Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިވެހި ޕްރިމިއާ ލީގު

ދިއްދޫ އިން ބުރު ސިއްސުވާލައިފި

13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:10

ފުރަތަމަ މެޗުގައި ދިއްދޫ އިން ބުރު ބަލިކުރިއިރު، މިއީ އެ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ސެޕްޓެމްބަރު 2026 | އާދީއްތަ 04:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ދިއްދޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމު ބަލިކޮށް، ހއ. ދިއްދޫ އިން ލީގުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ދިއްދޫ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ދިއްދޫ އިން ލަނޑު ޖެހީ މެޗުގެ ފުރަތަމަ ހާފުގައި އެވެ.

މެޗު ފަށައިގެން ބުރުން ދިޔައީ ރަނގަޅަށް ކުޅެ، ދިއްދޫގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ދިިއްދޫ އިން ވެސް އެ ޓީމަށް ލިބޭ ފުރުސަތު ތަކުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ. މެޗުގެ 24 ވަނަ މިނެޓުގައި ދިއްދޫ އިން ވަނީ ބުރު ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ދިއްދޫ އަށް ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގިޑިއެން ޓެޓޭ އެވެ.

ދިއްދޫ އިން ލީޑު ނެގި ފަހުން ބުރަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ވެސް ފުރުސަތު ލިބިފައި އެވެ. ނަމަވެސް، އެ ޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

ފުރަތަމަ މެޗުގައި ދިއްދޫ އިން ބުރު ބަލިކުރިއިރު، މިއީ އެ ޓީމުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ނޯތު ރީޖަންގެ ޗެމްޕިއަންކަން ހޯދައިގެން ދިއްދޫ އިން ލީގަށް ކޮލިފައިވީއިރު، މިއީ މިފަހަރު ލީގަށް ކޮލިފައިވި ރީޖަން ތަކުގެ ޗެމްޕިއަން ޓީމު ތަކުގެ ތެރެއިން ޓީމަކަށް މޮޅެއް ލިބުނު ފުރަތަމަ ފަހަރެވެ.

ދިވެހި ޕްރިމިއާ ލީގުބުރު ސްޕޯޓްސް ކްލަބްހއ. ދިއްދޫ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް ވިދާޅުވި ކަމަށް މެންބަރު ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއް ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެ

3

އީރާނުން ދިން ބަދަލު ހިފުމުގެ ހަމަލާގައި އެމެރިކާގެ ގިނަ އަދަދެއްގެ ފައިޓަރ ޖެޓް ތަކަށް ގެއްލުން ލިބިއްޖެ

4

ރަޝިޔާ އާއި ޗައިނާއިން އީރާނާ ދެކޮޅަށް އައިއޭއީއޭ އިން ހުށަހަޅަން އުޅުނު ގަރާރު ފެއިލްކޮށްލައިފި

5

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2026

ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް

13 ސެޕްޓެމްބަރު 2026
ބިސް ބުރު ބަލިކޮށް، އީގަލްސް އަށް ރަނގަޅު ފެށުމެއް
13 ސެޕްޓެމްބަރު 2026

ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި

13 ސެޕްޓެމްބަރު 2026
ޕްރިމިއާ ލީގުގެ ތާރީޚީ މެޗުގައި ނިއު ރޭޑިއަންޓް އިން ގައްދޫ ބަލިކޮށްްފި
16 އޯގަސްޓު 2026

ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި

16 އޯގަސްޓު 2026
ބުރު ބަލިކޮށް އޮޑިން ކަޕް ވިނާސް ކަޕްގެ ތިން ވަނަ ހޯދައިފި
06 އޯގަސްޓު 2026

ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް

06 އޯގަސްޓު 2026
ފަހަތުން އަރައި ބުރު ބަލިކޮށް، މާޒިޔާ އިން ފައިނަލާ ގާތަށް
02 އޯގަސްޓު 2026

ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ

02 އޯގަސްޓު 2026
ނިއު ރޭޑިއަންޓް އާއި ބުރުގެ މެޗުން، ހޯމަ ދުވަހު ކަޕް ވިނާސް ކަޕް ފަށަނީ
19 ޖުލައި 2026

ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި

19 ޖުލައި 2026
ސްޕެއިންގެ ކޯޗާ އެކު ބުރުގެ ފަރިތަކުރުންތައް ފަށައިފި
22 ފެބުރުއަރީ 2026

ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް

22 ފެބުރުއަރީ 2026
ބުރުގެ މައްޗަށް ކުރި ހޯދައި އޮޑި ފައިނަލް އަށް
14 ފެބުރުއަރީ 2026

ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި

14 ފެބުރުއަރީ 2026
ފަހު ވަގުތު ވިކްޓަރީ ބަލިކޮށް، ބުރު އުންމީދުގައި
11 ފެބުރުއަރީ 2026

މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު

11 ފެބުރުއަރީ 2026
މާޒިޔާ އިން ބުރު ބަލިކުރިއިރު، ނިއު އާއި އޮޑި އެއްވަރު
17 ޖެނުއަރީ 2026

ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި

17 ޖެނުއަރީ 2026
ފަހު ވަގުތު ބުރުން ވިކްޓަރީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް