Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން

ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުމަކަށްޓަކައި ބޭރުގެ އޭޖެންޓުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ މައްސަލަ އަލުން ދިރާސާކުރުމަށް މެންބަރު ކުޑޫ އެދިވަޑައިގެންފި

18 ސެޕްޓެމްބަރު 2026 | ހުކުރު 06:09

ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 17 އިންސައްތަ ޓެކްސް ނަގަން ނިންމުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، އެ ނިންމުން މުރާޖައާކުރުމަށް "ޑެސްޓިނޭޝަން ފިއުޗާ" އިން ވަނީ ގޮވާލާފައި. މި ބަދަލަކީ އެކަށީގެންވާ ދިރާސާއެއް ނެތި ގެނެސްފައިވާ ބަދަލަކަށް ވާތީ، މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެދާނެ ކަމުގެ ބިރު އޮތްކަން މެންބަރު ކުޑޫ ވަނީ ފާހަގަކުރައްވާފައި. އެހެންކަމުން، މި މައްސަލަ މާލިއްޔަތު ކޮމިޓީން އަވަހަށް ދިރާސާކޮށްދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައި

ޝަރާ އަޙްމަދު
ޝަރާ އަޙްމަދު | 18 ސެޕްޓެމްބަރު 2026 | ހުކުރު 06:09
ޗައިނާގެ ފަތުރުވެރިންތަކެއް އާންމު ފެރީއަކުން ފައިބަނީ

ޗައިނާގެ ފަތުރުވެރިންތަކެއް އާންމު ފެރީއަކުން ފައިބަނީ | ގެޓީ އިމޭޖަސް

އަންނަ އޮކްޓޫބަރު މަހުން ފެށިގެން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 17 އިންސައްތަ ޓެކްސް ނަގާ ގޮތަށް ޖީއެސްޓީ ގާނޫނަށް ގެނެސްފައިވާ ބަދަލުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ދިރާސާކޮށް ބަލައިދެއްވުމަށް އެދިވަޑައިގެން، ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ތިމާވެއްޓާއި ސަގާފަތް ރައްކާތެރިކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ "ޑެސްޓިނޭޝަން ފިއުޗާ" އިން ތައްޔާރުކުރި  ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އަހަރު ރާއްޖޭގެ ފަތުރުވެރިކަން ދަށްވެފައިވާ ދަނޑިވަޅެއްގައި އައު ޓެކުހެއް ތައާރަފުކުރުމަކީ މި ސިނާއަތުގެ ވިޔަފާރިތަކަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެ ކަމެކެވެ. އެހެންކަމުން ބޭރުގެ ޓްރެވަލް އެޖެންޓުންގެ އަތުން 17 އިންސައްތަ ޓެކްސް ނަގަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލުމަށާއި ޤާނޫނަށް އިސްލާހެއް ގެނެސްގެން އެ ބައި އުވައިލުމަށް އެ ޖަމިއްޔާއިން ވަނީ ގޮވައިލައިފަ އެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި މެންބަރު ކުޑޫ ވަނީ މި ރިޕޯޓަށް ރިއާޔަތްކުރައްވާ، ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން މި ޓެކްސް ނަގާ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވަނީ ބޭރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ފުރިހަމައަށް ނުހަދާކަން ފާހަގަކުރައްވާފަ އެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއަށް ކޮށްފާނެ އަސަރަކަށް ބެލުމެއް ނެތި، ހަމައެކަނި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ އަންދާޒާތަކަށް ބަލައި މި ބަދަލު ގެނެސްފައިވާތީ، ރައްޔިތުންގެ މަޖިލީހުން މި ނިންމުން މުރާޖައާކުރުން މުހިންމު ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން، ބޭރުގެ އޮޕަރޭޓަރުންގެ އަތުން އަހަރަކު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވީ ނަމަވެސް، ޓުއަރ އޮޕަރޭޓަރުންގެ ގޮތުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ތަފުސީލުތައް އޮޑިޓުކޮށް ބަލަންޖެހޭނެ ކަމަށާއި، މި ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާނެ ގޮންޖެހުންތައް މަޖިލީހުން ދެނެގަންނަންޖެހޭނެ ކަމަށް ވެސް މެންބަރު ވަނީ ފާހަގަކުރައްވާފަ އެވެ.

އަދި މި ބަދަލުގެ ސަބަބުން ބޭރުގެ މައިގަނޑު ޓްރެވަލް އިންޑަސްޓްރީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މީގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރަށް މަދުވެގެން ނުދާނެކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވަނީ މި ސިޓީގައި ލިޔުއްވާފަ އެވެ.

އެހެންކަމުން، ޑެސްޓިނޭޝަން ފިއުޗާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކުރައްވާ، މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް އަވަސް މުއްދަތެއްގެ ތެރޭގައި ދިރާސާކޮށް ބަލައިދެއްވުމަށް އެ ސިޓީގައި ވަނީ އެދިވަޑައިގެންފަ އެވެ.

ޑެސްޓިނޭޝަން ފިއުޗާފަތުރުވެރިކަންމުހައްމަދު އިބްރާހިމް (ކުޑޫ)

އެންމެ ހިނގާ

1

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

4

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

5

ސްޓެލްކޯއަށް ގޮސް ޝަކުވާކުރުމުން 17،000 ރުފިޔާގެ ބިލެއް 1000 އަށް އަދި 12،000 ރުފިޔާގެ ބިލެއް 600 އަށް ކުޑަކޮށްދީފި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

17 ސެޕްޓެމްބަރު 2026
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި
17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ

16 ސެޕްޓެމްބަރު 2026
ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ
07 ސެޕްޓެމްބަރު 2026

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ
06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް