Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަޕް ވިނާސް ކަޕް

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

20 އޯގަސްޓު 2026 | ބުރާސްފަތި 04:20

މިއީ މާޒިޔާ އިން ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު. މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި ވެސް މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަަލިކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 އޯގަސްޓު 2026 | ބުރާސްފަތި 04:20
މާޒިޔާ އިން ކަޕް ވިނާސް ކަޕްގެ ތަށި އުފުލާލަނީ

މާޒިޔާ އިން ކަޕް ވިނާސް ކަޕްގެ ތަށި އުފުލާލަނީ | އެފްއޭއެމް

ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ބޭއްވި ކަޕް ވިނާސް ކަޕްގެ ފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. އެއާ އެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، މާޒިޔާ އިން ވަނީ ނިއު ރޭޑިއަންޓުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެެރިޔާ މުހައްމަދު އިލާން އިމްރާން އެވެ. ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ލަނޑު ޖަހައި ނިއު ރޭޑިއަންޓަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

މެޗުގައި މާޒިޔާ އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ 28 ވަނަ މިނެޓުގައި އަހުމަދު އައިހަމް ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެންޓޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި، ދެ ވަނަ ފަހަރަށް ނިއު ރޭޑިއަންޓަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައި އެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މާޒިޔާ އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބު ކޮށްފައި އެވެ. އެއީ އިލާން އާއި، އިބްރާހީމް އައިސަމް އާއި، ހައިސަން ހަސަން އަދި ބެންޖަމިން ތޯމަސް ކުކޫގެ ޕެނަލްޓީ އެވެ. ނިއު ރޭޑިއަންޓަށް ކާމިޔާބު ކުރެވުނީ ލުއިސް ގޯމޭސް ޑަ ސިލްވާ އަދި، އަޙުމަދު އަބްދުﷲ ގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ބްރެޒިލްގެ ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) އަދި މޫސާ ޔާމީންގެ ޕެނަލްޓީ ވަނީ ނާކާާމިޔާބުވެފައި އެވެ.

މިއީ މާޒިޔާ އިން ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑު މެޗުގައި ވެސް މާޒިޔާ އިން ވަނީ ޕެނަލްޓީ ޖަހައިގެން ނިއު ރޭޑިއަންޓް ބަަލިކޮށްފައި އެވެ.

ކަޕް ވިނާސް ކަޕްމަޒީޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

17 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ

17 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަވެގެން ނިމިއްޖެ
16 އޯގަސްޓު 2026

ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި

16 އޯގަސްޓު 2026
ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި
06 އޯގަސްޓު 2026

ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް

06 އޯގަސްޓު 2026
ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
04 އޯގަސްޓު 2026

އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި

04 އޯގަސްޓު 2026
އޮޑި ބަލިކޮށް، މާޒިޔާ އިން ވެސް ފެށުން ރަނގަޅުކޮށްފި
04 އޯގަސްޓު 2026

ޑޯރީގެ ހެޓްރިކާއެކު، ބުރު އަތުން ނިއު ރޭޑިއަންޓަށް ބޮޑު މޮޅެއް

04 އޯގަސްޓު 2026
ޑޯރީގެ ހެޓްރިކާއެކު، ބުރު އަތުން ނިއު ރޭޑިއަންޓަށް ބޮޑު މޮޅެއް
03 އޯގަސްޓު 2026

މާޒިޔާގެ އައު ކޯޗަކަށް ހަމަޖެއްސީ ޗެކް ރިޕަބްލިކްގެ ޓްރުޗާ

03 އޯގަސްޓު 2026
މާޒިޔާގެ އައު ކޯޗަކަށް ހަމަޖެއްސީ ޗެކް ރިޕަބްލިކްގެ ޓްރުޗާ
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
23 ޖުލައި 2026

ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!

23 ޖުލައި 2026
ނިއު ރޭޑިއަންޓަށް ގެނައި ބިދޭސީ ކުޅުންތެރިޔާގެ މުސާރަ އަކީ މަހަކު 350،000 ރުފިޔާ!
25 ފެބުރުއަރީ 2026

ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި

25 ފެބުރުއަރީ 2026
ސީޒަންގައި މާޒިޔާ ބަލިކުރި ފުރަތަމަ ޓީމުގެ ޝަރަފާ އެކު، އޮޑިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފި
21 ފެބުރުއަރީ 2026

ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް

21 ފެބުރުއަރީ 2026
ޕެނަލްޓީގައި ނިއު ރޭޑިއަންޓް ބަލިކޮށް، ތަށި ދިފާއު ކުރަން މާޒިޔާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް