެހުމެއްގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ބައިވެރިވީއިރު ސުޒެއިރު ވަނީ ނިއު ރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫޝިއާނޯގެ މޫނު މަތީގައި އަތުން ޖަހައިފަ އެވެ. އެ ހަމަ ނުޖެހުންތަކުގެ ތެރެއިން ރެފްރީ ވަނީ ސުޒެއިރު އަށް ރަތް ކާޑު ދައްކައިފަ އެވެ. 

ސުޒެއިރުގެ އިތުރުން މާޒިޔާގެ ހަސަން ޝިފާޒު އާއި ނިއު ރޭޑިއަންޓްގެ އަބްދުﷲ މައިސާން އަށް ވެސް ރަތް ކާޑު ދެއްކި އެވެ. އަދި ނިއު ރޭޑިއަންޓްގެ ޔާޔާ ބިލީޓީ އާއި އީތަން އިބްރާހީމް ޒަކީ އަދި މާޒިޔާގެ އިޔާން އަބްދުލް އަލީމް އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. 

އެކަމާ ގުޅޭ ގޮތުން ނިއު ރޭޑިއަންޓް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ސުޒެއިރުގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާ ކަަމަށެވެ. އަދި ޖިސްމާނީ ގޮތުން އަނިޔާ ދިނުމަކީ، ނުވަތަ ހަމަލާ ދިނުމަކީ ފުޓުބޯޅައިގައި ހިނގައިގެން ވާނެ ކަމެއް ނޫން ކަމަށް އެ ކުލަބުން ބުނެފައިވެ އެވެ. އެކަމުގެ ސަބަބުން ފުޓުބޯޅައިގައި އޮންނަން ޖެހޭ ރައްކާތެރިކަން އަދި ސަލާމަތްތެރިކަމަށް ހީނަރުކަން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

ސުޒެއިރުގެ މައްސަލަ އެފްއޭއެމް އަށް ހުށަހަޅާފައިވާކަން ފާާހަގަކޮށް ނިއު ރޭޑިއަންޓް އިން ބުނީ، ސުޒެއިރުއާ ދެކޮޅަށް އެންމެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އެ ކުލަބުން ގޮވާލާ ކަމަށެވެ. ހަމައެހެންމެ އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ރައްކާތެރިކަން ޔަޤީން ކުރަން ބޭނުންވާ ކަމަށް ވެސް ނިއު ރޭޑިއަންޓް އިން ބުނެފައިވެ އެވެ. 

އެ މެޗުގައި ނިއު ރޭޑިއަންޓް އިން ވަނީ 3-2 އިން މާޒިޔާ ބަލިކޮށްފަ އެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން ނިއު ރޭޑިއަންޓް އަށް މާޒިޔާ ބަލި ކުރެވުނު ފުރަތަމަ ފަހަރެވެ. ހަމައެހެންމެ، 2022 ވަނަ އަހަރުގެ ލީގުގެ ފަހުން، މާޒިޔާ ލީގުގެ މެޗަކުން ބަލިވި މިއީ ފުރަތަމަ ފަހަރެވެ.

ދިވެހި ޕްރިމިއާ ލީގުމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްއަޙުމަދު ސުޒެއިރު

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު

17 ސެޕްޓެމްބަރު 2026
ގައްދޫ އަތުން މޮޅުވެ، ޓީސީ އަށް ފުރަތަމަ މޮޅު
17 ސެޕްޓެމްބަރު 2026

ދިއްދޫ ކައިރިން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

17 ސެޕްޓެމްބަރު 2026
ދިއްދޫ ކައިރިން ވިކްޓަރީ އަށް އުނދަގޫ މޮޅެއް
13 ސެޕްޓެމްބަރު 2026

ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

13 ސެޕްޓެމްބަރު 2026
ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!
13 ސެޕްޓެމްބަރު 2026

ދިއްދޫ އިން ބުރު ސިއްސުވާލައިފި

13 ސެޕްޓެމްބަރު 2026
ދިއްދޫ އިން ބުރު ސިއްސުވާލައިފި
13 ސެޕްޓެމްބަރު 2026

ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް

13 ސެޕްޓެމްބަރު 2026
ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް
13 ސެޕްޓެމްބަރު 2026

ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި

13 ސެޕްޓެމްބަރު 2026
ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި
20 އޯގަސްޓު 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

20 އޯގަސްޓު 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި
17 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ

17 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ
06 އޯގަސްޓު 2026

ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް

06 އޯގަސްޓު 2026
ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
04 އޯގަސްޓު 2026

އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި

04 އޯގަސްޓު 2026
އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް