Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ޓީމުގެ ޖާޒީ ކުޅޭ ކުޅޭ އެއްޗަކަށް، އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:36

އެ ވާހަކަ ފާހަގަ ކުރަމުން ނިޒާމްބެ ބުނީ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށް. އަދި އެއީ ރާއްޖޭގެ ޤައުމީ ޓީމުގެ ފަޚުރުވެރި ޖާޒީ އަށް ކުރެވޭ ވަރަށް ބޮޑު އިހުތިރާމް ކުޑަ އަމަލެއް ކަމަށް ވެސް ނިޒާމްބެ ފާހަގަކޮށްފައިވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 05:36
ބިސް ބުރުގެ ކުޅުންތެރިން ޤައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީގައި

ބިސް ބުރުގެ ކުޅުންތެރިން ޤައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީގައި | ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާ ހުޅުވާލުމާ އެކު ފެނުނީ، ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކޮށްފައި އޮތް ޕޯސްޓެކެވެ. އެކި އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވާ، މުހައްމަދު ނިޒާމް (ނިޒާމްބެ) އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައި އޮތް ޕޯސްޓެކެވެ. ރަނގަޅަށް އެ ޕޯސްޓު ކިޔާލުމުން، ނިޒާމްބެ އެ ފާހަގަ ކުރަނީ ކިހާ ސީރިއަސް ވާހަކައެއްކަން އެނގިއްޖެ އެވެ. ހިތާމަ ކުރަން ޖެހޭ، އަދި ލަދު ގަންނަން ޖެހޭ ވަރުގެ ވާހަކައެކެވެ. 

އެ ޕޯސްޓުން ފެންނަަނީ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު އީގަލްސް އާއި، ބިސް ބުރު ބައްދަލު ކުރި މެޗުގައި، ބިސް ބުރުގެ ކުޅުންތެރިން ރާއްޖޭގެ ޤައުމީ ޓީމުގެ ޖާޒީ ލައިގެން ކުޅޭ މަންޒަރެވެ. މެޗުގައި ބިސް ބުރުން ބޭނުން ކުރަން އޮތް ޖާޒީ އާއި ކުލަބު އީގަލްސްގެ ޖާޒީގެ ކުލަ ދިމާވާތީ، ބިސް ބުރަށް ބޭނުން ކުރަން ދިނީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ނޫ ކުލައިގެ ޖާޒީ އެވެ. 

ނިޒާމްބެގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު

ނިޒާމްބެގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު | ސޯޝަލް މީޑިއާ

އެ ވާހަކަ ފާހަގަ ކުރަމުން ނިޒާމްބެ ބުނީ، އެއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ޤައުމީ ޓީމުގެ ފަޚުރުވެރި ޖާޒީ އަށް ކުރެވޭ ވަރަށް ބޮޑު އިހުތިރާމް ކުޑަ އަމަލެއް ކަމަށް ވެސް ނިޒާމްބެ ފާހަގަކޮށްފައިވެ އެވެ. ޤައުމީ ޓީމުގެ ޖާޒީ އަކީ ޤައުމު ތަމްސީލު ކުރާ ފަޚުރެއް ކަމަށާއި އެއީ ކޮންމެ ދިވެހި ރައްޔިތެއްގެ ފަޚުރު ކަމަށް ނިޒާމްބެ ބުންޏެވެ. 

މީގެ އިތުރުން ނިޒާމްބެ ބުނީ އެއީ ހިނގައި ދިޔަ އާދައިގެ ކަމެއްގެ ގޮތުގައި ދެކި، އެކަން ފަސޭހަ އިން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ޤައުމީ ކުޅިވަރު ކައުންސިލް އާއި ސްޕޯޓްސް މިނިސްޓްރީ އިން މި މައްސަލަ ސީރިއަސްކޮށް ބަލައި، މިކަމުގައި އިހުމާލުވި ފަރާތްތައް ޖަވާބުދާރީކުރުވައި، އަޅަން ޖެހޭ އެކަށީގެންވާ ފިޔަވަޅު އެޅުން ކަށަވަރު ކުރަން ޖެހޭ ކަމަށް ވެސް ނިޒާމްބެ ބުނެފައިވެ އެވެ. 

މީގެ އިތުރުން މި ހާދިސާގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ އިންތިޒާމުތަކުގެ ފެންވަރާއި، އެންމެ މަތީ ފަންތީގެ މުބާރާތްތައް ހިންގުމުގައި ހުރި ޕްރޮފެޝަނަލް މިންގަނޑުތަކާ މެދު ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ބިސް ބުރު ކުޅުނު މެޗުގައި ބިސް ބުރުގެ ކުޅުންތެރިން ޤައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީގައި

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސް އާއި ބިސް ބުރު ކުޅުނު މެޗުގައި ބިސް ބުރުގެ ކުޅުންތެރިން ޤައުމީ ޓީމުގެ ނޫ ކުލައިގެ ޖާޒީގައި | ސޯޝަލް މީޑިއާ

ޤައުމީ ޖާޒީ އަކީ އެއާ ގުޅިފައިވާ ބޮޑު މަސްއޫލިއްޔަތާއި ޤަދަރެއް އޮތް އެއްޗަކަށް ވާއިރު، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، އިދާރީ ހިންގުންތެރިންގެ އިތުރުން ފުޓުބޯޅަ އެސޯސިއޭޝަން އިން ވެސް އެ ޖާޒީ އަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ނިޒާމްބެގެ ޕޯސްޓުގައި ވަނީ ބުނެފައި އެވެ. 

ހަމަ އެހެންމެ ދިވެހި ފުޓުބޯޅައިގެ އަބުރު ރައްކާތެރިކޮށް، ޤައުމީ ފެންވަރުގެ މުބާރާތްތައް އިންތިޒާމުކުރާ ގޮތާ މެދު އާންމު ރައްޔިތުންގެ އިތުބާރު އަލުން ހޯދުމަށް ބޭނުންވާ ނަމަ، މިފަދަ ކަންކަމުގައި ޖަވާބުދާރީކުރުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ނިޒާމްބެ ދެކެ އެވެ.

އެފްއޭއެމްގައި ސީރިއަސް ކަމެއް ނެތް!

މިފަދަ ކަންކަމުން ފާހަގަވަނީ އެފްއޭއެމްގައި އެއްވެސް ކަހަލަ ސީރިއަސް ކަމެއް ނެތް ކަމެވެ. ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅެން ތައްޔާރުވީއިރު، ކޮންމެ ޓީމެއްގައި ވެސް ހޯމް އެންޑް އަވޭ ޖާޒީ އޮންނާނެކަން އެފްއޭއެމް އިން ޔަޤީން ކުރަން ޖެހޭނެ އެވެ. ލީގުގެ ޤަވާއިދުގައި ވެސް އެކަން އޮންނަން ވާނެ އެވެ. 

އަނެއްކޮޅުން ހޯމް އެންޑް އަވޭ އުސޫލުން ލީގުން ކުޅެން ފަށަން އެފްއޭއެމް އިން ތައްޔާރުވަމުން އައިތާ ކިތަންމެ ދުވަހެއް ވެއްޖެ އެވެ. ހޮނިހިރު ދުވަހު ގައްދޫގައި ކުޅުނު ދިވެހި ލީގުގެ މެޗަކީ، އަތޮޅު ތެރޭގެ ރަށެއްގައި ދިވެހި ލީގުގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. ދިވެހި ފުޓުބޯޅައިގެ ތާރީޚީ ދުވަހެކެވެ. ތާރީޚީ މެޗެކެވެ. އެކަމަކު، އެ މެޗު ބައްލަވާލައްވަން އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤު (ޓޮމް) އަށް ވަޑައިނުގެންނެވުނެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ދިވެހި ޕްރިމިއާ ލީގު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ދިއްދޫ އިން ބުރު ސިއްސުވާލައިފި

13 ސެޕްޓެމްބަރު 2026
ދިއްދޫ އިން ބުރު ސިއްސުވާލައިފި
13 ސެޕްޓެމްބަރު 2026

ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް

13 ސެޕްޓެމްބަރު 2026
ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް
13 ސެޕްޓެމްބަރު 2026

ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި

13 ސެޕްޓެމްބަރު 2026
ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި
06 ސެޕްޓެމްބަރު 2026

ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ

06 ސެޕްޓެމްބަރު 2026
ރާއްޖެ އިން ކިރްގިސްތާާން އާއި ލުބުނާންއާ ދެކޮޅަށް މެޗެއް ކުޅެނީ
05 ސެޕްޓެމްބަރު 2026

އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން

05 ސެޕްޓެމްބަރު 2026
އެފްއޭއެމް އިން އަމަލުކުރި ގޮތާމެދު ގަމު ފުޓްސަލް ޓީމުގެ ކަންބޮޑުވުން
03 ސެޕްޓެމްބަރު 2026

އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ

03 ސެޕްޓެމްބަރު 2026
އެޓޯލް ޗެމްޕިއަންޝިޕް އޮކްޓޫބަރު 17 ގައި ފަށަނީ
23 އޯގަސްޓު 2026

އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟

23 އޯގަސްޓު 2026
އެފްއޭއެމްގެ ރައީސް ޓޮމް ކޮބާ؟
20 އޯގަސްޓު 2026

ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!

20 އޯގަސްޓު 2026
ގަލޮޅު ދަނޑުގެ ސްޓޭޖަށް ޕީއެންސީގެ ކުލަ!
23 މެއި 2026

ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ

23 މެއި 2026
ކުޑަހުވަދޫ މެޗު ހުރާ އަށް ދިނުމާ އެކު، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބިއްޖެ
07 މާރިޗު 2026

އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ

07 މާރިޗު 2026
އެފްއޭއެމްގެ ކޮންގްރެސް ހޮނިހިރު ދުވަހުގެ ރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް