Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޓާޓޯ

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޓެކްސް ނަގަން ނިންމުމާއި ގުޅިގެން އޭގެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ސަރވޭއެއް ފަށައިފި

17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:22

ޓީޖީއެސްޓީގެ އައު އުސޫލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަޓާޓޯއިން ވަނީ ދިރާސާއެއް ފަށާފައި. މި ސާވޭގެ މައިގަނޑު މަގުސަދަކީ ޓެކްސްގެ ބަދަލުތަކުން ޚިދުމަތްތަކުގެ އަގަށާއި ވިޔަފާރީގެ ފައިދާއަށް ކުރާނެ އަސަރުތައް ބަލައި، ސަރުކާރަށް ބޭނުންވާ ލަފާ ދިނުން. މި ބަދަލުތަކާ ގުޅިގެން ސިނާއަތުގެ ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 17 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:22
ސީޕްލޭން ޗެކިން އޭރިއާގައި ފަތުރުވެރިން ކިޔޫ ހަދައިގެން

ސީޕްލޭން ޗެކިން އޭރިއާގައި ފަތުރުވެރިން ކިޔޫ ހަދައިގެން | އެމްއޭސީއެލް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން، ޓީޖީއެސްޓީގެ އައު އުސޫލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހާއްސަ ސަރވޭއެއް ފަށައިފި އެވެ.

މި ސަރވޭއަކީ އަންނަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ "ޓީޖީއެސްޓީ ޑެސްޓިނޭޝަން ޕްރިންސިޕަލް" ރިކުއާމަންޓްތަކާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތައް ވިއްކާ ބޭރުގެ ފަރާތްތަކަށް ކުރާނެ ވިޔަފާރި އަދި އޮޕަރޭޝަނަލް އަސަރުތައް ވަޒަންކުރުމަށް ކުރިއަށްގެންދާ ދިރާސާއެކެވެ.

Advertisement - newsAdvertisement

މަޓާޓޯއިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ސަރވޭގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖޭއިން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއި ރިސޯޓުތަކާއި ހޮޓާ، ގެސްޓްހައުސް، އޮންލައިން ޓްރެވަލް އެޖެންސީތަކުގެ އިތުރުން އެއާލައިންތަކަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ. މި ސާވޭގެ މައިގަނޑު މަގުސަދަކީ އައު ޓެކްސް އުސޫލުގެ ސަބަބުން ހިދުމަތްތަކުގެ އަގުތަކަށާއި އެއްބަސްވުންތަކަށާއި ބުކިންތަކުގެ އިތުރުން ވިޔަފާރީގެ ފައިދާއަށް ކުރާނެ އަސަރުތައް ދެނެގަތުމެވެ.

މީގެ އިތުރުން، މި ބަދަލުތަކަށް ތައްޔާރުވުމަށް ވިޔަފާރިތަކަށް އެކަށީގެންވާ ވަގުތު ލިބިފައިވޭތޯ ބެލުމާއި، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމަށް އަތުވެދާނެ ބަދަލުތަކާ ގުޅޭގޮތުން ސިނާއަތުގެ އިސް ފަރާތްތަކުގެ ހިޔާލު ހޯދުމަށް ވެސް މަޓާޓޯއިން ވަނީ ނިންމާފަ އެވެ. މަޓާޓޯއިން ހާމަކުރި ގޮތުގައި، މި ސަރވޭއިން ލިބޭ މައުލޫމާތުތަކުގެ އަލީގައި ސަރުކާރަށާއި ކަމާބެހޭ ފަރާތްތަކަށް ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދެވޭނެ އެވެ.

މަޓާޓޯއިން އަބަދުވެސް މަސައްކަތް ކުރަނީ ހެކިތަކުގެ މައްޗަށް ބިނާކޮށް ސިނާއަތުގެ ކުރިއެރުމަށް ވަކާލާތު ކުރުމަށް ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ސިލްސިލާގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ އަޑު އިއްވުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކޮށް، ވީހާވެސް ގިނަ ފަރާތްތަކުން މި ސަރވޭގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ޓެކްސް ނެގޭ މުދަލާއި ޚިދުމަތް ހަމައެކަނި ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް ޚާއްސަވެފައި އޮތް އޮތުން ނިމުމަކަށް ގެނަސް، ރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް ގާނޫނަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ މި ގާނޫނު ވަނީ ފާސްކޮށްފަ އެވެ. އަދި މި ބިލު ފާސްކުރުމުން މަޓާޓޯގެ އިތުރުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް، އެކަމަށް ބެއްލެވުމެއް ނެތި ރައީސް މުއިއްޒު ވަނީ މި ބިލު ތަސްދީގުކުރައްވާފަ އެވެ.  

މަޓާޓޯޓީ-ޖީ.އެސް.ޓީފަތުރުވެރިކަން

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

3

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

17 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ދާއިރާ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހިނދުން މިހިނދަށް ފެށުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
16 ސެޕްޓެމްބަރު 2026

ރާއްޖެއަކީ އިންވެސްޓުކުރަން ރައްކާތެރި ތަނެއް ނޫން ކަމަށް ބުނުމަކީ އާދައިގެ ވާހަކައެއް ނޫން، މިއީ އިގުތިސާދީ މުސްތަގުބަލާ ގުޅިފައިވާ އިންތިހާއަށް ބިރުވެރި އިންޒާރެއް!

ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ

16 ސެޕްޓެމްބަރު 2026
ސެޕްޓެމްބަރުގެ ފުރަތަމަ ދެ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިން މަދުވެއްޖެ
07 ސެޕްޓެމްބަރު 2026

ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ

07 ސެޕްޓެމްބަރު 2026
ކުއްލި ގޮތަކަށް ޓެކްސް ބޮޑުކުރުމަށް ނިންމި ނިންމުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ތަޖުރިބާކާރަކު ވިދާޅުވެއްޖެ
06 ސެޕްޓެމްބަރު 2026

ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި

06 ސެޕްޓެމްބަރު 2026
ޓެކްސްއަށް ގެނައި ކުއްލި ބަދަލާއެކު ފަތުރުވެރިކަމުގެ ކުދި އޮޕަރޭޓަރުން ރާއްޖޭގެ ޕެކޭޖުތައް ވިއްކުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފި
04 ސެޕްޓެމްބަރު 2026

ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު: ސުއޫދު

04 ސެޕްޓެމްބަރު 2026
ޓޫރިޒަމް ދާއިރާއަށް ބުރަ ބޮޑުނުކޮށް އެހެން ދާއިރާތައް ތަރައްގީކުރުން މާ މުހިންމު: ސުއޫދު
04 ސެޕްޓެމްބަރު 2026

ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު

04 ސެޕްޓެމްބަރު 2026
ފުޅަދޫގައި އެމްޑީޕީގެ ސަރުކާރުން ނޫން ބަޔަކު ތަރައްޤީގެ މަޝްރޫއެއް ހިންގާފައި ނެތް: ކައުންސިލު މެންބަރު
02 ސެޕްޓެމްބަރު 2026

ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!

02 ސެޕްޓެމްބަރު 2026
ރިސޯޓުތައް ނޭވާ ހޮޅިއަށް! ޖުމްލަ އާމްދަނީގެ 40 އިންސައްތަ ޑޮލަރު މާރުކުރަން ލާޒިމު ކުރިއިރު، ޓެކްސްތަކާއި، ފީތައްވެސް ދައްކަމުންދަނީ ޑޮލަރުން!
02 ސެޕްޓެމްބަރު 2026

ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް

02 ސެޕްޓެމްބަރު 2026
ފަތުރުވެރިން މޮނީޓަރު ކުރުމާއި މި ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުގެ ސަބަބުން އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ: ވަކީލު އާސިފް
01 ސެޕްޓެމްބަރު 2026

ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟

01 ސެޕްޓެމްބަރު 2026
ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މިހިސާބަށް އައުމުގައި އެއްވެސް ރޯލެއް އަދާކޮށްފައި ނެތް ރައީސް މުޢިއްޒަށް އެ ސިނާއަތު ހަލާކުކޮށްލުމަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް