Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ކެނެޑާ ކޯޅުންގަނޑު

އީޔޫގެ 'އެސޯސިއޭޓް މެންބަރުކަން' ކެނެޑާއަށް ދީފި ނަމަ ޓެރިފްތައް ބޮޑުކުރުމުގެ ފުރުސަތު އޮންނާނެ: ޓްރަމްޕް

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:41

ވިލާތުގެ އިއްތިހާދުގެ އެސޯސިއޭޓް މެންބަރަކަށް ކެނެޑާ ހެދުމަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އީޔޫގެ މުދަލުން ބޮޑު ޓެރިފެއް ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި. ކެނެޑާއިން ވިލާތާއެކު ގާތް ގުޅުމެއް ބޭނުންވަނީ އެމެރިކާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކަމަށްވާއިރު، މިކަމާ ގުޅޭ އިތުރު މަޝްވަރާތައް އަންނަ މަހު ބާއްވާ ސަމިޓުގައި ކުރިއަށްދާނެ

ނިއުސް ޓީމް
ނިއުސް ޓީމް | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 07:41
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެލައިނާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެލައިނާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ | އޭއެފްޕީ

ވިލާތުގެ އިއްތިހާދުގެ (އީޔޫ) ފުރަތަމަ 'އެސޯސިއޭޓް މެންބަރު' ގައުމަކަށް ކެނެޑާ ހެދުމަށް އެ އިއްތިހާދުން ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އީޔޫއަށް އާ ޓެރިފްތަކެއް ނުވަތަ އިމްޕޯޓް ޑިއުޓީތަކެއް ކުރިމަތިކުރާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ. މި ނިންމުމަކީ އެމެރިކާއާ ދެކޮޅަށް ކުރެވޭ "ދުޝްމަންކަމުގެ އަމަލެއްގެ" ގޮތުގައި ބެލެވިދާނެ ކަމެއް ކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވި އެވެ.

އެމެރިކާގެ ފަރާތުން ދޭނެ ރައްދު ބިނާވެގެންވަނީ ވިލާތުގެ ލީޑަރުން އެ ކަމުން ހާސިލްކުރަން ބޭނުންވާ މަގްސަދެއްގެ މައްޗަށް ކަމަށް، ބުދަ ދުވަހު އުތުރު ކެރޮލައިނާގެ ޝާލޮޓްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އެއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނަމަ މައްސަލައެއް ނެތް. އެކަމަކު އެއީ ގޯސް ނިޔަތެއްގައި ކުރާ ކަމެއް ނަމަ، އަޅުގަނޑުމެން ވަރަށް ބޮޑެތި ޓެރިފްތަކެއް ކުރިމަތިކުރާނަން،" ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން ގިނަ ބާވަތްތަކެއްގެ މުދާ ވިލާތާއެކު ވިޔަފާރިކުރުން އެމެރިކާއިން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރެއްވި އެވެ.

Advertisement - worldAdvertisement

ކެނެޑާ އީޔޫއާ ގުޅުމުގެ ފުރުސަތު އޮތް ކަމަށް ދެކެވޭ ވާހަކަތަކަކީ "މަޖާ" ވާހަކައެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. އަދި، އެމެރިކާގެ އުތުރުގެ އަވައްޓެރި ގައުމު ކަމަށްވާ ކެނެޑާއަކީ ވިޔަފާރީގެ މުއާމަލާތްތަކުގައި "ވަރަށް ގޯސް ބައިވެރިއެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް މި ފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ، ކެނެޑާއަކީ އީޔޫގެ ފުރަތަމަ 'އެސޯސިއޭޓް މެންބަރު' ގައުމަށް ވުމުގެ ފުރުސަތު ހުޅުވާލުމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑެ ލަޔަން ހުށަހެޅުއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ކެނެޑާގެ އޮޓަވާއިން ވިލާތާއެކު ގާތް ގުޅުމެއް ބޭނުންވަނީ، ވޮޝިންގޓަނާއެކު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގަ އެވެ.

ނަމަވެސް، މި 'އެސޯސިއޭޓް މެންބަރޝިޕް' އަކީ ސީދާ ކޮން ކަހަލަ ދަރަޖައެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ވިލާތުގެ އިއްތިހާދުގެ މިހާރުގެ މުއާހަދާތަކުގެ ދަށުން މި ފަދަ ދަރަޖައެއް ނޯވެ އެވެ. އަދި، މި ފަދަ މެންބަރަކަށް ވުމުން ލިބޭނެ ހައްގުތަކާއި އުފުލަންޖެހޭ ޒިންމާތަކަކީ ކޮބައިކަން ފޮން ޑަ ލަޔަން ތަފްސީލުކޮށްދެއްވާފައެއް ނުވެ އެވެ. މީގެ އިތުރުން، މި ފަދަ އެއްވެސް ހުށަހެޅުމަކަށް އީޔޫގެ މެންބަރު ގައުމުތަކުގެ ތާއީދު ބޭނުންވާނެ އެވެ.

ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ އޮފީހުން ވަނީ ކުރިމަގުގައި "މިއަށްވުރެ ވަރުގަދަ، އުންމީދީ އިއްތިހާދެއް" އުފެދުމުގެ ފުރުސަތަށް މަރުހަބާ ކިޔާފަ އެވެ. ނަމަވެސް، 'އެސޯސިއޭޓް މެންބަރޝިޕް' އެ ބަހަށް އެ އޮފީހުން ސީދާ ތާއީދުކޮށްފައެއް ނުވެ އެވެ. ކެނެޑާއިން ބޭނުންވަނީ އީޔޫގެ މެންބަރަކަށް ވުމުގެ ބަދަލުގައި، ވިލާތާއެކު އޮންނަ "ޚާއްސަ އިއްތިހާދެއް" ކަމަށް ކާނީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ކެނެޑާއާއި އީޔޫއިން މިހާރު ވެސް ދަނީ ވިޔަފާރި، ޓެކްނޮލޮޖީ، ދިފާއީ ކަންކަން، ހަކަތަ، މުހިންމު މައުދަނުތައް އަދި އާކްޓިކް ސަރަހައްދާ ގުޅޭގޮތުން ގާތުން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުންނެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލީ ވާހަކަތައް އަންނަ މަހު މޮންޓްރެއާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެނެޑާ-އީޔޫ ސަމިޓުގައި ކުރިއަށްދާނެ ކަމަށް ބެލެވެ އެވެ. ކެނެޑާއިން މި ފަދަ ފިޔަވަޅުތަކެއް އަޅަމުން މި ދަނީ، އަވައްޓެރި އެމެރިކާއާއެކު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތައް އިތުރުވަމުންދާތީ، އެމެރިކާގެ އިގްތިސާދަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ މަގްސަދުގަ އެވެ.

މަސްދަރު: އަލް ޖަޒީރާ

ޑޮނަލްޑް ޓްރަމްޕްއީޔޫކެނެޑާއެމެރިކާ-އީޔޫއުރްސުލާ ވޮން ޑަރ ލެޔަންމާކް ކާނީ

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ

17 ސެޕްޓެމްބަރު 2026
އިސްރާއީލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ހައުސްގައި ހުރަަސްއަޅަނީ
17 ސެޕްޓެމްބަރު 2026

އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް

17 ސެޕްޓެމްބަރު 2026
އީރާނުން ވޮޝިންގޓަނަށް ސީދާ ގުޅައި، އެއްބަސްވުމަކަށް ދާން ހުށަހަޅައިފި: ޓްރަމްޕް
16 ސެޕްޓެމްބަރު 2026

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި

16 ސެޕްޓެމްބަރު 2026
އީރާނާ ދެކޮޅަށް ޓްރަމްޕް ކުރައްވާ ހަނގުރާމަ ހުއްޓުވަން ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރު ތިންވަނަ ފަހަރަށް ފާސްކޮށްފި
16 ސެޕްޓެމްބަރު 2026

އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!

16 ސެޕްޓެމްބަރު 2026
އީރާން ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރު ރިޒާވް ހުސްވެ، ތަކެތީގެ އަގު އިންތިހާއަށް!
15 ސެޕްޓެމްބަރު 2026

އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި

15 ސެޕްޓެމްބަރު 2026
އައިއޭއީއޭގެ ބައްދަލުވުމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ ވެރިޔާ ކުރައްވަން އުޅުއްވި ދަތުރުފުޅަށް އެމެރިކާއިން ހުރަސްއަޅައިފި
15 ސެޕްޓެމްބަރު 2026

ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ

15 ސެޕްޓެމްބަރު 2026
ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ރަޝިޔާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަމެއް ނެތް: ޒެލެންސްކީ
14 ސެޕްޓެމްބަރު 2026

ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް

14 ސެޕްޓެމްބަރު 2026
ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް
14 ސެޕްޓެމްބަރު 2026

އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި

14 ސެޕްޓެމްބަރު 2026
އުމުރުފުޅުން ހަތަރު އަހަރު ވަންދެން ޓްރަމްޕް ދިރިއުޅުއްވި ގެކޮޅު ދެ މިލިއަން ޑޮލަރަށް ވިއްކާލައިފި
13 ސެޕްޓެމްބަރު 2026

ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟

13 ސެޕްޓެމްބަރު 2026
ހޫޘީންނަށް ރައްދުދިނުމުގައި ސައުދީއަށް ހުރި ގޮތްތަކަކީ ކޮބާ؟
13 ސެޕްޓެމްބަރު 2026

ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު

13 ސެޕްޓެމްބަރު 2026
ހުރްމުޒުން ދަތުރުކުރި އުޅަނދަކަށް ހަމަލާދިންކަމުގެ ރިޕޯޓާއެކު ތެލުގެ އަގު ބޮޑުވާނެކަމުގެ ބިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް